ޖާރިޔާތައް ވިހައިފި

ޖާރިޔާތައް ވިހައިފި
މުޙައްމަދު ސިރުޙާން
ރަސްގެފާނު ވަރަށް ވަރުގަދަ އަމުރެއްނެރެފިއެވެ. މާދަމާ ވާރޭ ވެހޭއިރު ޤައުމުގެ އެއްވެސް ރައްޔިތަކު އޭގެން ފެން ނުބޯށެވެ. ބޮއެފިމީހަކު މޮޔަވާނެއެވެ. އަދި ނިންމާލަމުން ބުނެފައިވެއެވެ. އެއްވެސް މީހަކީ އަބަދު ހަމައިގާ ހުންނަށް ބޭނުންވާނެ މީހެއް ނޫނެވެ.
ވާރޭވެހެން އުޅޭތީވެ ދަނޑުވެރީން އެދުވަހު އުޅުނީ ވަރަށް ބުރަކޮށެވެ. ފަސްގަނޑުޖަހާ މުޑުވައްތައް ރުވާ ހަދައިފިއެވެ. ޖެހިގެން އައިދުވަހު ރަސްގެފާނު ބުނިގޮތަށް ވާރޭވެހިއްޖެއެވެ. ދަނޑުތަކަށް ފުދޭވަރަށް ވެހުނެވެ. އެންމެ ހައިރާންވީ ކަމަކީ ރަސްގެފާނުގެ އަމުރާ ޚިލާފަށް މުޅި ޤައުމުގެ ހުރިހާ ރައްޔިތުން އެފެނުގެ އިސްތިޢުމާލު ކުރީމައެވެ. ހުރިހާ އެންމެންނަށް އެހެން ރާއްޖެއަކަށް ހޭލެވުނީއެވެ. ގުރައިދޫއަށް ފޮނުވާލަން ޖެހުނީ ހަމައެކަނި ރަސްގެފާނުކަމުން، އެންމެފަހުން ރަސްގެފާނުވެސް އެފެން ބޮޔެ އުސްމިންތަކަކަށް އަރައިފިއެވެ.

ދުވަސްކޮޅެއްގެ ތެރޭގައި ދަނޑުތަކުގައި ގަސްތައް ފަޅައި މާތައް ފޮޅިއްޖެއެވެ. ނޫރާނީ މާތައް ފޮޅުނީއެވެ. ބުލްބުލްތަކާއި ކޮކާތަކާއި މާބުރާއި ބަނޅިދުތައް ހައްޓަކު ހެވެއްނެތެވެ. އެސޮރުމެއްނަށް ހޫރުންތައް ލިބުނީއެވެ. މާބުރުތަކުގެ ލަޝްކަރުގައިވާ އެއް ޑޮޓު ޖެހި މާބުރާއި ދެ ޑޮޓުލީ މާބުރުތައް ހަތިޔާރުތައް ސާފުކޮށް އަތުކުރި އޮޅާ ގަމީސް ބޭލިއެވެ. މީރުވަސް ދުވާމާތައް ފޮޅި މުޅި ބަގީޗާ އެއްވަސް ކޮށްފިއެވެ. ތަފާތުވައްތަރުގެ ރީތި މާތަކުން ބަލާލި މީހަކަށް ވާނެގޮތް އެނގޭނީ ގޮސްބެލީމައެވެ. ޖައްވުގައި ޖެހޭވަޔާއިއެކު ބަގީޗާގައި ހަރަކާތްތެރިވަމުންދާ މަލުންނާއި މޯޅިވެ އަމަލުވެގެން ވެއްޓިފައި ވާމާތަކުން ރެޔާއިދުވާލު ފޮނިބޮމުން ދާ މާބުރުތަކާއި މިނިވަން މާތަކުން ފޮނިބޯ ބަޅިނދުތަކުން މުޅި ބަގީޗާ ފަޅުފިލާފައި ވާވަރުން ލަދުން ބަލާލަން ނުކެރެއެވެ. ޒިޔާރަތްކުރާމީހުން ގިނަކުރުވުމަށް އެތަނަކީ ސުވަރުގެކަމަށް އަހަރެން ސިފަކޮށްފާނަމެވެ. ބަގީޗާގެ ގަސްތަކުގެ މޫތަކުން އެއްގަސް އަނެއްގަހާއި ގުޅިފައިވާ ފަދައިން، އެއްމަލުން އަނެއްމަލުން ފޮނިބޮމުންދާ މާބުރުތަކުގެ ސަބަބުން ވަނީ އެއްމާ އަނެއްމަލާއި ގުޅާލެވިފައެވެ. އެ މާބުރު އުފުލާ އެއްޗެހިތައް ތަޙްލީލު ކުރަން އަހަރެން ދޫކޮށްލާނީ ލެބޯޓްރީތަކުގައި އުޅޭ ސައިންސްވެރީންނަށެވެ.
މާބުރުތަކަށް އެއްމަލުން އަނެއްމަލަށް ދަތުރު ކުރާކަށް މާކަ އުނދަގުލެއް ނޫނެވެ. އެހާވެސް ގާތެވެ. ބޭނުން އިރަކު ބޭނުން ވަގުތަކު ޖައްސަންވީއެވެ. ބައެއްފަހަރު އެއް މާ އަނެއް މަލާއި، އަނެއްބައި ފަހަރު ދެޑޮޓުލީ ދެ މާބުރުވެސް ގުޅި ލާމެހެއެވެ. އެކަމުންވެސް އުފާ ހާސިލުކުރަމުން ދަނީއެވެ.
މާތައް ނީލަން ކިޔުމާއި ވިއްކުމުގައި މަންމަ މަސްޣޫލުވެގެން އުޅޭއިރު ބައްޕަ އުޅެނީ މާތަކުގައި މީރުވަސް ދުއްވާ، އެމާތައް މާކެޓުކުރުމުގައި ބިޒީވެގެންނެވެ. މާތައް ތައްޔާރުވެ ޑިސްޕްލޭގައި ބެހެއްޓުމުންް ކުޅަނދުރުތައް އައިސް އެތަން ވަށާލައެވެ. ބައެއް ކުޅަނދުރަށް އޭގައި ޖައްސައި ބަރަހަނާ ޖާރިއީ އުފާ ހާސިލުކުރުމުގެ ނަސީބުލިބެއެވެ. މާކެޓުކުރުމަށް ނަގައިފައިވާ މަލުގެ ފޮޓޯތަކުންވެސް ބައެއް މީދާތައް އުފާ ހާސިލް ކުރެއެވެ.
ރަލުގެ ކޯރުތައް އެބަގީޗާއަށް ބަޔަކުމީހުން ވަނީ ގެނެސްދީފައެވެ. އެކޯރުތަކުގައި ނަށާ ފީނާ މަސްތައް އަބަދު ތިބެނީ މޮޔަވެ އޭގެމައްޗަށް އަމަލުވެގެންނެވެ. ކޯރުތަކުގެ އެހީގަޔާއި އެހެނިހެން ގޮތްގޮތުން މާބޮނޑިތައް އެއްގެއިން އަނެއްގެޔަށް އެއް ޖަލްސާއިން އަނެއް ޖަލްސާއަށް އެއް ރާއްޖޭން އަނެއް ރާއްޖެއަށް ޕާސްކުރަމުންދެއެވެ. އެއީ އެކަމަކު ވަރަށް ޗީޕް ވައްތަރެކެވެ. އަނެއްދުވަހު އިރު އަރާއިރު މާތައް ތިބެނީ ޝަބުނަމުން ދޮވެވި ރީތިވެފައެވެ. ސާފުވައިރޯޅިތަކާއެކު ބަނޑިބަނޑިލައްވައި ނާށާލަ ނަށާލައެވެ.
އަހަރެންނަށް އެހުވަފެނުގައި އޮވެފައި ކުއްލިއަކަށް ހޭލެވުނީ މީހަކުއައިސް ދޮރުގައި ޓަކި ޖެހުމުންނެވެ. އަސްތާ އެއީ އެއްކަލަ މާކެޓިންގައި އުޅޭމީހެކެވެ. އަހަރެނަށް އަދިވެސް ނުހޭލެވެނީބާވައެވެ. އަހަރެން ލޯ އުނގުޅާލީމެވެ. އާނއެކެވެ. ނިދީން ހޭލެވިއްޖެއެވެ. އަހަރެން އެމީހާ ދިން ގަނޑުތައް ހިފައިގެން ގޮސް ސިޓިން ރޫމުގައި އިށީނީމެވެ. ޓީވީ ހުޅުވާލީމެވެ.
ސަހަރޯއެވެ. މަލުގެ ބަގީޗާއެވެ. މާތަކާއި މާބުރުތަކުގެ ރައިޓް ހިމާޔަތްކުރާ ކޮމިޝަނުގެ ބައްދަލުވުމެކެވެ. ޖާރިޔާގެ ވާހަކައަކީ ހަޤީޤަތެކެވެ. އެކުއްޖާޔާއި އެކު ޖިންސީ އެދުން ފުއްދަންވެގެން ޖާރިޔާއެކޭ ކިޔައިގެން ގެންގުޅެނީއެވެ. އަހަރެންގެ ހިތަށް ބިރުވެރިކަން ވަނެވެ. އަހަރެންގެ ފިކުރުތައް ނޫރާނީ ބަގީޗާއަށް ކުޑަވަގުތުކޮޅަކަށް ޒިޔާރަތްކޮށްލިއެވެ. ތިވާނީ އެތާއުޅުނު މޮޔަވި އެއް ޑޮޓުލީ މާބުރުމެންގެ ކަމަކަށެވެ.
އަހަރެން އަތުގައި އޮތް ގަނޑު ބަލާލީމެވެ." ޒަމާނީ ވަގުތީ ޖާރިޔާއިން ބޭނުންފުޅުތޯ" އަހަރެން އޭގެ ސުރުހީ ކިޔާލީމެވެ. ފުރަތަމަ ވައްތަރަކީ ބިޓުންނެވެ. އެމީހުންގެ ފަރާތުން ކަމެއް ލިބޭނީ އާނ ބަސް ލިބިގެންނެވެ. ބޭނުންވާ ފަހަރަކު ޗޮކުލެޓެއް، ބޭނުން ނިމުނީމަ އައިލަވްޔޫ ބުނީމަ ނިމުނީއެވެ. ދެވަނަ ވައްތަރަކީ ކުޑަފައިސާކޮޅަކަށް އެއްރޭ ހޭދަކޮށްދޭ ވައްތަރެވެ. ތިންވަނަ ވައްތަރަކީ އަތުން ފައިސާ ނުގޮސް ލިބިގަނެވޭ ވައްތަރެކެވެ. އެކަމަކުއެއީ އަންހެނުންނަށް ޚާއްސަ އަންހެން ޖާރިޔާއިންނެވެ. އަހަރެން އެގަނޑު ކިޔަމުން ދިޔައީމެވެ. ހަތަރުވަނަވައްތަރަކީ ފިރެހެނުންނަށް ޚާއްސަ ފިރެހެން ޖާރިޔާއިންނެވެ. އަތުންފައިސާ ނުދާތާ އައިސް ގެންގޮސްދިނުން ހިލޭއެވެ. އެކަމަކު ފަހުން އުޅެންޖެހެނީ ދެމީހުން ކައިވެނި ނުކުރެވިގެންނެވެ. އެހެން ދަމުން ދަމުން ގޮސް ވަރަށްގިނަ ވައްތަރުތައް ހުއްޓެވެ. އަހަރެން މިހިސާބުން ހުއްޓާލާނަމެވެ. ތިބާ މިލިޔުމުގެ ތިރީގައި ވާ ހުސްތާގައި ތިބާއަށް އިނގޭ ޖާރިޔާއިންގެ ވައްތަރުތަށް ލިޔާށެވެ.

Comments

  1. salAm. jAriyA inge list dhigu kamun liyeveynehA vaguthuves ne. jaariyaa in thae balAlan beynun mEhaku viyya dhivehi rAjeyge magu thakae nikuthumun fenigendhAne. cycle fahathugai jaariyA in bahaetaigen dhaa than. e mEhun govaigen vannanE falhu goathi akae, falhu rashakae ehn nOnE e mEheage ge ae. den mihaa hisaabun ma dhany. hehe. w.salaaam

    ReplyDelete

Post a Comment

Popular posts from this blog

Weaving the story of Bedouin textiles

Nazim, Ma. Eynaaz (First Non Muslim Maldivian) and his JIHAAD mission

Videogame Manufacturer to Stop Allowing Players to Assume Role of Taliban