2010 އަށް ދޭނީ ކޮންހަދިޔާއެއް؟
2010 އަށް ދޭނީ ކޮންހަދިޔާއެއް؟ މުޙައްމަދު ސިރުޙާން އަހަރެމެން މިވަނީ މީލާދީ އަހަރަކުން ނިކުމެ އާހަރަކާ ބައްދަލުކޮށްފައެވެ. ޒަމާނީ ބަހުރުވައިން ބުނަނީނަމަ ޓުވެންޓީޓެންއާ ބައްދަލުކޮށްފައެވެ. ދެހާސްނުވައެއް ވަދާޢީސަލާމްކޮށް ފުރައިގެންދިޔައީއެވެ. ދަތުރުސާމާނު ފޮއްޓަށް އަޅައިގެން ދިޔައިރު ރުއިމީހުން ރުއީއެވެ. އުފާކުރިމީހުން އުފާކުރީއެވެ. މައްސަލައެއްނެތެވެ. މެހެމާނަކު ވަކިވެގެންދިޔުމުން އާމެހެމާނަކާއި ބައްދަލުވެއްޖެއެވެ. އެއީ ޓުވެންޓީޓެންއެވެ. ކާޓޫނުކޮމިކުގައި އުޅޭ ޓިންޓިންއެއްނޫނެވެ. މިބައްދަލުވި އާމެހެމާނުގެ ސިފަބަޔާންކުރުމުގެގޮތުން ޙިކުމަތްތެރިއަކު ބުނެފައިވެއެވެ. " އޭ އާދަމުގެ ދަރިޔާއެވެ. ތިބާއަކީ ދުވަސްތަކެކެވެ. ތިބާގެ ޙަޔާތުން ދުވަހެއް ފާއިތުވެއްޖެނަމަ ތިބާގެ ކިބައިން ބައެއް އުނިވީއެވެ." މިބައްދަލުވި އާމެހެމާނު ލާފައިވާހެދުންވެސް ވަރަށްޒަމާނީއެވެ. ގިނަގޭގޭގައި އެލުވި ރީތިފޮޓޯޖެހި ކަލަންޑަރުތަކަށްވުރެ ޓުވެންޓީޓެން މާފުރިހަމައެވެ. ޓުވެންޓީޓެންއާ ބައްދަލުވެ ސަލާމްކޮށްލިއިރު އަހަރެންގެ ވާއަތުގައި އޭނާއަށްދޭން ގެނައި އިސްލާމްދީނުގެ އުސޫލުތަކަށް ފިޓުވާހެދުމެއް އޮތެވެ. ތަޢާރަފުވުމ...