Posts

Showing posts with the label islam

Islamic ruling on those who mock the signs of Allaah and sing verses from the Qur’aan

Image
Islamic ruling on those who mock the signs of Allaah and sing verses from the Qur’aan By the inherent nature (fitrah) with which he is born, man instinctively recognizes the enormity of this action and the seriousness of this sin, and the ugliness of this crime. The sound human nature which believes in pure Tawheed does not approve of these satanic practices. All the Muslims are unanimously agreed that it is obligatory to respect and venerate the words of Allaah, and to protect them from faults and shortcomings. The Qur’aan is the word of Allaah and is one of His attributes. Allaah still speaks whenever He wills. This is what is indicated by the Qur’aan and Sunnah, and this was the view of the imaams of Islam. Mocking the words and Book of Allaah, or trying to undermine their sanctity and respect, is blatant kufr – no one would dispute that. Allaah says (interpretation of the meaning): “If you ask them (about this), they declare: ‘We were only talking idly and joking.’ Say: ‘Was it at ...

I think as many secularist should believe, the majority vote rules right?

Image
I think as many secularist should believe, the majority vote rules right? Muad MZ I think as many secularist should believe, the majority vote rules right? So one day, maybe there will be a referendum to see how public opinion is on Islam. A type of referendum done in Switzerland against the minerat or something that represents the Muslim community there. Even though the Muslims did not agree to the results there, they accepted it without too much fuss. But wonder if Islam voted for in Maldives in a referendum would the secularist accept it as patiently as the Muslims.

ފަލަސްޠީނޫގެ ޙާލުގެ ދުލުން

Image
ފަލަސްޠީނޫގެ ޙާލުގެ ދުލުން މުޙައްމަދު ސިރުޙާން އެކިއެކި ޒަމާންތަކުގައި، الله ގެ ދީނަށް ގޮވާލުމަށްޓަކައި ނަބީންނާއި ރަސޫލުން ފޮނުއްވެވިއެވެ. އޭގެތެރެއިން ބައެއް ބޭކަލުންގެ މާތް ފައިންޕުޅުތައް އަހަރެންގެ ހަށިގަނޑުގައި ބީހުނެވެ. އަހަރެންގެ މަތިވެރިކަން الله ގެ ކަލާމްފުޅު ކީރިތި ޤުރުއާން ބައްލަވާލެއްވުމުން ފެނިވަޑައިގަންނަވާނެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. "سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلًا مِنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آَيَاتِنَا إِنَّه هُوَ السَّمِيعُ الْبَصِيرُ "(سورة الإسراء) މާނައީ : އަލްމަސްޖިދުލް ޙަރާމުން އަލްމަސްޖިދުލް ޢަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އެއީ އެތާގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. އެންމެ ...

ފެންބޯތަށި

Image
ފެންބޯތަށި މުޙައްމަދު ސިރުޙާން އަހަރެން އިންސާނާއަށް ވަރަށް ގިނައިން އެހީވަމެވެ. އެކަމަކު އެމީހުން އަހަރެން ބަހައްޓާފައި ހުންނަނީ އެކޮޅުކޮޅުންނެވެ. އަދި ބައެއްފަހަރު ތަނެއްގައި ބަންދު ކޮށްފައިވެސް ބަހައްޓަފާނެއެވެ. އިންސާނާ އަހަރެންގެ މަތީން ހަދާންވަނީ ފެން ބޮވައިގަތީމައެވެ. ނުވަތަ އިންސާނުން އެބައިމީހުން ކެއުމަށް އިންސާފު ކުރާ އިރުއެވެ. އަހަރެން އިންސާނުންނަށް އެހީވުމުގައި އެތައް ޒަމާނެއް ހޭދަކޮށްދީފީމެވެ. މުއްސަނދި މަހުޖަނުންނާއި ފަޤީރުން އަހަރެންގެ ބޭނުންކުރެއެވެ. އަހަރެންގެ ހަށިގަނޑު އުފެދިފައި ހުންނަނީ ތަފާތު މާއްދާ ތަކުންނެވެ. އަހަރެންގެ ޢާއިލާގެ ގިނަ މެންބަރުން އުފެދިފައި ހުންނަނީ ވަރަށް ސާފު އަދި އެތެރޭގައި ހުންނަ އެއްޗެއް ބޭރަށް ފެންނަ ކަހަލަގޮތަކަށެވެ. މިޒަމާނަކަށް އައިސް އަހަރެން ތަފާތު ސިފަސިފާގައި ހަދާއުޅެއެވެ. އަހަރެމެންގެ ގައިގާ ތަފާތު ކުރެހުންތައް އަޅާފައި ހުރެއެވެ. ގެތަކުގެ ސިޓިންރޫމުތައް ފަޅުފިލުވުމާއި ކޮޓަރިތައް ޒީނަތްތެރި ކުރުމުގައި އަހަރެންގެ ބޭނުން ހިފައެވެ. އަހަރެންގެ ހަށިގަނޑު ފަރުމާކުރުމުގައި އެންމެ ބޮޑަށް ބަލަންޖެހޭ ޝަރުތަކީ އަހަރެންނަށް ދިޔާ އެއްޗެތި ހިފެހެ...

ޙަޔާތުގެ އެންމެ މުޙިއްމު ތިން ސުވާލު

Image
ޙަޔާތުގެ އެންމެ މުޙިއްމު ތިން ސުވާލު މުޙައްމަދު ސިރުޙާން ފުރަތަމަ ސުވާލު: ތިބާއަކީ ކާކު ހެއްޔެވެ؟ އަހަރެންނަކީ މީހަކު ތާނަ އަކުރުން ލިޔެ ދިވެހި ބަހުން ވާހަކަ ދައްކާ މީހުންނަށް ވިސްނޭގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމަކީމެވެ. އަހަރެންނަކީ މީހަކު ލިޔެފައިވާ ލިޔުމެއްކަމަށް، ދުނިޔޭގައި އުޅޭ ހަމަވިސްނޭ ކޮންމެ މީހަކުވެސް އެއްބަސް ވާނެއެވެ. މިލިޔުން މިއީ އަމިއްލައަށް މިހެން ހުރެފައި ލިޔެވުނު ލިޔުމެކޭ އަހަރެން ބުނެފިނަމަ މޮޔައަކު ނޫނީ އަހަރެންނާ އެއްބަސްނުވާނެއެވެ. ނުވަތަ ޗާންސަކުންނޭ ބުނެފިނަމަ ތިބާ މިހާރު ވަގުތުން އަޅުގަޑު ގެ މަތިން ނަޒަރު ނަންގަވައި އެހެން ދިމާލަކަށް ހިނގައިދާނެއެވެ. މިދުނިޔެއާ ދުނިޔޭގައިވާ ކޮންމެ އެއްޗަކަށް ނަޒަރު ހިންގާލިޔަސް މިދެންނެވި ޙަޤީޤަތް ހާމަވާނެއެވެ. އެ އެއްޗެތި އުފެދުނީ އަމިއްލައަށޭ ބުނެވިދާނެތޯއެވެ؟ މިހާރު އެހެރަ އަންނަނީ ތިބާގެ ތުއްތު ދަރިފުޅު ރޮމުންނެވެ. ދަރިފުޅު ވާހަކަދައްކަން ފެށީ އިހަށް ދުވަހުއެވެ. ދަރިފުޅު ކައިރީ ރޮނީ ކީއްވެތޯ ސުވާލުކޮށްބަލާށެވެ! ދަރިފުޅު ބުނާނީ ބޭބެ ޖެހީކަމުގައެވެ. އެ ތުއްތުކުއްޖާ ވެސް އެ އެއްބަސްވީ ކޮންމެ ޢަމަލަކަށް އެ ޢަމަލެއް ގެނައި ފަރާ...

ޏާޏިޏާ (ޖާރިޔާ

Image
( ޏާޏިޏާ( ޖާރިޔާ މުޙައްމަދު ސިރުޙާން އަހަރެންނަކީ ކަލޭމެން ތިޔަ ކިޔާ ޖާރިޔާއެވެ. އެކަމަކު އަހަރެންނަކީ ޖާރިޔާއެއްކަމަށް އަހަރެން ގަބޫލެއްނުކުރަމެވެ. އަހަރެން މިހާރު މިއުޅޭ ޙަޔާތަށް އައުމުގެ ކުރިން އުޅުނީ ޝަހުވަތްތެރިކަމުން ފޯވެފައިވާ ފިރިހެނެއްގެ ޖިންސީ އެދުންފުއްދާ އުނބެއްގެ ގޮތުގައެވެ. އަހަރެންގެ ހަމައެކަނި ބޭނުމަކީ އެއީ ބާއެވެ؟ އަހަރެންގެ ބައްޕައަކީ ކާކުބާއެވެ؟ އަހަރެންނަށް ކަލޭމެންނާ މިވާހަކަދެއްކެނީ އެފިރެހެން މީހާއަށް އޭނާގެ އަންހެނުން ފަރުދާގެ ފުރަގަހުން ދިއްކޮއްލި ޖޫސްތަށިބޯލުމުގެ ސަބަބުން ލިބުނު ބާރުގެ ސަބަބުންނެވެ. އަހަރެން އަދިވެސް މިހުރީ އެ ފަރުދާގެ ފުރަގަހުގައެވެ. އަހަރެންނާ އެއްގޮތަށް ޖިންސީ ގޯނާ ލިބެމުންދާ ވަރަށް ގިނަ ތުއްތު ކުދީން މި ދިވެހިރާއްޖޭގައިވެއެވެ. އޭގެ ތެރެއިން ވަރަށްގިނަ ކުދީން ވަނީ ޖިންސީގޯނާތަކުގެ ސަބަބުން ދުނިޔެ ދޫކޮށްފައެވެ. އަހަރެމެންނާ ގޯނާ ކުރި ޓީޗަރަކު މިހާރުވެސް ކަލޭމެންގެ ދުނިޔޭގައި އެހެރަ އުޅެނަގަނީއެވެ. އޭނާވަނީ ތުއްތުކުދީންގެ ހިތްއަލިކޮށްދިނުމުގެ ގޮތުން އެކުދީންގެ ހީސްލާތަނަށް މާމުތް އަޅައިދީފައެވެ. އަހަރެން މިހާރު މިއުޅޭ ހަޔާތަށް އުފަން ވުމަށް މ...

ޒަވާޖީ ޙަޔާތުގެ ނައު

Image
ޒަވާޖީ ޙަޔާތުގެ ނައު މުޙައްމަދު ސިރުޙާން ސިއްތިފުޅު ވިހެއީ ހުކުރުގައި، ނަންއެކީ ހޮނިހިރުގައޭ، މީހަކާއި ކައިވެނިކުރީ އާދިއްތާގައޭ، ހޯމަ ދުވަހ ބަލިވެއްޖެޔޭ، އަންގާރަދުވަހު ޙާލެއްނެތޭ، ބުދަދުވަހު މަރުވެއްޖެޔޭ، ވަޅުލީ ބުރާސްފަތި ދުވަހުގައޭ." މިއީ އަހަރެމެންގެ ޙަޔާތުގައި ދިމާވާ ތަފާތު ކަންކަމެވެ. މީގެ ތެރެއިން އެންމެ މުހިއްމު ދުވަސްވަރަކީ ކައިވެނީގެ ދުވަސްވަރެވެ. އެދުވަސްވަރަކީ އުފާވެރި ދުވަސްވަރަކަށް ވެއްޖެނަމަ މިދުނިޔަވީ ޙަޔާތް ކާމިޔާބުވީއެވެ. ކައިވެންޏަކީ ނަބީންނާއި ރަސޫލުންގެ ސުންނަތެކެވެ. އެއީ ﷲ ގެ ހެކިތަކުގެ ތެރެއިން ވާ ހެއްކެކެވެ. މާތް ﷲ ވަޙީ ކުރެއްވިއެވެ. " وَمِنْ آَيَاتِهِ أَنْ خَلَقَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا لِتَسْكُنُوا إِلَيْهَا وَجَعَلَ بَيْنَكُمْ مَوَدَّةً وَرَحْمَةً إِنَّ فِي ذَلِكَ لأَََيَاتٍ لِقَوْمٍ يَتَفَكَّرُونَ (سورة الروم :21) " "ތިޔަބައިމީހުންނަށް ޓަކައި ހަމަ ތިޔަބައިމީހުންގެ ނަފްސުތަކުން އަނބިން ހެއްދެވިކަމީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިންވާ ކަމެކެވެ. އެއީ ތިޔަބައިމީހުން އެކަނބަލުންގެ ފަރާތުން ހަމަހިމޭންކަން ލިބިގަތު...

އާންމު ފަރުދުންގެ ފަރާތުން ލޮބުވެތި ޝެއިޚުންނަށް.

Image
އާންމު ފަރުދުންގެ ފަރާތުން ލޮބުވެތި ޝެއިޚުންނަށް. މުޙައްމަދު ސިރުޙާން ތިޔަބޭފުޅުންނަކީ، ﷲގެ ވަހީބަސްފުޅުތަކާއި އެއިލާހު އެންމެފަހުން ވަހީބާވައިލެއްވެވި ނަބިއްޔާގެ ސުންނަތް އުނގެނުމުގެ މަތިވެރި ޝަރަފު ލިބިވަޑައިގެން ތިއްބެވި ޢިލްމުވެރީންނެވެ. ތިޔަބޭފުޅުންނަށްޓަކައި ދުނިޔޭގައިވާ ހުރިހާ އެއްޗެއްމެ، ދުޢާކޮށްދެއްވާ ޢިލުމުގެ އަހުލުވެރީންނެވެ. ތިޔަބޭފުޅުންނަކީ ނަބިއްޔުންގެ ވާރުތަވެރީންނެވެ. ތިޔަބޭފުޅުން ޙާޞިލުކޮށްގެން ތިޔަތިއްބެވީ އެންމެ މަތިވެރި ޢިލްމެވެ. އެޢިލްމު ޙާޞިލުކުރެއްވުމުގެ ބުރަ ތިޔަބޭފުޅުން އުފުއްލެވީ މަތިވެރި މަލާއިކަތުންގެ ފިޔަކޮޅުތައް މަތީގައެވެ. އަޅުވެރީންނާއި ޢިލުމުވެރީންގެ މިސާލަކީ ތަރިތަކާއި ހަނދުގެ މިސާލެވެ. ތިޔަބޭފުޅުންނަށް ލިބިގެންވާ އެނޫރު ފަޑުވިޔަ ނުދެއްވާށެވެ. ދުނިޔޭގައި ޖަހާލަތުގެ އަދިކަން ފެތުރުނަ ނުދެއވާށެވެ. އެއަނދިރީގެ ސަބަބުން އަހަރެމެން ފާފައިގެ އަނދަވަޅުތަކަށް ވެއްޓި ހިނގައިދާނެއެވެ. އަހަރެމެންނަށް އެއަނދަވަޅުތައް ހުރިތަންތަން ތެދުވެރި ކަމާއިއެކު ބުނެދެއްވާށެވެ. ސާފުސީދާ އަލި ލިބިގެންވާ މަގަށް ގެންގޮސްދޭށެވެ. އަހަރެމެން މިދަތުރުކުރާ ދުނިޔެވީ ޙަޔާތުގެ ނައުގެ ހު...

"މިލިޔުން ނުކިޔާތި! ސަބަބަކީ މިލިޔުމަކީ ވައްހާބީއަކު ލިޔެފައިވާލިޔުމެއް. އެމީހުން ނަކީ މީގެ 1400 އަހަރުގެ ކުރީގެ ވިސްނުން ގެންގުޅޭބައެއް!"

Image
"މިލިޔުން ނުކިޔާތި! ސަބަބަކީ މިލިޔުމަކީ ވައްހާބީއަކު ލިޔެފައިވާލިޔުމެއް. އެމީހުން ނަކީ މީގެ 1400 އަހަރުގެ ކުރީގެ ވިސްނުން ގެންގުޅޭބައެއް!" މުޙައްމަދު ސިރުޙާން ތިބާ ކުރަމުންދަނީ ހާދަހާ ޢަޖައިބު ކުރަނިވި ކަމެކެވެ. އަހަރެން މިލިޔުން ނުކިޔާށޭ ބުނުމުން ވެސް ތިޔަދަނީ ކިޔަމުންނެވެ. އަހަރެންނަށް ތިބާ މިލިޔުން ކިޔަމުންދާ ސަބަބެއް ނުވަތަ ނިޔަތެއް ނޭނގެއެވެ. އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. ރަނގަޅެވެ. ކަންކަން ދިރާސާކޮށް ބަލަންޖެހޭނެއެވެ. މައްސަލައެއް ނެތެވެ. ކިޔާހިތްވަންޏާ ކުރިއަށް ދާށެވެ. އިންސާނުންގެ ގާތަށް ރަސޫލުބޭކަލުން ފޮނުއްވުމުން، އެބޭކަލުންނަށް ކާފިރުވި މީހުންވެސް ބުނަނީ އެ ރަސޫލުންގެ ވާހަކަތައް އަޑު ނޭހުމަށެވެ. އެފަދަ ވާހަކަތައް އަޑުނާހާންވެގެން އޭގެ ތެރެއިން ބަޔަކު ކަންފަތަށް އެއްޗިހި ކޮއްޕާވެސް އުޅުނެވެ. އެއީ އެބައިމީހުން އެގޮތަކަށް ހޭނި، ޒަމާނުންސުރެ ޢަމަލުކުރަމުން އަންނަ ގޮތް ބަދަލު ކުރަން ޖެހިދާނެތީއެވެ. ރަސޫލުބޭކަލުންނަށް ކާފިރުވި މީހުން، އެ ރަސޫލުބޭކަލުންނަކީ ސިޙުރުވެރިން ކަމަށާއި ސިޙުރުޖެހިފައިވާ ނުވަތަ މޮޔަވެފައިވާ ބައެއްކަމަށް ބުނެއުޅުނެވެ. މި ގޮތަށ...