ބިސް އެޅީބާޒެވެ، ބާޒުއެޅީ ބިހެވެ.
ބިސް އެޅީބާޒެވެ، ބާޒުއެޅީ ބިހެވެ. މުޙައްމަދު ސިރުޙާން މިނިވަންކަމުގެ ހިތްގައިމު ވައިރޯޅިތައް އޮމާންކަނޑުތައް ފަހަނައަޅާ ރީތި މުރަކަތައް ވާ ސާފު ފަރުތައް ހުރަސްކޮށް ހުދު ދޮންވެލި ގޮނޑުދޮށުގައި ބީހެމުންދެއެވެ. އަދި ރީތި ދިވެހިރުއްތަކުގެ ފަންތައް ވިހުރުވަމުން ދެއެވެ. އެދިވެހި ރުއްތައްވެސް މި ލިބިފައިވާ މިނިވަންކަމުގައި ބައިވެރިވަނީއެވެ. އެމަންޒަރު ބަލާލަން އަތިރިމައްޗަށް ދިޔަ ކޮންމެ މީހަކަށް ފިނިވައިރޯޅިތަކުން ހިއްތަކަށް ފިނިކަން ލިބެމުން ދިޔުމާއެކު ފެނިގެން ދާނީ ރީތި ދޫނިތައް އެވައިރޯޅި ތަކުގައި ހޯރައަޅަމުން ދާ މަންޒަރެވެ. އެދޫނިތަކުގެ ތެރޭގައި ވަރަށް ފަހުން ބިސްއަޅާފައިވާ ބާޒެއް ވެއެވެ. ނަމަވެސް ބާޒު މިވަގުތު އެއޮތީ އޭތީގެ ހާލީގައެވެ. އެހެން ކުޑައިރުކޮޅަކު އޮވެފައި ކާނާ ހޯދުމަށް އުދުއްސައިގެންފިއެވެ. އެކޮންމެ އުދުހުމެއްގައި އަވައްޓެރި ތަންތަނަށާއި ދުރު ހިސާބުތަކަށް ދާކަމަށް އަރެންގެ ކައިރީ ހުރިމީހަކު ބުންޏެވެ. އަހަރެން އެހާލި ކައިރިއަށް ދެވޭތޯ ހިނގައިގަތީމެވެ. ސަހަރޯއެވެ. މުޅިހިސާބު ވަނީ ޓެރަރިސްޓުން ހަމަލާދީފާނެތީވެ ގާޑުކޮށްފައެވެ. އެހެންކަމުން އަހަރެންގެ އަތުގައި އޮތް ދުރުމި އަޅާލައިފ...