Henveiru youth turning to true understanding of islam

. ދީނީ ހޭލުންތެރިކަން އާންމު ކުރުމަކީ މި ވަގުތު މުޅި ރާއްޖެއަށް އެންމެ ބޭނުންތެރި ކަންތަކެވެ
Anonymous
ހެންވޭރު ޒުވާނުން ގެ މި އިސްނެގުމަކީ މާލޭގެ އެހެން އަވަށްތަކަށް ރަގަޅު ނަމޫނާއެކެވެ. ދީނީ ހޭލުންތެރިކަން އާންމު ކުރުމަކީ މި ވަގުތު މުޅި ރާއްޖެއަށް އެންމެ ބޭނުންތެރި ކަންތަކެވެ. މަސްތުވާތަކެއްޗާއި ކަޓަރުއެޅުންތައް އަދި ވައްކަންކުރުން ރާއްޖޭގައި ހައްދު ފަހަނައަޅާ މި ދިޔައީ ދީނީ ހޭލުންތެރިކަން އާންމު ނުވުމުގެ ސަބަބުންނެވެ. އަދި ރަސްމީ ބައެއް މުއައްސަސާތަކުގެ ތެރޭގައި ކޮރަޕްޝަނާއި ޚިޔާނާތް އުފެދެން ދިމާވާ ސަބަބަކީ ވެސް އެ މުއައްސަސާތަކުގެ މުވައްޒަފުންނާއި މަސްއޫލު ވެރީންގެ ހިތުގައި ދީނީ ރޫޙު ކުޑަވެ ކީރިތި މާތް ﷲ ހުރިހާ ކަމެއް ބައްލަވާވޮޑިގެން ވާކަން ހަދާންނެތިގެން ދިޔުމެވެ. މި ބަލީގެ ފަރުވާ އަކީ ދީނީ ހޭލުންތެރިކަން ޢާންމު ކުރުން ކަމަށްް ވާ އިރު މި ކަމަށް އިސްނަގާ ކޮންމެ ފަރާތަކަށް ހިތްވަރު ދިނުމަކީ ކޮންމެ ދިވެއްސެއްގެ ވާޖިބެކެވެ. އަދި މި ކަމުގައި މަދަނީ ޖަމްޢިއްޔާތަކާއި ވިޔަފާރިވެރީންނާއި ސިޔާސީ ހުރިހާ ޕާޓީތަކާއި ދީން އުގެނިގެން ތިއްބެވި ޢިލްމު ވެރީންނާއި އަދި ދީނީ ޢިލްމު ނޫން އެހެނިހެން ޢިލްމުތަކުން ސްޕެޝަލައިޒް ވެގެން ތިއްބެވި ބޭފުޅުން އެއްބާރުލައްވާ މަސައްކަތް ކުރައްވަން ވެއްޖެއެވެ.



Comments

  1. އަދި އަދައް ފއނުނު އެންމެ ފުރިހަމަކޮއް ސާދާ ސީދަލައް ދީނީ ފަތުވާ ދޭމީހަކަށް ފެނުނީ އިންދިޔާގެ ޑޮށްޓަރ ޒަކީރް ނައިކް އެވެ. މީނާއަކީ ބުއްދިގަބޫލްކުރެވޭ ގޮތައް ޖަވާބުތައްދީ އަދި ދޭކޮންމެ ޖަވާބެއް ހަދީސް އަދި ގުރްއާން ގެ އަޔަތްތަކުން ހަވާލާދީފައި ހުންނާތީއެވެ. މިފަދަ ދިވެހި ޝޭހެއް ނެތެވެ އަދި ކިއެސްތޯ މިވަރައް ވިސްނޭ ޝޭހެއްވެސް ނެތެވެ. މިމީހުން މިނާގެ ދަރުދް، ވާހަކަދެއްކުންތައް އަޑުއަހާނަމަ ކިހާރަގަޅޫތޯއެވެ.

    ReplyDelete

Post a Comment

Popular posts from this blog

Videogame Manufacturer to Stop Allowing Players to Assume Role of Taliban

Nazim, Ma. Eynaaz (First Non Muslim Maldivian) and his JIHAAD mission

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ