Posts

Showing posts with the label ކާމިޔާބު މީހުންގެ ކަލިމަ

ކާމިޔާބު މީހުންގެ ކަލިމަ

Image
ކާމިޔާބު މީހުންގެ ކަލިމަ މުޙައްމަދު ސިރުޙާން އިންސާނާ ދުނެޔައަށް ނޭވާލީ ވަގުތުން ފެށިގެން ހިފެހެއްޓުމެއްނެތި ދުވަހަކަށްފަހު ދުވަހެއް އޭނާގެ ޙަޔާތުން ފާއިތުވަމުން ދެއެވެ. އެ ދުވަސްތަކުގެ ތެރޭގައި އޭނާގެ ހިތަށް އެތައް ބައިވަރު ސުވާލުތަކެއް އަރާ ފައިިބަމުން ދެއެވެ. އަހަރެންނަކީ ކާކުހެއްޔެވެ؟ އަހެރެން އައީ ކޮންތާކުންހެއްޔެވެ؟ އަހަރެންނާ އަހަރެންގެ ވަށައިގެންވާ ކާއިނާތު ހެއްދެވީ ކޮން ފަރާތަކުންހެއްޔެވެ؟ އެތަކެތި ކޮންޓްރޯލް ކުރައްވަނީ ކޮން ފަރާތަކުންހެއްޔެވެ؟ އަހަރެން މިދަތުރު ކުރަނީ ކޮން ތާކަށްހެއްޔެވެ؟ އިންސާނާ މަރުވުމަށް ފަހު ވަނީ ކީއްހެއްޔެވެ؟ އަހަރެން މިދުނިޔޭގައި ލައްވާފައި މިވަނީ ކީއްކުރަން ހެއްޔެވެ؟ މިފަދަ އެތައް ސުވާލުތަކެކެވެ. އެކިއެކި ޒަމާން ތަކުގައި ތަފާތު ގޮތްގޮތަށް މިފަދަ ސުވާލުތަކަށް ޖަވާބުދީ ހަދާފައި ވެއެވެ. މިހާރުވެސް ތަފާތު މީހުން ތަފާތު ގޮތްގޮތްތަށް މިފަދަ ސުވާލުތަކަށް ޖަވާބުދީ ހަދައެވެ. ސަލާމަތްބުއްދި ހުރި ކޮންމެ މީހަކަށް ވެސް އެނގިގެންދާ ޙަޤީޤަތަކީ ހެއްދެވިގެންވާ ކޮންމެ އެއްޗަކަށް ހެއްދެވި ފަރާތެއް ވާންޖެހޭކަމެވެ. މި ފުރިހަމަވެގެންވާ ކާއިނާތުތަށްވެސް ހެއްދެވިފަރާތެއް ވާ...