Posts

Showing posts with the label އާންމު ފަރުދުންގެ ފަރާތުން ލޮބުވެތި ޝެއިޚުންނަށް

އާންމު ފަރުދުންގެ ފަރާތުން ލޮބުވެތި ޝެއިޚުންނަށް.

Image
އާންމު ފަރުދުންގެ ފަރާތުން ލޮބުވެތި ޝެއިޚުންނަށް. މުޙައްމަދު ސިރުޙާން ތިޔަބޭފުޅުންނަކީ، ﷲގެ ވަހީބަސްފުޅުތަކާއި އެއިލާހު އެންމެފަހުން ވަހީބާވައިލެއްވެވި ނަބިއްޔާގެ ސުންނަތް އުނގެނުމުގެ މަތިވެރި ޝަރަފު ލިބިވަޑައިގެން ތިއްބެވި ޢިލްމުވެރީންނެވެ. ތިޔަބޭފުޅުންނަށްޓަކައި ދުނިޔޭގައިވާ ހުރިހާ އެއްޗެއްމެ، ދުޢާކޮށްދެއްވާ ޢިލުމުގެ އަހުލުވެރީންނެވެ. ތިޔަބޭފުޅުންނަކީ ނަބިއްޔުންގެ ވާރުތަވެރީންނެވެ. ތިޔަބޭފުޅުން ޙާޞިލުކޮށްގެން ތިޔަތިއްބެވީ އެންމެ މަތިވެރި ޢިލްމެވެ. އެޢިލްމު ޙާޞިލުކުރެއްވުމުގެ ބުރަ ތިޔަބޭފުޅުން އުފުއްލެވީ މަތިވެރި މަލާއިކަތުންގެ ފިޔަކޮޅުތައް މަތީގައެވެ. އަޅުވެރީންނާއި ޢިލުމުވެރީންގެ މިސާލަކީ ތަރިތަކާއި ހަނދުގެ މިސާލެވެ. ތިޔަބޭފުޅުންނަށް ލިބިގެންވާ އެނޫރު ފަޑުވިޔަ ނުދެއްވާށެވެ. ދުނިޔޭގައި ޖަހާލަތުގެ އަދިކަން ފެތުރުނަ ނުދެއވާށެވެ. އެއަނދިރީގެ ސަބަބުން އަހަރެމެން ފާފައިގެ އަނދަވަޅުތަކަށް ވެއްޓި ހިނގައިދާނެއެވެ. އަހަރެމެންނަށް އެއަނދަވަޅުތައް ހުރިތަންތަން ތެދުވެރި ކަމާއިއެކު ބުނެދެއްވާށެވެ. ސާފުސީދާ އަލި ލިބިގެންވާ މަގަށް ގެންގޮސްދޭށެވެ. އަހަރެމެން މިދަތުރުކުރާ ދުނިޔެވީ ޙަޔާތުގެ ނައުގެ ހު...