Posts

Showing posts with the label dhivehi raajje

މުޖްތަމަޢު އޭގެ މައްޗަށް ބިނާވެފައިވާ ލޭނާރު

Image
މުޖްތަމަޢު އޭގެ މައްޗަށް ބިނާވެފައިވާ ލޭނާރު މުޙައްމަދު ސިރުޙާން "އޭ އާދަމުގެ ދަރިޔާއެވެ. ތިބާއަކީ ވަޤުތުތަކެކެވެ. ތިބާގެ ޙަޔާތުން ދުވަހެއް ފާއިތުވެގެން ހިނގައްޖެނަމަ ތިބާގެ ބައެއް އުނިވެގެން ދިޔައީއެވެ." މިޔަދާއި ހަމަޔަށް އަޅުގަނޑުމެންގެ ކިބައިން ކިހާ ބައެއް އުނިވެގެން ހިނގައްޖެތޯއެވެ؟ ބާކީ އޮތީ ކިހާވަރެއްތޯއެވެ ؟ މިދުނިޔެ މައްޗަށް ނޭވާލާނީ ކިތައް ދުވަހު ތޯއެވެ؟ ކެއްކި ބޮނޑިބަތްއެތީގެ ހޫނުކަން ނުކެނޑެނީސް އެބައިވެސް އުނިވެގެން ހިގައިދާނެއެވެ. އެއީ މިކާއިނާތުގެ ޤާނޫނެވެ. އެކަމާ ދެކޮޅަށް ތެދުވެވޭނީ ކޮންފަރާތަކަށް ހެއްޔެވެ؟ ބުއްދިވެރީންނަކީ ޙަޔާތުން ފާއިތުވި ބައިން ޢިބުރަތް ޙާޟިލްކޮށް ކުރިޔަށް އޮތްތާގައި ހިތްވަރާ ޢަޒުމާ އެކު ކުރިއަށްދާ މީހުންނެވެ. ފެންތައްޓެއް ބިމަށް ވެރުމުން އެކަމާ ހިތާމަ ކުރުމަކީ ތިމާގެ ނަފުސަށް ގެއްލުންދިނުން ނޫން ދެން ކޮންކަމެއްތޯއެވެ ؟ ޙަޔާތުން ފާއިތުވި ދުވަސްތަކާމެދު ރޮއެ ހިތާމަކުރިއަސް، އެދުވަސްތައް އަނބުރައި ނާންނާނެއެވެ. ޙަޔާތުގެ ބާކީ އޮތް ދުވަސްކޮޅު ހިތްވަރާއި ޢަޒުމާ އެކު ﷲ ގެ ރުހިވޮޑިގަތުން ލިބޭ މަގުން ހިނގޭތޯ ބައްލަވާށެވެ. އޭރުން އެދެވެނީ އެއިލާހުގެ...

ފެންބޯތަށި

Image
ފެންބޯތަށި މުޙައްމަދު ސިރުޙާން އަހަރެން އިންސާނާއަށް ވަރަށް ގިނައިން އެހީވަމެވެ. އެކަމަކު އެމީހުން އަހަރެން ބަހައްޓާފައި ހުންނަނީ އެކޮޅުކޮޅުންނެވެ. އަދި ބައެއްފަހަރު ތަނެއްގައި ބަންދު ކޮށްފައިވެސް ބަހައްޓަފާނެއެވެ. އިންސާނާ އަހަރެންގެ މަތީން ހަދާންވަނީ ފެން ބޮވައިގަތީމައެވެ. ނުވަތަ އިންސާނުން އެބައިމީހުން ކެއުމަށް އިންސާފު ކުރާ އިރުއެވެ. އަހަރެން އިންސާނުންނަށް އެހީވުމުގައި އެތައް ޒަމާނެއް ހޭދަކޮށްދީފީމެވެ. މުއްސަނދި މަހުޖަނުންނާއި ފަޤީރުން އަހަރެންގެ ބޭނުންކުރެއެވެ. އަހަރެންގެ ހަށިގަނޑު އުފެދިފައި ހުންނަނީ ތަފާތު މާއްދާ ތަކުންނެވެ. އަހަރެންގެ ޢާއިލާގެ ގިނަ މެންބަރުން އުފެދިފައި ހުންނަނީ ވަރަށް ސާފު އަދި އެތެރޭގައި ހުންނަ އެއްޗެއް ބޭރަށް ފެންނަ ކަހަލަގޮތަކަށެވެ. މިޒަމާނަކަށް އައިސް އަހަރެން ތަފާތު ސިފަސިފާގައި ހަދާއުޅެއެވެ. އަހަރެމެންގެ ގައިގާ ތަފާތު ކުރެހުންތައް އަޅާފައި ހުރެއެވެ. ގެތަކުގެ ސިޓިންރޫމުތައް ފަޅުފިލުވުމާއި ކޮޓަރިތައް ޒީނަތްތެރި ކުރުމުގައި އަހަރެންގެ ބޭނުން ހިފައެވެ. އަހަރެންގެ ހަށިގަނޑު ފަރުމާކުރުމުގައި އެންމެ ބޮޑަށް ބަލަންޖެހޭ ޝަރުތަކީ އަހަރެންނަށް ދިޔާ އެއްޗެތި ހިފެހެ...

ޒަމާނީ ރާވެރިޔާ

Image
ޒަމާނީ ރާވެރިޔާ މުޙައްމަދު ސިރުޙާން ރާވެރިޔާ ދަރުމަވަންތަ ސްކޫލުކައިރީ ހުންނަ ރާ ރުއްކައިރިއަށް ދިޔައީ ކާރުގައެވެ. މިއަދު އެރުއް އެފެންނަނީ ހާދަ އާދަޔާ ޚިލާފު ގޮތަކަށެވެ. ރުއްވަނީ ބޮކިފަތިލާ ޒީނަތްތެރި ކޮށްފައެވެ. ހީވަނީ ކްރިސްމަސް ދުވަސް ކައިރިވަނީހެންނެވެ. ރުކަށް އަރަން ބޭނުން ކުރާ ކާލިތަކެއް ނެތެވެ. ރުކަށް އަރަން އެހެރީ ލިފްޓު ހަރުކޮށްފައެވެ. މިހާރު ރުކަށް އަރަންޖެހެނީ ރުކުގެ އެތެރޭންލާފައެވެ. ރާބަނދިތަށް ވަނީ ބިއްލޫރިއަށް ބަދަލުވެފައެވެ. އެތެރޭގައިހުންނަ އެއްޗެހި ބޭރަށް ފެންނަގޮތަށެވެ. ރާވެރިޔާ ރުކަށް އެރުމަށް ޓަކައި ކާރު ޕާކުކޮށްލާފައި ގޮސް ރުކުގެ ބުޑުގައި މަޑުކޮއްލިއެވެ. ކުރިމަތީން އެހުޅުވުނީ ދޮރެކެވެ. ދޮރު ހުޅުވުމުން އެތެރެއަށް ވަނެވެ. ރުކުގެ އެތެރޭގައިވައި ރިސެޕްޝަންގައި ތިބި އަންހެން ކުދިން ރާވެރިޔާ ފެނުމުން ބުދުތަކެއްހެން ހަނުތިބެއްޖެއެވެ. ރާވެރިޔާގެ ރާދަނޑިގަނޑު މީހަކުއައިސް ނަގައިދިނެވެ. އެވެސް ވަނީ އެހެން ގޮތަކަށް ބަދަލުވެފައެވެ. ރާވެރިޔާ ކާޑުޖަހާލާފައި އެދިޔަގޮތަށް ގޮސް ވަނީ ލިފްޓުތެރެއަށެވެ. މިއަދުގެ ރަލުގެ ޚަބަރުބަލާލާށެވެ. އެ ހުންނަނީ ރުކުގެ އެންމެމަތީގައެވެ. ލިފްޓުގެ...