Posts

Showing posts with the label ޙަޔާތުގެ އެންމެ މުޙިއްމު ތިން ސުވާލު

ޙަޔާތުގެ އެންމެ މުޙިއްމު ތިން ސުވާލު

Image
ޙަޔާތުގެ އެންމެ މުޙިއްމު ތިން ސުވާލު މުޙައްމަދު ސިރުޙާން ފުރަތަމަ ސުވާލު: ތިބާއަކީ ކާކު ހެއްޔެވެ؟ އަހަރެންނަކީ މީހަކު ތާނަ އަކުރުން ލިޔެ ދިވެހި ބަހުން ވާހަކަ ދައްކާ މީހުންނަށް ވިސްނޭގޮތަށް ތައްޔާރުކޮށްފައިވާ ލިޔުމަކީމެވެ. އަހަރެންނަކީ މީހަކު ލިޔެފައިވާ ލިޔުމެއްކަމަށް، ދުނިޔޭގައި އުޅޭ ހަމަވިސްނޭ ކޮންމެ މީހަކުވެސް އެއްބަސް ވާނެއެވެ. މިލިޔުން މިއީ އަމިއްލައަށް މިހެން ހުރެފައި ލިޔެވުނު ލިޔުމެކޭ އަހަރެން ބުނެފިނަމަ މޮޔައަކު ނޫނީ އަހަރެންނާ އެއްބަސްނުވާނެއެވެ. ނުވަތަ ޗާންސަކުންނޭ ބުނެފިނަމަ ތިބާ މިހާރު ވަގުތުން އަޅުގަޑު ގެ މަތިން ނަޒަރު ނަންގަވައި އެހެން ދިމާލަކަށް ހިނގައިދާނެއެވެ. މިދުނިޔެއާ ދުނިޔޭގައިވާ ކޮންމެ އެއްޗަކަށް ނަޒަރު ހިންގާލިޔަސް މިދެންނެވި ޙަޤީޤަތް ހާމަވާނެއެވެ. އެ އެއްޗެތި އުފެދުނީ އަމިއްލައަށޭ ބުނެވިދާނެތޯއެވެ؟ މިހާރު އެހެރަ އަންނަނީ ތިބާގެ ތުއްތު ދަރިފުޅު ރޮމުންނެވެ. ދަރިފުޅު ވާހަކަދައްކަން ފެށީ އިހަށް ދުވަހުއެވެ. ދަރިފުޅު ކައިރީ ރޮނީ ކީއްވެތޯ ސުވާލުކޮށްބަލާށެވެ! ދަރިފުޅު ބުނާނީ ބޭބެ ޖެހީކަމުގައެވެ. އެ ތުއްތުކުއްޖާ ވެސް އެ އެއްބަސްވީ ކޮންމެ ޢަމަލަކަށް އެ ޢަމަލެއް ގެނައި ފަރާ...