އަންހެންތަކުން ވަރަށް ދަށުދަރަޖައަކަށް
އިންޑިއާގައި ފެޝަން ޓީވީ ދެއްކުން 9 ދުވަހަށް މަނާކޮއްފި ބަކުރުބެ-މުރާސިލް މިޓީވީން މިދެއްކި މަންޒަރުތަކަކީ އިންޑިޔާގެ ސަރުކާރުން ވަރަށް ކަންބޮޑުވާ މަންޒަރުތަކަކަށް ވަނީ ވެފައެވެ. އަދި ޓީވީން ދެއްކި މަންޒަރުތައް ސިފަކޮށްފައިވަނީ އަންހެނުންގެ އަގުވެއްޓޭ، ހުތުރު އަދި އަންހެންތަކުން ވަރަށް ދަށުދަރަޖައަކަށް ވައްޓުވައިދޭ މަންޒަރުތަކެއްގެ ގޮތުގައެވެ. މިރާއްޖޭގެ ސިޓިންގްރޫމްތަކުގައިވެސް ވާނީ މިމަންޒަރުތައް ބަލާފައެވެ. ބެލުން ހެޔޮ ނުވާވަރުގެ މަންޒަރުތައް ދައްކާއިރު ޓީވީގެ ރިމޯޓް އޮންނަނީ އެންމެ ކުޑަކުއްޖާގެ އަތްފޯރާ ހިސާބުގައެވެ.ބަކުރުބެ މިގައުމުގެ އެންމެހާ މުސްލިމު އަޚުންނާއި އުޚުތުންނަށް މި ޓީވީ ޗެނަލް ނުބެލުމަށް ނަސޭހަތްތެރި ވަމެވެ. އަދި ވީވަރަކުން މިޗެނަލް ދެއްކުން މަނާކުރެވޭނެ ގޮތްތައް ހޯދުމަށް ގޮވާލަމެވެ. މިގޮތަށް ކަންތައް ކޮއްފިނަމަ މިގައުމުގައި ފަސާދަ އަދި ފިތުނަ ފަތުރަން ބެނުންވާ މީހުންގަނޑު ނިކަން ރުޅިއަރާނެކަން ދަންނަން ވާނެއެވެ. -ކޮމެންޓުތަކުން-ރާއްޖޭގައި ތިޔަ ޗެނަލުން ބަރަހަނާ ފިލްމު ދެއްކިޔަސް މަނާ ނުކުރާނެ. ތިކަން މަނާ ކުރަން ބަޔަކު އުޅެފިނަމަ އެބައެއްގެ ބޮލުގައި ތޯލިބާނުންގެ ލަ...