ޒަމާނީ ރާވެރިޔާ

ޒަމާނީ ރާވެރިޔާ
މުޙައްމަދު ސިރުޙާން
ރާވެރިޔާ ދަރުމަވަންތަ ސްކޫލުކައިރީ ހުންނަ ރާ ރުއްކައިރިއަށް ދިޔައީ ކާރުގައެވެ. މިއަދު އެރުއް އެފެންނަނީ ހާދަ އާދަޔާ ޚިލާފު ގޮތަކަށެވެ. ރުއްވަނީ ބޮކިފަތިލާ ޒީނަތްތެރި ކޮށްފައެވެ. ހީވަނީ ކްރިސްމަސް ދުވަސް ކައިރިވަނީހެންނެވެ. ރުކަށް އަރަން ބޭނުން ކުރާ ކާލިތަކެއް ނެތެވެ. ރުކަށް އަރަން އެހެރީ ލިފްޓު ހަރުކޮށްފައެވެ. މިހާރު ރުކަށް އަރަންޖެހެނީ ރުކުގެ އެތެރޭންލާފައެވެ. ރާބަނދިތަށް ވަނީ ބިއްލޫރިއަށް ބަދަލުވެފައެވެ. އެތެރޭގައިހުންނަ އެއްޗެހި ބޭރަށް ފެންނަގޮތަށެވެ. ރާވެރިޔާ ރުކަށް އެރުމަށް ޓަކައި ކާރު ޕާކުކޮށްލާފައި ގޮސް ރުކުގެ ބުޑުގައި މަޑުކޮއްލިއެވެ. ކުރިމަތީން އެހުޅުވުނީ ދޮރެކެވެ. ދޮރު ހުޅުވުމުން އެތެރެއަށް ވަނެވެ. ރުކުގެ އެތެރޭގައިވައި ރިސެޕްޝަންގައި ތިބި އަންހެން ކުދިން ރާވެރިޔާ ފެނުމުން ބުދުތަކެއްހެން ހަނުތިބެއްޖެއެވެ. ރާވެރިޔާގެ ރާދަނޑިގަނޑު މީހަކުއައިސް ނަގައިދިނެވެ. އެވެސް ވަނީ އެހެން ގޮތަކަށް ބަދަލުވެފައެވެ.

ރާވެރިޔާ ކާޑުޖަހާލާފައި އެދިޔަގޮތަށް ގޮސް ވަނީ ލިފްޓުތެރެއަށެވެ. މިއަދުގެ ރަލުގެ ޚަބަރުބަލާލާށެވެ. އެ ހުންނަނީ ރުކުގެ އެންމެމަތީގައެވެ. ލިފްޓުގެ ދޮރުހުޅުވުމުން ލިފްޓުން ނުކުމެގެން ދިޔައީ ރާބަނދި ތަކާ ދިމާއަށެވެ. ތަފާތުވައްތަރުގެ ރަލެވެ. ކުރީޒަމާނުގެ ގޮތަށް ރާ ބާލާކަށްނުޖެހެއެވެ. ރާބުއިމަށްޓަކައި ވަރަށް ގިނަމީހުން ރުކަށް ޒިޔާރަތްކުރެއެވެ. އަދި އާއްމު ފަރުދުންގެ އަތްފޯރާފަށަށް އެ ފޯރުކޮށްދިނުމުގެ ގޮތުން ހުންނަނީ ގޭގެއަށް ހޮޅި އަޅާފައެވެ. މުޅި ރަށުއެންމެން ފެނުގެ ބަދަލުގައިވެސް ބޮއެ އުޅެނީ ރަލެވެ. ޤަޟާޙާޖާކޮށް ފެންވަރަންވެސް ބޭނުން ކުރަންޖެހެނީ ރަލެވެ. ކެފޭތަކުގައި ކޮފީގެބަދަލުގައިވެސް މިހާރުބޯންޖެހެނީ އެ ރަލެވެ. ހޮސްޕިޓަލުގައި ގެންގުޅޭ އައިވީވެސް ހުންނަނީ ރަލުންނެވެ.
ރަށުގައި ރާވެރިޔާގެ ނުފޫޒު އެހާވެސް ގަދައެވެ. ރާވެރިޔާގެ ވިޔަފާރި ވަރަށް ވެސް ފުޅާވެއްޖެއެވެ. އަދި ރާވެރިޔާ އެންމެ އުފާވާކަމަކީ އޭނާ މިކުރާކަންތައް އެހެންމީހުންނަށް ނޭނގޭނެތީއެވެ. އެންމެން ތިބެނީ ރާބޮއެގެން ފާޑަކަށް އަމަލުވެފައެވެ. ރާވެރިޔާގެ ވިޔަފާރިއާ ދެކޮޅަށް އެއްވެސްމީހާކު ތެދުވާނެ ފުރުޞަތެއް ނުދެއެވެ. އަބަދުވެސް ތިބެންޖެހެނީ އެއަމަލުގެ މަތީގައެވެ. ކޮންމެ މީހަކުވެސް މަދުވެގެން ދުވާލަކު އެއްފަހަރު އެ ބޯންޖެހެއެވެ. ރުއް ހުންނަނީ ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައި ކަމަށްވިޔަސް މެންބަރުންނަކަށް އެރުއް ކަނޑާވައްޓާލާކަށް ނުކެރެއެވެ. އިކޮނޮމީވެސް ރުކާއެކު ވެއްޓިދާނެތީޔޯލައެވެ. ނުވަތަ އެބޭފުޅުންވެސް އެރާބޮއެގެން މަސްތުގައިވަނީކަންނޭނގެއެވެ.
އެރުކުގެ ރާބޯމީހުންނަށް ވަނީ އެކިމީހުންނަށް އެކިގޮތެވެ. ބައެއްމީހުން ރާވެރިޔާއަށް ހިތްލެނބޭގޮތްވެއެވެ. ރާވެރިޔާބުނާ ކޮންމެބަހެއް ނުވަތަ ކުރާ ކޮންމެ ޢަމަލެއް އެއީ މޮޅުކަމެއްކަމަށް ނިންމައެވެ.
އަނެއްބަޔަކަށް ވާގޮތަކީ އެރާބުއިމުން އެމީހެއްގެ ޖިންސާ ވައްތަރު މީހުންނާ އެކު ޖިންސީއެނދުންވެރިކަން ފުއްދާހިތްވަނީއެވެ. ފިރިހެންވެރީން ދުވަނީ ފިރިހެނުންގެ ފަހަތުންނެވެ. އަންހެންވެރީން ދުވަނީ އަންހެނުންގެ ފަހަތުންނެވެ. އެގުރޫޕުގެ އެންމެކުރީގައި އުޅެނީ ބޭރުކަރަޔަކުން ރާއްޖެ އަށް ފާޅުވެގަނެގެން އުޅޭ ފާޑެއްގެ މަންޖެއެކެވެ. ރާބޮއެ އަވަދިވެގެން ހުރިހާ އެންމެން އެއްޖިންސުން ގުޅުންހިންގުމަށް ގޮވާ ހަޅޭއްފަޅޭއްލަވަނީއެވެ.
އަނެއްބަޔަކަށް ހިޖުރައޮޅޭގޮތްވަނީއެވެ. ބައެއްފަހަރަށް ދުނިޔެ ފަހަތަށް އެނބުރޭހެންވެސް ހީވެއެވެ. މާޒީގެ ތެރެއަށް ވަދެވިގެންދާގޮތަށެވެ. އަދި އެމީހުންގެ ކާބަފައިންނަކީ ރާމާމަކުނޭ ބުނެފިނަމަ އުފަލުން ނަށައެވެ. އެހެން ބުނިމީހަކީ ވަރަށް މޮޅުމީހެއްކަމަށް ނިންމައެވެ. އެހެން ނުބުނާ މީހަކީ އަޤީދާގައި މައްސަލަ ހުންނަ މީހެއްކަމަށް ވެގެންދެއެވެ. މިފަދަމީހުންކައިރީ ކަލެއަކީ ވަރަށް ކުޅަދާނަ މީހެކެވެ. ކަލޭ ދުނިޔެއަށް އައީ އަމިއްލަށޭ ބުނެފި މީހަކަށް އަގުބޮޑެތި މެޑެލްތައް ދީ ހަދައެވެ. އަދި އެމީހުން އެބުނާ ފަދައިން އެއްވެސް ކަލަކު ނުވެޔޭ ބުނާ މީހާދެކެ ލޯބިވެގަނެގެން އެމީހާޔާ އެކު ޖިންސީއެދުން ފުއްދަން ފަހަތުން ދުވެނަގައެވެ.
އަނެއްކާ ތިބާ މިލިޔުން ކިޔަން ތިއިނީ އޭގެން ރާބޮއެގެންހެއްޔެވެ؟ ތިބާ ތިހުރީ އަމަލުވެފަތޯ ކައިރީ އިންމީހާކައިރީ އަހާލާށެވެ. އޮޅުނީއެވެ. އޭނަވެސް އިންނާނީ އަމަލުވެފައެވެ. ތިބާ އެ އަމަލުން ސަލާމަތްވާންބޭނުންނަމަ އަވަހަށް ބޭރުޤައުމަކަށް ފުރާށެވެ. ނުވަތަ ރުކަކަށް އަރާ ކުރުބާފެންބޯށެވެ. ފަހަރެއްގައި ހަމަހޭއަރާފާނެއެވެ.
ރާވެރިޔާ ރާ ބައްޖެއް ނަގާ ރާފޮދެއްގެ ރަހަ ބަލާލިއެވެ. ބޯލާފައި ރާ ބައްޖަށް ބަލާލިއެވެ. ބަލާލިއިރު ހުރިހާ ދިވެހީން ތިބީ އޭގެ ތެރޭގައެވެ. ރާވެރިޔާ އަތުން ބަދި ދޫވެ ވެއްޓި ތެޅިއްޖެއެވެ. ހޭވެރިކަންވީ ވެއްޓުނު އަޑާއެކު ގަޑި އެލާމުވާންފެށީމައެވެ. މިހާރުއެއޮއް ހެނދުނު އަށެއްޖެހީއެވެ. އޮފީހަށްދާ ގަޑިޖެހުނީއެވެ. އެކަމަކު އަދިވެސް މަސްތުއެކީ ފިލާނުދެއެވެ. އެކަމަކުވެސް އޮފީހަށް ދިޔުމަށްޓަކައި ފާޚާނާކޮށްގެން ކާރަށް އެރުމަށްޓަކައި ދުއްވައިގަތެވެ. ދިޔަގޮތަށްގޮސް ހުޅުވާލީ ޑިކީއެވެ. ޑިކީގެ އެތެރެއަށް ވަދެ ލައްޕާލިއެވެ. ކައިރީތިބި މީހުން މާކަ ހައިރާނެން ނުވެއެވެ. އެއީ ފަހަރެއްގައި މީހުންގެ ސަމާލުކަން ހޯދުމުގެ ގޮތުން ކުރިކަމަކަށްވެސް ވެދާނެއެވެ. ކެބިނެޓު މީޓިންވެސް ކަނޑު އަޑީގައި ބޭއްވީވިއްޔާއެވެ. އަދި ރާވެރިޔާ ރުކަށް އަރަންބޭނުންކުރާ ސާމާނުވެސް ހުންނަނީ ޑިކީގެ ތެރޭގައެވެ.
ކާރު ޑުރައިވަރު ކާރުދުއްވާތާ މާގިނައިރުތަކެއްނުވެ، ރާވެރިޔާގެ އޮފީހާހަމައަށް އާދެވިއްޖެއެވެ. ހަމަހުއްޓާލުމާއިއެކު ޑިކީން ފުންމާލީ ރާވެރިޔާއެވެ. އަސްތާ ޖަނގިޔާވެސް ލާފައިހުރީ ފަޓުލޫނުގެ ބޭރުންނެވެ. ކައިރީތިބި މީހުން ހީކުރީ އެއީވެސް މޮޅުގޮތެއްކަމަށެވެ. ސުޕަމޭން ބެޓްމޭން މެންކަހަލަ ސުޕަމީހުން ތިބެނީ އެގޮތަށެވެ. އިހަކަށް ދުވަހު މަރުވި މައިކަލް ޖެކްޝަންވެސް ހުންނަނީ އެހެންނެވެ. ރާވެރިޔާއަކީވެސް މިހާރު އެފަދަމޭންއެކެވެ. ރާވެރިޔާ އެދަނީ އޮފިސް ތެރެއަށް ވަދެގެންނެވެ. ރޭގައި ފެނުނު ހުވަފެން ޙަޤީޤަތަކަށް ހެދުމުގެ އަމަލުގައެވެ.

Comments

Popular posts from this blog

'Pastafarian' wins religious freedom right to wear pasta strainer for driving licence

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office