ޏާޏިޏާ (ޖާރިޔާ

( ޏާޏިޏާ( ޖާރިޔާ
މުޙައްމަދު ސިރުޙާން
އަހަރެންނަކީ ކަލޭމެން ތިޔަ ކިޔާ ޖާރިޔާއެވެ. އެކަމަކު އަހަރެންނަކީ ޖާރިޔާއެއްކަމަށް އަހަރެން ގަބޫލެއްނުކުރަމެވެ. އަހަރެން މިހާރު މިއުޅޭ ޙަޔާތަށް އައުމުގެ ކުރިން އުޅުނީ ޝަހުވަތްތެރިކަމުން ފޯވެފައިވާ ފިރިހެނެއްގެ ޖިންސީ އެދުންފުއްދާ އުނބެއްގެ ގޮތުގައެވެ. އަހަރެންގެ ހަމައެކަނި ބޭނުމަކީ އެއީ ބާއެވެ؟ އަހަރެންގެ ބައްޕައަކީ ކާކުބާއެވެ؟ އަހަރެންނަށް ކަލޭމެންނާ މިވާހަކަދެއްކެނީ އެފިރެހެން މީހާއަށް އޭނާގެ އަންހެނުން ފަރުދާގެ ފުރަގަހުން ދިއްކޮއްލި ޖޫސްތަށިބޯލުމުގެ ސަބަބުން ލިބުނު ބާރުގެ ސަބަބުންނެވެ. އަހަރެން އަދިވެސް މިހުރީ އެ ފަރުދާގެ ފުރަގަހުގައެވެ. އަހަރެންނާ އެއްގޮތަށް ޖިންސީ ގޯނާ ލިބެމުންދާ ވަރަށް ގިނަ ތުއްތު ކުދީން މި ދިވެހިރާއްޖޭގައިވެއެވެ. އޭގެ ތެރެއިން ވަރަށްގިނަ ކުދީން ވަނީ ޖިންސީގޯނާތަކުގެ ސަބަބުން ދުނިޔެ ދޫކޮށްފައެވެ. އަހަރެމެންނާ ގޯނާ ކުރި ޓީޗަރަކު މިހާރުވެސް ކަލޭމެންގެ ދުނިޔޭގައި އެހެރަ އުޅެނަގަނީއެވެ. އޭނާވަނީ ތުއްތުކުދީންގެ ހިތްއަލިކޮށްދިނުމުގެ ގޮތުން އެކުދީންގެ ހީސްލާތަނަށް މާމުތް އަޅައިދީފައެވެ.
އަހަރެން މިހާރު މިއުޅޭ ހަޔާތަށް އުފަން ވުމަށް މެދުވެރިވި ސަބަބަކީ އަހަރެން ބަލިވެގެން ޑޮކްޓަރަށް ދައްކަން ޖެހުމެވެ. އަހަރެން ފުރަތަމަ ނޭވާލީ އަކުރުތަކެއްގެ ގޮތުގައި ފިރިހެނެއްގެ ސައިޓުގައި އޭނަގެ ފުރަގަސްފަރާތުންނެވެ. އެމީހާއަކީ ފިރެހެނުންނާ ޖިންސީގުޅުން ހިންގާކަމަށް ބޮޑާވެފައި ބުނާމީހެއްކަމަށްވެއެވެ. އަދި އޭނާއަކީ ޙަޤީޤީ ތަނޑިލީ ޖާރިޔައިން ގެންގުޅޭމީހެކެވެ. އަހަރެން ދެން ބަދަލުވީ މީހެއްގެ ބަސްތަކަކަށެވެ. އޭނާގެ އަނގަތެރެއިން އަހަރެން ނުކުތީ އާޓިފިޝަލް ބީޗަށް ކުރީގެރައީސްގެ ކުރިމައްޗަށެވެ. އަހަރެންގެ އުމުރުން އަދި 6 މަސްވެސް އަދި ނުފުރެއެވެ. އެކަމަކު އަހަރެން ނުދަންނަ ދިވެއްސަކު މިހާރަކު ރާއްޖޭގައިވެސް އަދި ރާއްޖޭން ބޭރުގައިވެސް ނެތެވެ. އަހަރެން މިހާރު އުޅެމުންމިދާ ދުނިޔެއަށް ނެރެދިނީތީ އަހަރެންގެ ބައްޕަ ހީލަތުއަށާއި މަންމަ އާޒިމާންއަށް ފަށްފަށުން ޝުކުރުވެރިވަމެވެ.
އަބަދުވެސް ކަލޭމެންނަށް އަހަރެން ފެންނަމުންދަނީ ސައިޓުތަކާއި ނޫސްތަކުންނެވެ. އޭގެ ވަރަށް ގިނަ ސައިޓުތަކަށް އަހަރެން މިހާރު ޒިޔާރަތް ކޮށްފީމެވެ. މިހާރު މިއިނީ ސިރުޙާނުގެ ލިޔުމެއްގައި ބުރެކެޓެއްގައި ބަންދުވެފައެވެ. އޭނާ އެއިނީ ޔާޔިޔާ ގެ ސުރުހީ ޖަހާ އަހަރެން ބުރެކެޓެއްގައި ބަންދުކޮށް ނިކަން މަޖާވެފައެވެ. އޭނާވެސް އަހަރެން ނަށް މަލާމަތްކުރަނީއެވެ. ތިބާވެސް ތިއިނީ މިހާރު އަހަރެންނާ ދިމާއަށް ބަލާށެވެ. އަހަރެންގެ ގައިން ނުކުމެގެންދާ އަލީގެ ދޯދިތައް މިހާރު ތިބާގެ ލޮލުގެ އެތެރޭން ދަތުރުކޮށް މިހާރު މިއިނީ ތިބާފެ ސިކުނޑިތެރޭގައެވެ. ތިބާވެސް އަހަރެން ތިޔަ ގެންގުޅެނީ ޖާރިޔާއެކޭ ކިޔައިގެން ތިބާގެ ސިކުނޑީގައި ބަންދުކޮށްގެންނެވެ. އަހަރެންގެ ފަރާތުން އުފާ ހާސިލުކުރަނީއެވެ. އަހަރެން ތިބާގޮވައިގެން ކޯޓަށް ދާނަމެވެ.
އަހަރެން ވަރަށްފަހުން ރައިޓްސް ބަލަހައްޓާ މީހެއްގެ އަނގައިން ނިއުސްކޮންފަރެއްސެއްގެ ތެރެއަށްވެސް ނުކުތީމެވެ. އޭނަވެސް އަހަރެންނަކީ އަޅެއްގެ ގޮތުގައި ކަނޑައަޅާ މުޅިރާއްޖެއަށް މަޝްހޫރުކުރިއެވެ. އަހަރެން އޭނާގޮވައިގެން ވެސް ކޯޓަށް ދާނަމެވެ. އެމީހުންނަށް ބޭނުންމީހަކު އަޅަކަށް ނުހެދޭނެއެވެ. އިސްލާމިކް މިނިސްޓްރީން ވެސް އެބުނަނީއެހެންނެވެ. ޖާރިޔާއަކު އުފަން ނުކުރެވޭނެ ވާހަކައެވެ. އިސްލާމްދީންގޮވަނީ މީސްތަކުންގެ އަޅުވެތިކަމުން މީސްތަކުންނުކުމެ ﷲގެ އަޅުވެތިކަމަށް ވަނުމަށެވެ.
މަގުމަތީން ދަނިކޮން އަންހެންކުދީންތަކެއް ފެނުމުން ތިޔައީ ތިމަންނާގެ ޖާރިޔާއިންނޭ ބުނުމުން އެކުދީން ޖާރިޔާއިންނަށް ވަންޏާ ކޮންމެ އަންހެންކުއްޖަކީވެސް އެތައްބައިވަރު މީހުންގެ ޖާރިޔާއަކަށް ވެގެންދާނެތާއެވެ. ކުރީގެ ރައީސް މައުމޫނަށް ގޮޅާބޯއޭ ގޮވިއަސް އޭނާ އެކަހަލަ ބޮލަކަށް ވާނެހެއްޔެވެ. މިހާރުގެ ރައީސް ނަޝީދަށް ގަންޖާބޯއޭ ގޮވިއަސް އޭނަ ގަންޖާ ބޮލަކަށް ވާނީ އޭނާ އޭތި ބޯނަމަތާއެވެ.
އަހަރެންނަށް ޖާރިޔާއެކޭ ކީ ކޮންމެ މީހަކު ގޮވައިގެން ކޯޓަށްދާނަމެވެ. އެއީ ފިޤްހީ އެއްވެސް ޤަވާއިދަކުން އަހަރެން ޖާރިޔާއަކަށް ނުވާނެތީއެވެ. އަހަރެންނަށް 18 އަހަރުނުފުރެނީސް ރައިޓްސް ބަލަހައްޓާމީހުން ވަނީ އަހަރެން ފަޟީޙަތް ކޮށްފައެވެ. އެމީހުން އަހަރެންގެ ނަމަކަށްވެސް ކިޔަނީ ޖަރިޔާއެވެ. ކުޑަކުދީންގެ ޙައްޤުތަށް ހިމާޔަތްކުރާ ބައިގަނޑު ކޮބައިހެއްޔެވެ؟ އަހަރެންނަށް މިހާރުވެސް އެ ޖިންސީގޯނާ ކުރާމީހާ އެކަމުގައި ކުރިޔަށްދަނީއެވެ. އޭނާ ހައްޔަރުކޮށް އޭނާގެ ފޮޓޯދައްކާ އޭނަ ފަޟީޙަތް ނުކުރަނީ ކީއްވެހެއްޔެވެ؟ އަބަދުވެސް ގޮވާނަގަނީ އަހަރެންގެ ވާހަކައެވެ. އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ؟ ފަހަރެއްގައި އަހަންނަކީ އަދި ހަމައެކަނި ނޫސްތަކާ ސައިޓުތަކުގައި އަޅާ ލަފްޒަކަށް ވީމަކަން ނޭނގެއެވެ. އަހަރެން ތިބާފަދައިން ތިޔަ ދުނިޔެއަށް ނުކުތުމުން އޭނާ ހައްޔަރުކޮށްފާނެ ތޯއްޗެކެވެ. ފަހަރެއްގައި އެދުވަހުން ހިއުމަންރައިޓްސްއިން އަހަރެންގެ ޙައްޤުތައް ހޯދައިނުދީފާނެއެވެ. އެއީ އަހަރެން ހުންނަނީ މޫނުބުރުގާ އަޅާފައިކަމަށްވާތީއެވެ. އެދުވަހުން ހީލަތު އަހަރެންނާ ކައިވެނި ނުކޮށްފާނެއެވެ. އެއީ އަހަރެން ކަލަކުވާކަން ޤަބޫލުކުރާތީއެވެ. ނުވަތަ އަހަރެންނަކީ އަންހެންކުއްޖަކަށްވާތީ ކަމަށްވެސްވެދާނެއެވެ. އާޒިމާން އެދުވަހުން އަހަރެންނާ ހަތަރުކަޅި ހަމަކުރާނެބާވައެވެ؟ މިހާރުވެސް ޗައިނާގެ ރައްޔިތަކު އެއުޅެނީ ރާއްޖޭގައި އޭނަގެ ޙައްޤުތައް ނުލިބިގެންނެވެ. ކަމާބެހޭފަރާތްތަކަށް އޭނާއެއްނުފެނެއެވެ. އެއީ އޭނާ، އޭނާގެ ތުނބުޅީން ނިވާވެފައިވަތީއެވެ.
ތިޔަބުނާ ރައިޓްސްބަލަހައްޓާ ބޮޑުމީހެއްގެ ގެއަށް ތުއްތުކުއްޖަކުވަނެވެ. އޭރު އެގޭގައި ގެންގުޅޭ ރާއްޖެތެރޭ ސްލޭވްއެއް ހުރީ އޭނާގެ ގައިމޮޑެދޭށެވެ. އެކުއްޖާފެނުމުން ރައިޓްސްތަކާބެހޭ ބޮޑުމީހާ ބުންޏެވެ. މީ ކޮން ރެބިޓެއްހެއްޔެވެ؟ އެތުއްތުކުއްޖާގެ މެދު ދެދަތް ބޭރައްނުކުމެފައިވާތީއެވެ. އަހަރެން ޖާރިޔާއަކަށް ހެދިފަދައިން އެކުއްޖާ ރެބިޓަކަށް ވީއެވެ.
އަމަންއަމާންކަން ހިމާޔަތްކުރާ މީހުންނަށްވެސް ވާވަރަކީ މިއެވެ. އެއްރެއަކު ސިފައިންގެ މީހަކަށް އަންހެންކުއްޖަކާ ފިރިހެންކުއްޖަކު މާފޮޅުވަން ތޮށިމަތީ ތިއްބާފެނުނެވެ. އެ ސިފައިންގެ މީހާގެ ހަށިގަނޑުގެތެރޭގައި ޝަހުވަތުގެ ރަނގަބީލުތައް ޖަހަންފެށިއެވެ. އެނިކަމެތި އަންހެންކުއްޖާ ގެއަށް ދިޔަމަގުމަތީން އެއްކަލަ ސިފައިންގެމީހާ ދިމާކުރިއެވެ. އަދި އެކުއްޖާގެ މަންމަ ކައިރީ އޭނާ ކުރިކަންތަކުގެ ވާހަކަ ބުނާނެކަމަށް ބުންޏެވެ. ނުބުނެ ފަރުޖެހޭނެ ގޮތަކީ އޭނާގެ އެދުންވެރިކަން ފުއްދައިދިނުންކަމަށް ބުނެ ބިރުދެއްކިއެވެ. އެކުއްޖާ ބިރުން އޭނާ ބުނާކަމެއް ކޮށްދޭނަމޭބުންޏެވެ. އެކުއްޖާ އެމީހާގެ އެދުންވެރިކަމުގެ މަކަރުވެރި ވަކިތަކުގެތެރޭގައި ހައްޔަރުވީއެވެ. އެވަކިތަކުގެ ޝިކާރައަކަށް ވެގެންދިޔައީއެވެ. އެކުއްޖާއަށް ސަލާމަތްވެވުނީ އެސިފައިންގެމިހާގެ ރައްޓެއްސެއްގެވެސް އެދުންވެރިކަން ފުއްދައިދިނުމުންނެވެ. އެކަމަކު މިއަދާ ހަމަޔަށްވެސް އެކުއްޖާއަށް ނަފްސާނީގޮތުން އެކަމުގެ އުނދަގޫ ކުރަމުންދެއެވެ.
އަހަރެންނަކީ މިހާރު ހަމައެގޮތަށް ސިޔާސީ އެދުން ވެރިކަން ފުއްދުމަށް ގެންގުޅާ ފަރާތަކަށް ވެއްޖެއެވެ. ކަލޭމެން ދިވެހީން ތިޔަ ތިބީ އިހަށް ދުވަހު ވެހުނު ވާރޭފެން ބޮއެގެން އަމަލުވެފައި ހެއްޔެވެ؟ އެފެން ބުއިމީހުން މިހާރުދަނީ އެއްޖިންސުން ގުޅުންހިންގަމުންނެވެ. އަހަރެންގެ ބައްޕަ ހީލަތަކީވެސް އެއްޖިންސުން ގުޅުންހިންގާމީހެކޭ ބުނާތީވެ މިހާރުގެ ސަރުކާރުން އެކަހަލަގުޅުން ހިންގަންޖެހޭހެއްޔެވެ؟
މިހާރު އަދި އެހެންނަމެން އަހަންނަށް ދީފިއެވެ. ތުނބުޅި ދިގުކޮށްފައިހުރި ބަޔަކާ ދިމާލަށް ރުޅިގަދަވެގެން އައިސް މުސްކުޅިބޭބެއަކު ބުންޏެވެ. އޭ "ޏާޏިޏާ" އެބޭބެ ބުނަން އުޅުނީ ޖާރިޔާއެވެ. އަހަންރެނަކީ ޏާޏިޏާ އެއްވެސް ނޫނެވެ. ޖާރިޔާއެއްވެސް ނޫނެވެ. އަހަރެންނަށް ޖާރިޔާއޭ ކިޔުން މިހާރުން މިހާރަށްހުއްޓާލާށެވެ. އަހަންނަކީ މީހެއްގެ އެދުންވެރިކަމުގެ ޝިކާރައަކަށްވެފައިވާ އަންހެންކުއްޖަކީމެވެ. އަހަރެންގެ އެދުމަކީ ޙަޤީޤީ ދުނިޔޭގެ ޙަޔާތަށް ނުކުތުމެވެ. މިހާރު މިހުރީ މި ލިޔުމުގެ އަކުރުރުތަކުގެ ތެރޭގައި ތާށިވެފައެވެ. އަހަރެން ސަލާމަތް ވާންއޮތީ އަވަހަށް ތިބާ މިލިޔުން ކިޔުންހުއްޓާލީމައެވެ. ތިބާގެ ސިކުނޑީން އަހަރެންނަށް ނުކުމެވޭނީވެސް އޭރުންނެވެ.

Comments

  1. kaley mennah suck vaane truth liyuneema, kaley men bunanee child abuse kuranee ey, child abuse kuraa meehun ge vaahaka dhakkabala, firihen kulhi kulhey meehunnaa, aniyaa libemun dhaa victims tha kuvverinnakeee, saabahey thee hama double standards, dhevana kameh noon

    ReplyDelete
  2. alhu firihen kudhin (gulaam) ves thiby bandhuvefe....

    ReplyDelete
  3. hama habeys hai beys. warah fekkaa. hama ginain liye nagan wee mi kahala ehchehi.

    ReplyDelete
  4. lol. dude. this is a perfect example of human stupidity.

    ReplyDelete
  5. This is article is another example of the many failures by haabees.

    ReplyDelete

Post a Comment

Popular posts from this blog

'Pastafarian' wins religious freedom right to wear pasta strainer for driving licence

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ