Posts

Showing posts with the label nafusu heylevvun

ނަފްސު ހޭލައްވާށެވެ

Image
ނަފްސު ހޭލައްވާށެވެ. މުޙައްމަދު ސިރުޙާން ޙަޔާތުގައި ދިމާވާ ތަފާތުކަންކަމުގެ ވާހަކަ ދައްކާލައި، އެކިއެކި ޚިޔާލުކޮށްލަން ކޮފީބޯން ދިޔުމަކީ މިހާރު ވަރަށް ޢާންމުކަމެކެވެ. އަހަރެންނަށްވެސް މިކަހަލަ ވަރަށް ގިނަ ދަޢުވަތުތައް ލިބެއެވެ. މިހެން ކޮފީބޯން ތިބޭއިރު އަހަރެން އަބަދުވެސް ބަލަނީ އަހަރެން ހެއްދެވިފަރާތް ރުހިވޮޑިގެންވާ ކަހަލަ ވާހަކަދެއްކޭތޯއެވެ. އަހަރެންނަކީ އީމާންކަން މަތީ ދެމިހުރެވޭތޯ މަސައްކަތްކުރާ މީހެއްކަމުން އީމާންކަން ވަރުގަދަވާ ކަހަލަ ވާހަކައާއި އެކަމާ ގުޅުންހުރި ވާހަކަދެއްކުމަކީ އަހަރެންގެ އާދައެކެވެ. އީމާން ކަމުގެ ޙަޔާތަކީ ހާދައުފާވެރި ޙަޔާތެކެވެ. ކޮންމެ އިންސާނަކުވެސް ދުނިޔޭގެ ޙަޔާތަށް އަންނަނީ ފިޠުރަތުގެ މަތީގައެވެ. މިޙަޔާތުގައި ދަތުރުކުރާ ކުނިބުނިން ޠާހިރުވެގެން ވާޙާލުގައެވެ. އީމާންކަމުގެ ޙަޤީޤަތް އެންމެ ބޮޑަށް އެނގިވަޑައިގެންނެވި، އެއީމާންކަން އެންމެ ރަގަޅަށް ޕުރެކްޓިސް ކުރެއްވި ފަރާތުން އަހަރެމެންނަށް މިކަން ބަޔާންކޮށްދެއްވާފައިވެއެވެ. މި ދުނިޔަވީ ޙަޔާތުގެ ވަގުތުތައް ހޭދަކުރަމުން ދާއިރު ތަފާތު ބަސްތައް އަހަރެމެން އަޑުއަހަމެވެ. ތަފާތު މީސްމީހުންނާ ބައްދަލުކުރަމެވެ. ތަފާތު ތ...