ސީޓުބެލްޓު އަޅާށެވެ
Siruart.blogspot.com
މުޙައްމަދު ސިރުޙާން
ކެބިންކުރޫ ކޮފީ ގެނައުމުން ޖޯޑުގެ މެދާހަމައަށް ކޮފީފޮދެއް އަޅައިގެން ވަރަށް ފުން ފިކުރެއްގެ މަތީގައި ކޮފީ ބޯން އިންދާ ކުއްލިޔަކަށް އެ އިވުނީ ޝީޓުބެލްޓު އަޅަން އިޢުލާންކުރި އަޑެވެ. ވަރުގަދަ ކޮޅިގަނޑަކަށް ފުލައިޓު ވަންނަނީ ކަމަށް ބުނެބުނެ އޮއްވާ ފުލައިޓަށް ގޮތްގޮތް ވާން ފަށައިފިއެވެ. ފުލައިޓުގައި ތިބި ޕަސެންޖަރުންނަށް ބޭއިޚްތިޔާރުގައި ހަޅޭވެސް ލެވުނެވެ. ކޮޅިގަނޑު އޮތީ ކުރިއަށެވެ.
ޖައްވުގެ ތެރިން ތިރިވެ ކަނޑުމަތީ ހާލުބަލާލި އިރު ހަމައެފަދައެވެ. ކޮޅިގަނޑުގެ ސަބަބުން ކަނޑުގަދަވެ، ފަޅުވެރިން ލައިފް ޖެކެޓު އެޅުމަށް ކެޕްޓަނުން ނަސޭހަތް ތެރިވަނީއެވެ. ޚަބަރަތަކުން ބައެއް އުޅަނދު ފަހަރު ބިނދިގެން ދާ ޚަބަރުވެސް ގޮވަމުން ދެއެވެ.
ކަނޑުގެ ބިޔަ ބާނިތަކުން ރަށުތެރެއަށް ބަލާލި އިރު ކަމަކުދާކަށް ނެތެވެ. މީސްތަކުން ބިރުން ގޭތެރެއަށް ވަދެ ދޮރުތަންޑު އަޅުވައިގެން ތިބީ ޤައުމަށް މިކުރިމަތިވި ކޮޅިގަނޑުގައި ރާއްޖެއަށް ލިބެމުންދާ ގެއްލުމުގެ ޚަބަރުތައް ބެލުމަށެވެ. މަޖީދީ މަގުން މީހުންތައް މަރުވެގެންވެއްޓެނީއެވެ. މަރާލެވޭއިރުވެސް ކައިރިވާކަށް ނުކެރެއެވެ. ލޭގެ ކޯރުތައް ދެމިގެންދަނީއެވެ. އަންހެންތަކުންގެ ޢިއްފަތް ގަދަކަމުން ފޭރިގަނެވެނީ އެވެ. އިސްލާމްދީންދެކެ ޅަދަރީން ފޫހިކުރުވުމުގެ ތަފާތު ޕްރޮގްރާމްތައް ހިންގެނީއެވެ. އިސްލާމް މާއްދާ ދެކެ ޅަދަރީން ފޫހިކޮށް ކިޔަވާހިތް ނުވާމާއްދާއަކަށް ބަދަލު ކުރުވުމުގެ ތަފާތު ޕްރޮޕެގެންޑާތައްވެސް ކުރިއަށް ގެންދަނީއެވެ. އެޑިއުކޭޝަން މިނިސްޓަރު ފޫގަޅާލާފައި ހުރީ ސްކޫލުތަކުގައި އިސްލާމް ދިވެހި އިޚްތިޔާރީ މާއްދާތަކަށް ހެދުމަށެވެ. އިސްލާމް ދީން ނުކިޔަވަން އިޚްތިޔާރު ކޮށް އެދީން ނުކިޔަވާ ފަރަންޖީންގެ ގޮތް ކިޔަވައިގެން އައިސް މި އަމަން އަމާން އިސްލާމީ ދިވެހި ރާއްޖެއަށް ފަރަންޖީންގެ މުޑުދާރު ގޮތްތަކާއި އަޤީދާތައް ފެތުރުމަށް މަރުދަން ޖެހެނީއެވެ. 18 އަހަރުން ދަށުގެ ކުދީން ތުއްތުކުދީންނަށް ހަދާ އެތުއްތު ކުދީންނަށް ރަނގަޅު ނުރަނގަޅު ވަކިކުރަން ނޭންގޭއިރު އިޚްތިޔާރު ކުރުމުގެ މިނިވަންކަން ދިނީމާ ކާބަފައިންނަކީ ވަލު ޖަނަވާރުންކަމަށް އެތުއްތު ކުދީން އިޚްތިޔާރު ކުރަނީއެވެ. އެތުއްތު ކުދީން ނަހަލާލަށް ބަނޑު ބޮޑުވެދާނެތީ ހުރަސްތައް ކުރިމަތީ ލަމުން ދެއެވެ.
އަހަރެމެންގެ ލޮބުވެތި ކާބަފައިން ބަތަލުން ކަމުގައި ދެކުނީ އިސްލާމްދީނާއި ޤައުމަށް ޓަކައި ޖިހާދުކޮށް ޝަހީދުވި ފަރާތްތަކާ ނަސްރު ހޯދި ފަރާތްތަކެވެ. ނަމަވެސް، ނަމަވެސް،( އަދިވެސް އެއްފަހަރު އެލަފްޒު ކިޔާލާށެވެ.) މިހާރުގެ ބަތަލުންނަށް ވަނީ ޤައުމީވަންތަކަމާ، އިސްލާމްދީނަށް ފުރައްސާރަކުރާ، ދީނާއި ޤައުމު ހަލާކުކުރާ، ފަރާތް ތަކެވެ. އަދި އެފަދަ ފަރާތްތަކަށް ޢިއްޒަތްދީ ވެރީންނަށް ޢައްޔަން ކުރެވެމުންދަނީއެވެ. އިސްލާމްދީން މިދިވެހި ޤައުމުން ފޮހެވިދާނެތީވެ ކާބަފައިން އޮހޮރުވި ކަރުނައިގެ ބަދަލުގައި އަހަރެމެން މިހާރު މި އޮހޮރުވަނީ އިސްލާމް ދީން މިދިވެހި ބިމުން ފޮހެވިގެން ދާތީ އުފަލުން އޮހޮރުވާ ފިނިކަރުނަތެކެވެ. މިދާވަރުން ދަނީނަމަ ޤައުމު ހަލަބޮލިވެ ހަލާކުވެ ހަށިތަކުން ލޭ އޮހޮރުވުން ވަރަށް ގާތެވެ. ހޭއަރާކަށް ނުވޭހެއްޔެވެ؟
ޚަބަރު ބަލަން ނުތިބެ، މި ކުރިމަތި ވަމުންދާ ހަލަބޮލިކަމުން މި ދިވެހި ޤައުމު ސަލާމަތް ކުރުމަށްޓަކައި ކުލަކުލައިގެ ޖޯޒީ ބާލާ އެންމެން އެކަތި ގަނޑަކަށްވެ އަތުގުޅާލަމާހެއްޔެވެ.
ސީޓްބެލްޓްނާޅާ އިންދާ ކުއްލިއަކަށް ޖެހުނު ޝޮކުގައި މުޅިގަޔަށް ކޮފީތަށި ބަންޑުން ވެއްޖެއެވެ. ދެން އެކަމަކު ސާފުކުރެވޭނީ ސަލާމަތާއެކު ލޭންޑު ކުރެވުނީމަތާއެވެ. ސަލާމަތާއެކު ލޭންޑް ކުރުމަށް ބޭނުންވަނީ ކުޅަދާނަ ޕައިލެޓެކެވެ. ވާގިއެދި ދުޢާކުރަނީ ﷲ ގެ ހަޟްރަތުންނެވެ.

Islamic studies the way it is taught now needs lots of revisions. Currently the text books on is very bare and dry of real islamic knowledge which needs change soon. For example there are lots of emphasis on the children learning certain dates, on which date which happened. However what will be more important than the text of a date will be the context of the issue. What happened where rather than when. Also the books focuses more on the early military campaigns and the specifics of figh rather than on islamic belief, which is more important than either history or fiqh...
ReplyDeletegood
ReplyDelete