Posts

Showing posts with the label ފެންބޯތަށި

ފެންބޯތަށި

Image
ފެންބޯތަށި މުޙައްމަދު ސިރުޙާން އަހަރެން އިންސާނާއަށް ވަރަށް ގިނައިން އެހީވަމެވެ. އެކަމަކު އެމީހުން އަހަރެން ބަހައްޓާފައި ހުންނަނީ އެކޮޅުކޮޅުންނެވެ. އަދި ބައެއްފަހަރު ތަނެއްގައި ބަންދު ކޮށްފައިވެސް ބަހައްޓަފާނެއެވެ. އިންސާނާ އަހަރެންގެ މަތީން ހަދާންވަނީ ފެން ބޮވައިގަތީމައެވެ. ނުވަތަ އިންސާނުން އެބައިމީހުން ކެއުމަށް އިންސާފު ކުރާ އިރުއެވެ. އަހަރެން އިންސާނުންނަށް އެހީވުމުގައި އެތައް ޒަމާނެއް ހޭދަކޮށްދީފީމެވެ. މުއްސަނދި މަހުޖަނުންނާއި ފަޤީރުން އަހަރެންގެ ބޭނުންކުރެއެވެ. އަހަރެންގެ ހަށިގަނޑު އުފެދިފައި ހުންނަނީ ތަފާތު މާއްދާ ތަކުންނެވެ. އަހަރެންގެ ޢާއިލާގެ ގިނަ މެންބަރުން އުފެދިފައި ހުންނަނީ ވަރަށް ސާފު އަދި އެތެރޭގައި ހުންނަ އެއްޗެއް ބޭރަށް ފެންނަ ކަހަލަގޮތަކަށެވެ. މިޒަމާނަކަށް އައިސް އަހަރެން ތަފާތު ސިފަސިފާގައި ހަދާއުޅެއެވެ. އަހަރެމެންގެ ގައިގާ ތަފާތު ކުރެހުންތައް އަޅާފައި ހުރެއެވެ. ގެތަކުގެ ސިޓިންރޫމުތައް ފަޅުފިލުވުމާއި ކޮޓަރިތައް ޒީނަތްތެރި ކުރުމުގައި އަހަރެންގެ ބޭނުން ހިފައެވެ. އަހަރެންގެ ހަށިގަނޑު ފަރުމާކުރުމުގައި އެންމެ ބޮޑަށް ބަލަންޖެހޭ ޝަރުތަކީ އަހަރެންނަށް ދިޔާ އެއްޗެތި ހިފެހެ...