Posts

Showing posts with the label siruhan

މުޖްތަމަޢު އޭގެ މައްޗަށް ބިނާވެފައިވާ ލޭނާރު

Image
މުޖްތަމަޢު އޭގެ މައްޗަށް ބިނާވެފައިވާ ލޭނާރު މުޙައްމަދު ސިރުޙާން "އޭ އާދަމުގެ ދަރިޔާއެވެ. ތިބާއަކީ ވަޤުތުތަކެކެވެ. ތިބާގެ ޙަޔާތުން ދުވަހެއް ފާއިތުވެގެން ހިނގައްޖެނަމަ ތިބާގެ ބައެއް އުނިވެގެން ދިޔައީއެވެ." މިޔަދާއި ހަމަޔަށް އަޅުގަނޑުމެންގެ ކިބައިން ކިހާ ބައެއް އުނިވެގެން ހިނގައްޖެތޯއެވެ؟ ބާކީ އޮތީ ކިހާވަރެއްތޯއެވެ ؟ މިދުނިޔެ މައްޗަށް ނޭވާލާނީ ކިތައް ދުވަހު ތޯއެވެ؟ ކެއްކި ބޮނޑިބަތްއެތީގެ ހޫނުކަން ނުކެނޑެނީސް އެބައިވެސް އުނިވެގެން ހިގައިދާނެއެވެ. އެއީ މިކާއިނާތުގެ ޤާނޫނެވެ. އެކަމާ ދެކޮޅަށް ތެދުވެވޭނީ ކޮންފަރާތަކަށް ހެއްޔެވެ؟ ބުއްދިވެރީންނަކީ ޙަޔާތުން ފާއިތުވި ބައިން ޢިބުރަތް ޙާޟިލްކޮށް ކުރިޔަށް އޮތްތާގައި ހިތްވަރާ ޢަޒުމާ އެކު ކުރިއަށްދާ މީހުންނެވެ. ފެންތައްޓެއް ބިމަށް ވެރުމުން އެކަމާ ހިތާމަ ކުރުމަކީ ތިމާގެ ނަފުސަށް ގެއްލުންދިނުން ނޫން ދެން ކޮންކަމެއްތޯއެވެ ؟ ޙަޔާތުން ފާއިތުވި ދުވަސްތަކާމެދު ރޮއެ ހިތާމަކުރިއަސް، އެދުވަސްތައް އަނބުރައި ނާންނާނެއެވެ. ޙަޔާތުގެ ބާކީ އޮތް ދުވަސްކޮޅު ހިތްވަރާއި ޢަޒުމާ އެކު ﷲ ގެ ރުހިވޮޑިގަތުން ލިބޭ މަގުން ހިނގޭތޯ ބައްލަވާށެވެ. އޭރުން އެދެވެނީ އެއިލާހުގެ...

ވަޅުކައްޓަފުޅި ދާންޏަށް ސިހޭނެ ގޮތަކީ...

Image
ވަޅުކައްޓަފުޅި ދާންޏަށް ސިހޭނެ ގޮތަކީ މުޙައްމަދު ސިރުޙާން ބޮކެއް ފެންއެއްޗެކަށް ލުމަށްފަހު މަޑުމަޑުން ހޫނުކުރަމުން ގޮސް އެބޮއް މަރާލެވިދާނެއެވެ. ނަމަވެސް ބޮކެއް، ހޫނުކޮން ހުރި ފެންއެއްޗެކަށް ލައިފިނަމަ އޭތި ވަގުތުން ފެންއެތިން ބޭރަށް ފުންމާލާނެއެވެ. އަހަރެން މިކަން ތަޖުރިބާ އެއް ނުކުރަމެވެ. ނަމަވެސް އަހަރެން ކުޑައިރު މޫދުން މަސް ހިފައިގެން ގެނެސް އެމަސް ފެނަށް ދިރުވަމެވެ. ފުރަތަމަ ހަދާގޮތަކީ އެމަސް އިން ލޮނުފެންއެތި ތެރެއަށް ކުޑަ ފެންފޮދެއް އަޅަނީއެވެ. އެގޮތަށް ބެހެއްޓުމަށް ފަހު ޖެހިގެން އަންނަދުވަހު ފެން އިތުރު ކުރަމެވެ. މިގޮތަށް ކޮންމެ ދުވަހަކުވެސް ފެނުގެ މިންވަރު އިތުރު ކުރަމެވެ. މިގޮތަށް ހަދަމުންގޮސް އެކީ އެމަސް ފެނަށް ދިރެއެވެ. ދެން އެމަސް މަސްޓޭންކަކަށް ނުވަތަ ވަޅަށްލަމެވެ. އެމަސް އެވަނީ ފެނަށް ހޭނިފައެވެ. އެމަހަށް ހީވަނީ ލޮނުގަ އުޅެވޭހެންނެވެ. ހަމަ މިގޮތަށް އިންސާނުން ވެސް އޭނާ އުޅޭ މާހައުލަށް ހޭނިގެން ދެއެވެ. އޭނާ އުޅޭ މާޙައުލުން ރަނގަޅު ކަންކަމާއި ގޯސްކަންކަމަށް ސިފަތަށް އިންސާނާ ލިބިގަނެއެވެެ. ރަނގަޅު ގޯސްބަލާ އަޞްލު ތިލަފަތް އެބަހީ ޤުރުއާނާއި ސުންނަތް ދޫކޮށް، އެތިލަފަތަކީ ...

ޏާޏިޏާ (ޖާރިޔާ

Image
( ޏާޏިޏާ( ޖާރިޔާ މުޙައްމަދު ސިރުޙާން އަހަރެންނަކީ ކަލޭމެން ތިޔަ ކިޔާ ޖާރިޔާއެވެ. އެކަމަކު އަހަރެންނަކީ ޖާރިޔާއެއްކަމަށް އަހަރެން ގަބޫލެއްނުކުރަމެވެ. އަހަރެން މިހާރު މިއުޅޭ ޙަޔާތަށް އައުމުގެ ކުރިން އުޅުނީ ޝަހުވަތްތެރިކަމުން ފޯވެފައިވާ ފިރިހެނެއްގެ ޖިންސީ އެދުންފުއްދާ އުނބެއްގެ ގޮތުގައެވެ. އަހަރެންގެ ހަމައެކަނި ބޭނުމަކީ އެއީ ބާއެވެ؟ އަހަރެންގެ ބައްޕައަކީ ކާކުބާއެވެ؟ އަހަރެންނަށް ކަލޭމެންނާ މިވާހަކަދެއްކެނީ އެފިރެހެން މީހާއަށް އޭނާގެ އަންހެނުން ފަރުދާގެ ފުރަގަހުން ދިއްކޮއްލި ޖޫސްތަށިބޯލުމުގެ ސަބަބުން ލިބުނު ބާރުގެ ސަބަބުންނެވެ. އަހަރެން އަދިވެސް މިހުރީ އެ ފަރުދާގެ ފުރަގަހުގައެވެ. އަހަރެންނާ އެއްގޮތަށް ޖިންސީ ގޯނާ ލިބެމުންދާ ވަރަށް ގިނަ ތުއްތު ކުދީން މި ދިވެހިރާއްޖޭގައިވެއެވެ. އޭގެ ތެރެއިން ވަރަށްގިނަ ކުދީން ވަނީ ޖިންސީގޯނާތަކުގެ ސަބަބުން ދުނިޔެ ދޫކޮށްފައެވެ. އަހަރެމެންނާ ގޯނާ ކުރި ޓީޗަރަކު މިހާރުވެސް ކަލޭމެންގެ ދުނިޔޭގައި އެހެރަ އުޅެނަގަނީއެވެ. އޭނާވަނީ ތުއްތުކުދީންގެ ހިތްއަލިކޮށްދިނުމުގެ ގޮތުން އެކުދީންގެ ހީސްލާތަނަށް މާމުތް އަޅައިދީފައެވެ. އަހަރެން މިހާރު މިއުޅޭ ހަޔާތަށް އުފަން ވުމަށް މ...

ފޫހިކަން ރޫޙީކަމަކަށް

Image
ފޫހިކަން ރޫޙީކަމަކަށް މުޙައްމަދު ސިރުޙާން އަހަރެން އީމާންކަމުގެ ޙަޔާތަށް އައުމުގެ ކުރީގައި އުޅުނީ ގިނަވަގުތުތަކުގައި މާޔޫސްވެ ކުރާނެ ކަމެއްނޭނގި ފޫހިކަމާއެކުގައެވެ. ދުނިޔޭގެ ޙަޔާތުގެ ޙަޤީޤީ މާނަ އޭރަކު ނޭނގެއެވެ. ވަގުތުގެ މުހިންމުކަން އެނގި އޭގެ ބޭނުން ކުރާނެ ގޮތެއްނޭނގެއެވެ. މިޙާލުގައި ދުނިޔޭގައި މިހާރުވެސް ވަރަށްގިނަ މީހުން އުޅޭނެކަން ހަމަ ޔަޤީނެވެ. ދެރަވެ މާޔޫސްވެ ދުނިޔޭގެ ޙަޔާތްމަތިން ފޫހިވެފައިވަނީ ކިތައް މީހުންތޯއެވެ؟ ފޫހި ފިލުވައި ހިތްހަމަޖެއްސުމަށްޓަކާ ފާފަތައް ތަޖުރިބާކުރަނީ ކިތައްކިތައް ޒުވާނުންތޯއެވެ؟ އޭގެ އެންމެ ޢަޖައިބުވާންޖެހޭކަމަކީ މިހުރިހާކަމަކުންވެސް ފޫހިކަމާ ހިތްނުތަނަވަސްވުން ނޫންކަމެއް އިތުރު ނުވާތީއެވެ. ފާފައަކަށްފަހު ފާފައެއް ކުރަމުން ފާފަތަކަށް އަޅުވެތިވެގެން ދެވޭތީއެވެ. މިދުނިޔޭގެ ޙަޔާތް އަނދިރިވެ އާޚިރަތުގެ ޙަޔާތަށް ތައްޔާރު ނުވެވިހުއްޓާ މަރު ތިމާޔާ ބައްދަލުކުރާނެތީއެވެ. މިއަނދިރިކަމުން އަހަރެންނަށް ސަލާމަތްވެވިދާނެތޯއެވެ؟ މި ކަޅު އަނދިރީގެ ޙަޔާތުން އުފާވެރި ޙަޔާތަކަށް އަހަރެންނަށް ދެވިދާނެތޯއެވެ. މިފަދައިން ސުވާލު ކުރެވިއްޖެނަމަ މިޙަޔާތުގެ ޙަޤީޤީ މާނަ ރަނގަޅަ...

މިރަރ މިރަރ އޮން ދަ ވޯލް، އެންމެރީތި ޓެރަރިސްޓަކީ ކާކުހެއްޔެވެ؟

Image
މިރަރ މިރަރ އޮން ދަ ވޯލް، އެންމެރީތި ޓެރަރިސްޓަކީ ކާކުހެއްޔެވެ؟ މުޙައްމަދު ސިރުޙާން ސެޕްޓެމްބަރ 11 އަށް ފަހު ޓެރަރިސްޓު މިލަފްޒު އުފުލާ ބަޔަކީ އިސްލާމުން ކަމަށް ހުޅަނގުން ނިންމިއެވެ. މި ނިންމުމާ މުޅިދުނިޔެ އިއްތިފާޤުވެއްޖެހެން މިހާރު ހީވާންފަށައިފިއެވެ. ރޭޑިއޯ ހުޅުވާލިއަސް ޓީވީ ހުޅުވާލިއަސް ނޫހެއްހުޅުވާލިއަސް ފެނި އިވިދަނީ މުޅީންވެސް ޓެރަރިސްޓު ހަމަލާތަކުގެ ޚަބަރުތަކެވެ. މި އެކަނިވެރި ދިވެހިރާއްޖެއަށް ވެސް މިއޮތީ ޓެރަރިސްޓުންގެ ބިރުވެރިކަން ފޯރާފައެވެ. ސްކޫލު ކުދީންނަށް ޓެރަރިޒަމްގެ ހަމަލާތަށް ދެމުން ދާތާ ވަރަށް ގިނަޒަމާންތައް ވެދާނެހެންވެސް ހީވެއެވެ. ޤައުމުގެ ދިފާޢުގައި އުޅޭ ސިފައިން ކޮންމެދުވަހަކު ޓެރަރިސްޓު ހަމަލާތަކަށް ތަމުރީނު ލިބިގަނެއެވެ. އަހަރެމެން ކުޑައިރު ހާދަ އަމާން އޮމާންކޮން އޮތްތަނެކެވެ. އޮމާންކަމުންގޮސް ހާދައޮމާނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެދުވަސްވަރު ޓެރަރިސްޓުން އުފަންނުވީ ކީއްވެބާވައެވެ؟ ޓެރަރިސްޓު ހަމަލާތައް އަތުވެދާނެތީ އަހަރެމެން ބިރެއްނުގަނެއެވެ. މާހައުލުގައި އެއްވެސް ގަޑުބަޑުކަމެއް ނެތެވެ. އިސްވެ ބުނި އަމާން އޮމާންކަން މާޒީ އަށް ވަދެ ތާރީޚުފޮތް ތަކުގެ އެތެރޭ...

"މިލިޔުން ނުކިޔާތި! ސަބަބަކީ މިލިޔުމަކީ ވައްހާބީއަކު ލިޔެފައިވާލިޔުމެއް. އެމީހުން ނަކީ މީގެ 1400 އަހަރުގެ ކުރީގެ ވިސްނުން ގެންގުޅޭބައެއް!"

Image
"މިލިޔުން ނުކިޔާތި! ސަބަބަކީ މިލިޔުމަކީ ވައްހާބީއަކު ލިޔެފައިވާލިޔުމެއް. އެމީހުން ނަކީ މީގެ 1400 އަހަރުގެ ކުރީގެ ވިސްނުން ގެންގުޅޭބައެއް!" މުޙައްމަދު ސިރުޙާން ތިބާ ކުރަމުންދަނީ ހާދަހާ ޢަޖައިބު ކުރަނިވި ކަމެކެވެ. އަހަރެން މިލިޔުން ނުކިޔާށޭ ބުނުމުން ވެސް ތިޔަދަނީ ކިޔަމުންނެވެ. އަހަރެންނަށް ތިބާ މިލިޔުން ކިޔަމުންދާ ސަބަބެއް ނުވަތަ ނިޔަތެއް ނޭނގެއެވެ. އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތް ﷲ އެވެ. ރަނގަޅެވެ. ކަންކަން ދިރާސާކޮށް ބަލަންޖެހޭނެއެވެ. މައްސަލައެއް ނެތެވެ. ކިޔާހިތްވަންޏާ ކުރިއަށް ދާށެވެ. އިންސާނުންގެ ގާތަށް ރަސޫލުބޭކަލުން ފޮނުއްވުމުން، އެބޭކަލުންނަށް ކާފިރުވި މީހުންވެސް ބުނަނީ އެ ރަސޫލުންގެ ވާހަކަތައް އަޑު ނޭހުމަށެވެ. އެފަދަ ވާހަކަތައް އަޑުނާހާންވެގެން އޭގެ ތެރެއިން ބަޔަކު ކަންފަތަށް އެއްޗިހި ކޮއްޕާވެސް އުޅުނެވެ. އެއީ އެބައިމީހުން އެގޮތަކަށް ހޭނި، ޒަމާނުންސުރެ ޢަމަލުކުރަމުން އަންނަ ގޮތް ބަދަލު ކުރަން ޖެހިދާނެތީއެވެ. ރަސޫލުބޭކަލުންނަށް ކާފިރުވި މީހުން، އެ ރަސޫލުބޭކަލުންނަކީ ސިޙުރުވެރިން ކަމަށާއި ސިޙުރުޖެހިފައިވާ ނުވަތަ މޮޔަވެފައިވާ ބައެއްކަމަށް ބުނެއުޅުނެވެ. މި ގޮތަށ...