އެކަމަކު ދިވެހިރާއްޖެ މިއޮއްގެން ޠާލިބާނުންގެ ހާއްޔަކަށް ވަނީއޭ އެބަ ގޮވަ އެވެ.
މީސްތަކުންނަށް ފެންނާނެހެން ކިސްކުރި ދެ މީހުން ޖަލަށް! އަލްއަޚް އިބްރާހީމް ނާޒިމް ގެއަށް އައިސް ވަންއިރު ގޭގެ ފާރުން އެތެރެއަށް ބަޔަކު ފުންމާލައިގެން މަގުމަތީ ދޮރާށި ހުޅުވާފައި ބަހައްޓައިގެން ގޭތެރޭގައި ހުރި ޖަނބުރޯލު ގަހުން ޖަނބުރޯލުތައް ބިނދެ ކޮތަޅުކޮތަޅަށް އަޅައިގެން ގެންދަނީ އެވެ. އޭރު އެ ގްރޫޕްގެ 6 މީހުން މަގުމަތީ ދޮރާށިބުޑުގައި 'ތައްޔާރަށް' ތިއްބެވެ. ދެމީހުން އޮތީ ގަހުގަ އެވެ. އަނެއް ދެމީހުން ތިބީ ގަސްދަށުގައި ކޮތަޅު ހިފައިގެންނެވެ. ގެއަށް އައިސްވަނުމާއެކު މިއީ ކޮން ބައެއްހޭ، ކީއްހޭތިކުރަނީ ކިޔާ ހަޅޭއްލަވައިގެންފީމެވެ. އެވަގުތު މަންމަ ނުކުމެ އަހުރެންގެ އަނގަމަތީގައި އަތްއަޅާފައި، ކޮއްކޮއާއި ދެމީހުންގެ އަތުގާ ހިފާ ދަމާ ގޭތެރެއަށް ވައްދާފައި އާދޭސްކޮށް ބުނީ ނަމަނަމަ އެ ޑްރަގް ޕާޓޭންނާ ޒުވާބު ނުކުރާށެވެ. މުދާކޮޅު ދީގެންނަމަވެސް ފުރާނަ ސަލާމަތްކުރެވޭތޯ ބަލަންވާނެ ކަމަށެވެ. އަހުރެން ފުލުސް އޮފީހަށް އަންގަންވީ ނޫންހޭ ބުނުމުން ބުނީ އެއީވެސް ނުރައްކާތެރި ކަމެއް ކަމަށެވެ. ފުލުހުން އައިސް އޭގެ ތެރެއިން ދެ މީހަކު ގެންގޮސް ސުވާލުކޮށްފައި ދޫކޮށްލާފަހުން އަހުރެންގެ ދުވަސް ދުއްވާލާނެ ކަ...