Posts

Showing posts with the label siru

ހުރަހަކީ ކޮބައިހެއްޔެވެ؟

Image
ހުރަހަކީ ކޮބައިހެއްޔެވެ؟ މުޙައްމަދު ސިރުޙާން ތިބާގެ ލޮލުން މިލިޔުމަށް ބެލުމުގެ ކުރިން ލޯ މަރާލާށެވެ. އަދި ތިބާގެ ނަފްސާ މެދު ވިސްނާލާށެވެ. ތިބާ އެނަފްސުދެކެ ލޯބިވޭހެއްޔެވެ؟ އެނަފްސާމެދު ހިތްހަމަޖެހޭހެއްޔެވެ؟ އެނަފްސަށް އިތުބާރު ކުރަންހެއްޔެވެ؟ ތިބާ އެނަފްސަށް އޯގާތެރިވަންހެއްޔެވެ؟ ތިބާ އެނަފްސަށް އިޙްތިރާމުކުރަންހެއްޔެވެ؟ އެނަފްސާމެދު އުފާވޭހެއްޔެވެ؟ އެނަފްސު މިހާރު އެދަތުރުކުރަނީ ހަޤީޤަތުގައިވެސް އެނަފްސު ދަތުރުކުރަންޖެހޭ ކާމިޔާބުގެ މަގުގައި ހެއްޔެވެ؟ އެނަފްސާމެދު ތިބާކުރާ އުއްމީދަކީ ކޮބައިހެއްޔެވެ؟ މި ދުނިޔޭގައިވެސް އަދި އަންނަން އޮތް ދާއިމީ ޙަޔާތުގައިވެސް އެނަފްސަށް ގެއްލުމެއް ލިބެން ބޭނުންހެއްޔެވެ؟ އަދިވެސް ތިބާ ލޯނުމަރާ ތިޔަދަނީ މިލިޔުން ކިޔަމުންނެވެ؟ އަހަރެންނަށް ބުނެވުނީ ނުބައިކޮށެވެ. ލިޔުން ކިޔާ ނިމުމަށްފަހު އެކަމާ ވިސްނާލާނަންދޯއެވެ؟ ތިބާއަށް އަހަރެން މިކުރިމަތިކުރުވި ސުވާލުތައް މުހިއްމުހެއްޔެވެ؟ ތިބާގެ ނަފްސު ސަލާމަތް ކުރާނީ ތިބާ އަމިއްލައަށެވެ. އެނަފްސު ތެދުމަގުގައި ބަހައްޓަވާތޯ ﷲއަށް ދުޢާކުރާށެވެ. އަދި ކާމިޔާބު ދެއްވާތޯ އެނަފްސު މިކާއިނާތަށް ނެރުއްވި ކުޅަދުންވަންތަ ﷲ އަށް ދ...

ވަޅުކައްޓަފުޅި ދާންޏަށް ސިހޭނެ ގޮތަކީ...

Image
ވަޅުކައްޓަފުޅި ދާންޏަށް ސިހޭނެ ގޮތަކީ މުޙައްމަދު ސިރުޙާން ބޮކެއް ފެންއެއްޗެކަށް ލުމަށްފަހު މަޑުމަޑުން ހޫނުކުރަމުން ގޮސް އެބޮއް މަރާލެވިދާނެއެވެ. ނަމަވެސް ބޮކެއް، ހޫނުކޮން ހުރި ފެންއެއްޗެކަށް ލައިފިނަމަ އޭތި ވަގުތުން ފެންއެތިން ބޭރަށް ފުންމާލާނެއެވެ. އަހަރެން މިކަން ތަޖުރިބާ އެއް ނުކުރަމެވެ. ނަމަވެސް އަހަރެން ކުޑައިރު މޫދުން މަސް ހިފައިގެން ގެނެސް އެމަސް ފެނަށް ދިރުވަމެވެ. ފުރަތަމަ ހަދާގޮތަކީ އެމަސް އިން ލޮނުފެންއެތި ތެރެއަށް ކުޑަ ފެންފޮދެއް އަޅަނީއެވެ. އެގޮތަށް ބެހެއްޓުމަށް ފަހު ޖެހިގެން އަންނަދުވަހު ފެން އިތުރު ކުރަމެވެ. މިގޮތަށް ކޮންމެ ދުވަހަކުވެސް ފެނުގެ މިންވަރު އިތުރު ކުރަމެވެ. މިގޮތަށް ހަދަމުންގޮސް އެކީ އެމަސް ފެނަށް ދިރެއެވެ. ދެން އެމަސް މަސްޓޭންކަކަށް ނުވަތަ ވަޅަށްލަމެވެ. އެމަސް އެވަނީ ފެނަށް ހޭނިފައެވެ. އެމަހަށް ހީވަނީ ލޮނުގަ އުޅެވޭހެންނެވެ. ހަމަ މިގޮތަށް އިންސާނުން ވެސް އޭނާ އުޅޭ މާހައުލަށް ހޭނިގެން ދެއެވެ. އޭނާ އުޅޭ މާޙައުލުން ރަނގަޅު ކަންކަމާއި ގޯސްކަންކަމަށް ސިފަތަށް އިންސާނާ ލިބިގަނެއެވެެ. ރަނގަޅު ގޯސްބަލާ އަޞްލު ތިލަފަތް އެބަހީ ޤުރުއާނާއި ސުންނަތް ދޫކޮށް، އެތިލަފަތަކީ ...

ޏާޏިޏާ (ޖާރިޔާ

Image
( ޏާޏިޏާ( ޖާރިޔާ މުޙައްމަދު ސިރުޙާން އަހަރެންނަކީ ކަލޭމެން ތިޔަ ކިޔާ ޖާރިޔާއެވެ. އެކަމަކު އަހަރެންނަކީ ޖާރިޔާއެއްކަމަށް އަހަރެން ގަބޫލެއްނުކުރަމެވެ. އަހަރެން މިހާރު މިއުޅޭ ޙަޔާތަށް އައުމުގެ ކުރިން އުޅުނީ ޝަހުވަތްތެރިކަމުން ފޯވެފައިވާ ފިރިހެނެއްގެ ޖިންސީ އެދުންފުއްދާ އުނބެއްގެ ގޮތުގައެވެ. އަހަރެންގެ ހަމައެކަނި ބޭނުމަކީ އެއީ ބާއެވެ؟ އަހަރެންގެ ބައްޕައަކީ ކާކުބާއެވެ؟ އަހަރެންނަށް ކަލޭމެންނާ މިވާހަކަދެއްކެނީ އެފިރެހެން މީހާއަށް އޭނާގެ އަންހެނުން ފަރުދާގެ ފުރަގަހުން ދިއްކޮއްލި ޖޫސްތަށިބޯލުމުގެ ސަބަބުން ލިބުނު ބާރުގެ ސަބަބުންނެވެ. އަހަރެން އަދިވެސް މިހުރީ އެ ފަރުދާގެ ފުރަގަހުގައެވެ. އަހަރެންނާ އެއްގޮތަށް ޖިންސީ ގޯނާ ލިބެމުންދާ ވަރަށް ގިނަ ތުއްތު ކުދީން މި ދިވެހިރާއްޖޭގައިވެއެވެ. އޭގެ ތެރެއިން ވަރަށްގިނަ ކުދީން ވަނީ ޖިންސީގޯނާތަކުގެ ސަބަބުން ދުނިޔެ ދޫކޮށްފައެވެ. އަހަރެމެންނާ ގޯނާ ކުރި ޓީޗަރަކު މިހާރުވެސް ކަލޭމެންގެ ދުނިޔޭގައި އެހެރަ އުޅެނަގަނީއެވެ. އޭނާވަނީ ތުއްތުކުދީންގެ ހިތްއަލިކޮށްދިނުމުގެ ގޮތުން އެކުދީންގެ ހީސްލާތަނަށް މާމުތް އަޅައިދީފައެވެ. އަހަރެން މިހާރު މިއުޅޭ ހަޔާތަށް އުފަން ވުމަށް މ...

ފޫހިކަން ރޫޙީކަމަކަށް

Image
ފޫހިކަން ރޫޙީކަމަކަށް މުޙައްމަދު ސިރުޙާން އަހަރެން އީމާންކަމުގެ ޙަޔާތަށް އައުމުގެ ކުރީގައި އުޅުނީ ގިނަވަގުތުތަކުގައި މާޔޫސްވެ ކުރާނެ ކަމެއްނޭނގި ފޫހިކަމާއެކުގައެވެ. ދުނިޔޭގެ ޙަޔާތުގެ ޙަޤީޤީ މާނަ އޭރަކު ނޭނގެއެވެ. ވަގުތުގެ މުހިންމުކަން އެނގި އޭގެ ބޭނުން ކުރާނެ ގޮތެއްނޭނގެއެވެ. މިޙާލުގައި ދުނިޔޭގައި މިހާރުވެސް ވަރަށްގިނަ މީހުން އުޅޭނެކަން ހަމަ ޔަޤީނެވެ. ދެރަވެ މާޔޫސްވެ ދުނިޔޭގެ ޙަޔާތްމަތިން ފޫހިވެފައިވަނީ ކިތައް މީހުންތޯއެވެ؟ ފޫހި ފިލުވައި ހިތްހަމަޖެއްސުމަށްޓަކާ ފާފަތައް ތަޖުރިބާކުރަނީ ކިތައްކިތައް ޒުވާނުންތޯއެވެ؟ އޭގެ އެންމެ ޢަޖައިބުވާންޖެހޭކަމަކީ މިހުރިހާކަމަކުންވެސް ފޫހިކަމާ ހިތްނުތަނަވަސްވުން ނޫންކަމެއް އިތުރު ނުވާތީއެވެ. ފާފައަކަށްފަހު ފާފައެއް ކުރަމުން ފާފަތަކަށް އަޅުވެތިވެގެން ދެވޭތީއެވެ. މިދުނިޔޭގެ ޙަޔާތް އަނދިރިވެ އާޚިރަތުގެ ޙަޔާތަށް ތައްޔާރު ނުވެވިހުއްޓާ މަރު ތިމާޔާ ބައްދަލުކުރާނެތީއެވެ. މިއަނދިރިކަމުން އަހަރެންނަށް ސަލާމަތްވެވިދާނެތޯއެވެ؟ މި ކަޅު އަނދިރީގެ ޙަޔާތުން އުފާވެރި ޙަޔާތަކަށް އަހަރެންނަށް ދެވިދާނެތޯއެވެ. މިފަދައިން ސުވާލު ކުރެވިއްޖެނަމަ މިޙަޔާތުގެ ޙަޤީޤީ މާނަ ރަނގަޅަ...

މިރަރ މިރަރ އޮން ދަ ވޯލް، އެންމެރީތި ޓެރަރިސްޓަކީ ކާކުހެއްޔެވެ؟

Image
މިރަރ މިރަރ އޮން ދަ ވޯލް، އެންމެރީތި ޓެރަރިސްޓަކީ ކާކުހެއްޔެވެ؟ މުޙައްމަދު ސިރުޙާން ސެޕްޓެމްބަރ 11 އަށް ފަހު ޓެރަރިސްޓު މިލަފްޒު އުފުލާ ބަޔަކީ އިސްލާމުން ކަމަށް ހުޅަނގުން ނިންމިއެވެ. މި ނިންމުމާ މުޅިދުނިޔެ އިއްތިފާޤުވެއްޖެހެން މިހާރު ހީވާންފަށައިފިއެވެ. ރޭޑިއޯ ހުޅުވާލިއަސް ޓީވީ ހުޅުވާލިއަސް ނޫހެއްހުޅުވާލިއަސް ފެނި އިވިދަނީ މުޅީންވެސް ޓެރަރިސްޓު ހަމަލާތަކުގެ ޚަބަރުތަކެވެ. މި އެކަނިވެރި ދިވެހިރާއްޖެއަށް ވެސް މިއޮތީ ޓެރަރިސްޓުންގެ ބިރުވެރިކަން ފޯރާފައެވެ. ސްކޫލު ކުދީންނަށް ޓެރަރިޒަމްގެ ހަމަލާތަށް ދެމުން ދާތާ ވަރަށް ގިނަޒަމާންތައް ވެދާނެހެންވެސް ހީވެއެވެ. ޤައުމުގެ ދިފާޢުގައި އުޅޭ ސިފައިން ކޮންމެދުވަހަކު ޓެރަރިސްޓު ހަމަލާތަކަށް ތަމުރީނު ލިބިގަނެއެވެ. އަހަރެމެން ކުޑައިރު ހާދަ އަމާން އޮމާންކޮން އޮތްތަނެކެވެ. އޮމާންކަމުންގޮސް ހާދައޮމާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެދުވަސްވަރު ޓެރަރިސްޓުން އުފަންނުވީ ކީއްވެބާވައެވެ؟ ޓެރަރިސްޓު ހަމަލާތައް އަތުވެދާނެތީ އަހަރެމެން ބިރެއްނުގަނެއެވެ. މާހައުލުގައި އެއްވެސް ގަޑުބަޑުކަމެއް ނެތެވެ. އިސްވެ ބުނި އަމާން އޮމާންކަން މާޒީ އަށް ވަދެ ތާރީޚުފޮތް ތަކުގެ އެތެރޭ...

ނަފްސު ހޭލައްވާށެވެ

Image
ނަފްސު ހޭލައްވާށެވެ. މުޙައްމަދު ސިރުޙާން ޙަޔާތުގައި ދިމާވާ ތަފާތުކަންކަމުގެ ވާހަކަ ދައްކާލައި، އެކިއެކި ޚިޔާލުކޮށްލަން ކޮފީބޯން ދިޔުމަކީ މިހާރު ވަރަށް ޢާންމުކަމެކެވެ. އަހަރެންނަށްވެސް މިކަހަލަ ވަރަށް ގިނަ ދަޢުވަތުތައް ލިބެއެވެ. މިހެން ކޮފީބޯން ތިބޭއިރު އަހަރެން އަބަދުވެސް ބަލަނީ އަހަރެން ހެއްދެވިފަރާތް ރުހިވޮޑިގެންވާ ކަހަލަ ވާހަކަދެއްކޭތޯއެވެ. އަހަރެންނަކީ އީމާންކަން މަތީ ދެމިހުރެވޭތޯ މަސައްކަތްކުރާ މީހެއްކަމުން އީމާންކަން ވަރުގަދަވާ ކަހަލަ ވާހަކައާއި އެކަމާ ގުޅުންހުރި ވާހަކަދެއްކުމަކީ އަހަރެންގެ އާދައެކެވެ. އީމާން ކަމުގެ ޙަޔާތަކީ ހާދައުފާވެރި ޙަޔާތެކެވެ. ކޮންމެ އިންސާނަކުވެސް ދުނިޔޭގެ ޙަޔާތަށް އަންނަނީ ފިޠުރަތުގެ މަތީގައެވެ. މިޙަޔާތުގައި ދަތުރުކުރާ ކުނިބުނިން ޠާހިރުވެގެން ވާޙާލުގައެވެ. އީމާންކަމުގެ ޙަޤީޤަތް އެންމެ ބޮޑަށް އެނގިވަޑައިގެންނެވި، އެއީމާންކަން އެންމެ ރަގަޅަށް ޕުރެކްޓިސް ކުރެއްވި ފަރާތުން އަހަރެމެންނަށް މިކަން ބަޔާންކޮށްދެއްވާފައިވެއެވެ. މި ދުނިޔަވީ ޙަޔާތުގެ ވަގުތުތައް ހޭދަކުރަމުން ދާއިރު ތަފާތު ބަސްތައް އަހަރެމެން އަޑުއަހަމެވެ. ތަފާތު މީސްމީހުންނާ ބައްދަލުކުރަމެވެ. ތަފާތު ތ...