ޑރ. ޒާކިރު ނައިކްގެ ކުރު ތަޢާރަފެއް
ޑރ ޒާކިރު ޢަބްދުލްކަރީމް ނައިކަކީ ޕޮރްފެޝަނަލް ޓްރޭނިންގ ލިބިވޑައިގެން ހުންނެވި މެޑިކަލް ޑޮކްޓަރެކެވެ. ހަމައެފަދައިން އޭނާއަކީ ކޮމްޕަރޭޓިވް ރިލިޖަންގެ ރޮނގުން ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ ބޭފުޅެކެވެ. މީގެ އިތުރުން އޭނާއަކީ އިންޑިޔާގެ ބޮމްބޭގައި ހުންނަ އިސްލާމިކް ރިސާޗް ފައުންޑޭޝަންގެ ރައީސް އެވެ. އިސްލާމްދީނާއި މެދު މީސްތަކުންގެ ހިތުގައި އުފެދިފައިވާ ޝައްކުތަކާއި އިޚްތިލާފީ މައްސަލަތަކަށް ކީރިތި ޤުރްއާނާއި ރަސޫލާގެ ސުންނަތުގެ އަލީގައި، އަދި މީގެއިތުރުން އެހެންދީންތަކުގެ ފޮތްތަކުގެ އަލީގައްޔާއި ސިކުނޑިއާއި ސައިންޓިފިކު ޙަޤީޤަތްތަކުގެ އަލީގައި އެމައްސަލަތައް އޮޅުން ފިލުވައި ދެއްވައެވެ. އޭނާގެ ޢުމުރުފުޅަކީ ސާޅިސް ހަތަރު އަހަރެވެ. ޑރ. ޒާކިރު ޢަބުދުލްކަރީމް ނައިކު މަޝްހޫރުވެވަޑައިގެންފައިވަނީ ޢާންމު އެއްވުންތަކުގައި ވާހަކަފުޅު ދެކެވުމަށްފަހު، މީސްތަކުން އޭނާއާ ޗެލެންޖު ކުރުމަށް ކުރާ ސުވާލުތަކަށް ސިކުނޑި ޤަބޫލުކުރާ އަދި ބިނާކުރަނިވި ޖަވާބުތައް ދެއްވާ ބޭފުޅެއްގެ ގޮތުގައެވެ. ފާއިތުވެދިޔަ ތޭރަ އަހަރުގެ ތެރޭގައި އޭނާވަނީ 1300 އަށްވުރެ ގިނަ މަޥްޟޫތަކަށް ޢާންމުންގެ ތެރޭގައި ވާހަކަފުޅު ދައް...