Posts

Showing posts with the label buruga

ބީވެގެން ދިޔަ ލޯބިވާ ބުރުގާ

Image
ބީވެގެން ދިޔަ ލޯބިވާ ބުރުގާ މުޙައްމަދު ސިރުޙާން ދޮންމަންޖެ ގެންގުޅޭ އަންނައުނުގެ ވަޒީފާއާ ރީތިވާ ސާމާނުތަކުގެ ވަޒީފާތައް ހުސްވުމުގެ ސަބަބުން އެވަޒިފާތަކަށް މުވައްޒަފުން ހޯދުމުގެ ގޮތުން އިއުލާނެއްކުރިއެވެ. އެ އިއުލާން ފެނުނު ވަރަށްގިނަ ވައްތަރުގެ ހެދުންތަކާއި ރީތިވާ ސާމާނުތައް ދޮންމަންޖެގެ އޮފީހަށް އިންޓަވިއުއަށް ޙާޒިރުވިއެވެ. އޭގެތެރޭގައި މޭކަޕްކުރުމަށް ބޭނުންކުރާ ލިޕްސްޓިކުން ފެށިގެން ދަތްއުނގުޅާ ބުރުސްވެސް ހިމެނެއެވެ. އިންޓަވިއުކުރި ހޯލު އިތުރަށް ޒީނަތްތެރިވެގެންދިޔައީ ތަފާތުވައްތަރުގެ ސެންޓުފުޅިތައް އެކިއުގެ ތެރެއަށް ވަނުމުންނެވެ. ހެދުމުގެ ވައްތަރުތަކުގެ ތެރޭގައި އެތެރޭންލާ ހެދުމާ ޖިންސުތަކާ ބަލާލި މީހަކަށް ރީތިކަމުންގޮސް ސިހުންގެނުވާ ތަފާތުވައްތަރުގެ ޓޮޕްކޮޅުތައް ވިއެވެ. އެސިހުން ބިރުވެރިކަމުން ޖޯކަކަށް ބަދަލުވީ 1400 އަހަރުގެ ސްޓައިލުގެ ބުރުގާއަކާއި ދޫހެދުމެއް އެތަނަށް ޙާޒިރުވީމައެވެ. އިންޓަވިއުގެ ގަޑި ކައިރިވަމުން ދިޔަވަރަކަށް ޙާޒިރީންގެ ހަށިގަނޑުގެ ތެރޭގައި ހާސްކަން އިތުވަމުންދިޔައެވެ. އިންޓަވިއު ކުރަން ހަމަޖެހިފައިވާ ގަޑިއަށް އެތާހުރި ދޮރެއް ހުޅުވިއްޖެއެވެ. ދޮރުގެ ބިތްދޮށް ފަރާތ...