ދެޖިންސްގެ މަސްހުނި

ތެދެކެވެ. ދެ ޖިންސުގެ ކުދިންނަށް މަސްހުނިކޮށް ކިޔަވައިދިނުމުން، "ހުޅުވިފައިވާ" މާހައުލެއްގައި ކުދިންނަށް ކިޔެވުމުގެ ފުރުސަތު ލިބޭނެ އެވެ. ހަމައެހެން އެއް ޖިންސުގެ ކުދިންނަށް ވަކިން ކިޔަވައިދިނުމުން ފެންމަތިވާ އަޚްލާގީ މައްސަލަތަކެއް އޭރަކުން ފެންމައްޗެއްނުވާނެއެވެ. ފެންމަތިވަނީ ދެޖިންސްގެ ކުދިންނާ ގުޅޭ އަޚުލާޤީ މައްސަލަތަކެވެ. ދެޖިންސް މަސްހުނި ސްކޫލްތަކަކަށް ރާއްޖޭގެ ހުރިހާ ސްކޫލެއް ހަދައިގެން މިހާރަށްވުރެ ބަދު އަޚްލާޤީ މައްސަލަތައް އިތުރުވެގެން ދާނެއެވެ. އަންހެން ކުދިންނަށް ކިޔައިވައިދެމުން އަންނަތާ 60 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ އަމީނިއްޔާއާއި ފިރިހެން ކުދިންގެ މަޖީދިއްޔާ ސްކޫލުގައި ހުންނަ މައްސަލަތަކަށް ވުރެ ބޮޑެތި މައްސަލަތައް ފެންމަތިވާނެއެވެ. މިހާރަކީ އިންޓަރނެޓާއި މޯބައިލް ފޯނުގެ ޒަމާނެވެ. ފަތާއި ހަކުރުގެ ޒަމާނެވެ. މާރާމާރީއާއި ކަޓަރުގެ ޒަމާނެވެ. ފިލްމާއި ގޭމުގެ ޒަމާނެވެ. ހިތައް ނާރާވަރުގެ ބަދު އަޚްލާޤީ މައްސަލަތަކާއި ލޯބީގެ މައްސަލަތައް އޭރުން ސްކޫލުތަކުގެ ތެރެގައި ކެކި އަރައި ގަންނާނެއެވެ. ހުރިހާ ޢުމުރުފުރައެއްގެ ކުދީން އެއްދަންފަޅިއެއްގައި އެއްސްކޫލެއްގައި ތަޢުލީމު ވަށާޖަހާއިރު ތުއްތުކުދީން ބޮޑެތިކުދީންގެ ކަނދުފަތިތަކަކަށް ހަދައި، ބޮޑެތިކުދީންގެ އުޅުމާ ގުޅުންތައް ތުއްތުކުދީން ކޮޕީކޮށް ޢުމުރަށް ވުރެ ކުދިން ބޮޑެތިވާނެއެވެ. އޭރަކުންދެން ސަހަރޯ ހީވެގެން އުޅޭނެކަމެއް ނެތެވެ.އިތުރަށް


Comments

Popular posts from this blog

Videogame Manufacturer to Stop Allowing Players to Assume Role of Taliban

Nazim, Ma. Eynaaz (First Non Muslim Maldivian) and his JIHAAD mission

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ