އަހަރެންގެ ބަސް
އަހަރެންގެ ބަސް މުޙައްމަދު ސިރުޙާން ގެއެއްގައި އެލުވާފައިހުރި ކޮށްޓެއްގައި ވާހަކަ ދައްކާ ގުރައެއް އިނެވެ. މިގުރާ ކިޔަމުން ދެޔެވެ. "އަހަންނަކީ މިނިވަނެކެވެ. އަހަންނަކީ މިނިވަނެކެވެ." އެގުރާގެ ވެރިމީހާ ހުރީ އެގުރައައް އެހެންކިޔަން ދަސްކޮށްދީފައެވެ. ވީމާ އެގުރާ މީހަކު ހަމަ ފެންނަ އިރަށް އެހެން ތަކުރާރުކޮން ކިޔާލަކިޔާލަ އިނދެއެވެ. ދޫންޏަކީ ފަންނާނުން މިނިވަންކަން ރަމްޒުކޮށްދޭން ބޭނުން ކުރާ މަޚްލޫގެވެ. ދޫންޏަކީ މިނިވަންކޮން ޖައްވުގައި އުދުހި އުޅޭ މަޚްލޫގެކެވެ. ނަމަވެސް ކުރިން މިދެންނެވި ގުރާގެ ޙާލަކީ ކޮބައިތޯއެވެ؟ އެގުރާވަނީ ވަރަށް ގިނަ ކަންކަމުން މަހުރޫމު ވެފައެވެ. މިނިވަންކަމާއެކު ޖައްވުގައި އުދުހި އުޅުމާއި ރީތި ޤުދުރަތީ ރީތި މަންޒަރުތައް ފެނުމާއި އެއަށް ޤުދުރަތުން ދެއްވާފައިވާ އިޚްތިޔާރީ ކާނާ ކެޔުމުން ނުވަތަ މިނޫންވެސް ވަރަށް ގިނަ ކަންކަމުންނެވެ. އެކަމަކުވެސް އޭތި ކިޔަމުންދަނީ "އަހަންނަކީ މިނިވަނެކެވެ." ވާނީވެސް އެހެންތާއެވެ. އޭތީގެ ޙަޔާތް މުޅިންހެން ހޭދަކުރީ އެކޮށިތެރޭގައެވެ. އެކޮށިން ގަޑިންގަޑިއަށް ކާންލިބެއެވެ. ސުވާލަކީ އޭތި ބަޔާންކުރަމުން އެދަނީ އޭތީގެ ޙާލުހެއްޔެވ...