އާންމު ފަރުދުންގެ ފަރާތުން ލޮބުވެތި ޝެއިޚުންނަށް.

އާންމު ފަރުދުންގެ ފަރާތުން ލޮބުވެތި ޝެއިޚުންނަށް.

މުޙައްމަދު ސިރުޙާން

ތިޔަބޭފުޅުންނަކީ، ﷲގެ ވަހީބަސްފުޅުތަކާއި އެއިލާހު އެންމެފަހުން ވަހީބާވައިލެއްވެވި ނަބިއްޔާގެ ސުންނަތް އުނގެނުމުގެ މަތިވެރި ޝަރަފު ލިބިވަޑައިގެން ތިއްބެވި ޢިލްމުވެރީންނެވެ.

ތިޔަބޭފުޅުންނަށްޓަކައި ދުނިޔޭގައިވާ ހުރިހާ އެއްޗެއްމެ، ދުޢާކޮށްދެއްވާ ޢިލުމުގެ އަހުލުވެރީންނެވެ. ތިޔަބޭފުޅުންނަކީ ނަބިއްޔުންގެ ވާރުތަވެރީންނެވެ. ތިޔަބޭފުޅުން ޙާޞިލުކޮށްގެން ތިޔަތިއްބެވީ އެންމެ މަތިވެރި ޢިލްމެވެ. އެޢިލްމު ޙާޞިލުކުރެއްވުމުގެ ބުރަ ތިޔަބޭފުޅުން އުފުއްލެވީ މަތިވެރި މަލާއިކަތުންގެ ފިޔަކޮޅުތައް މަތީގައެވެ.

އަޅުވެރީންނާއި ޢިލުމުވެރީންގެ މިސާލަކީ ތަރިތަކާއި ހަނދުގެ މިސާލެވެ. ތިޔަބޭފުޅުންނަށް ލިބިގެންވާ އެނޫރު ފަޑުވިޔަ ނުދެއްވާށެވެ. ދުނިޔޭގައި ޖަހާލަތުގެ އަދިކަން ފެތުރުނަ ނުދެއވާށެވެ.
އެއަނދިރީގެ ސަބަބުން އަހަރެމެން ފާފައިގެ އަނދަވަޅުތަކަށް ވެއްޓި ހިނގައިދާނެއެވެ. އަހަރެމެންނަށް އެއަނދަވަޅުތައް ހުރިތަންތަން ތެދުވެރި ކަމާއިއެކު ބުނެދެއްވާށެވެ. ސާފުސީދާ އަލި ލިބިގެންވާ މަގަށް ގެންގޮސްދޭށެވެ. އަހަރެމެން މިދަތުރުކުރާ ދުނިޔެވީ ޙަޔާތުގެ ނައުގެ ހުންގާނު ﷲ ރުއްސަވާ މަގަށް ސީދާ ކޮށްލަދެއްވާށެވެ. ދާންވީ މިސްރާބު ބުނެދެއްވާށެވެ. ތިލަ ފަރުތަކާއި ގަދަ ކަނޑުތައް ކިޔައިދެއްވާށެވެ. ފާފައިގެ ކަނޑުތަކުގައި ޣަރަޤުވެދާނެތީއެވެ. ބޯމަތިވެގެން އަންނަ ކޮޅިގަނޑުތަކާއި ތޫފާންތަކުން ސަލާމަތް ވާނެ ގޮތް އުގަންނައިދެއްވާށެވެ. އަހަރެމެންގެ މިޙަޔާތުގެ ނައުގައި ވިސްނުން ގެންގުޅެންވީގޮތް ބުނެދެއްވާށެވެ.
ފިކުރީ ހަގުރާމަތަކާއި އެފަދައެހެން ހަގުރާމަތަކުގައި ނާކާމިޔާބުވަމުންދާ މިދިވެހި މުޖުތަމަޢު ހޭލައްވާ އެހަނގުރާމަތަކަށްޓަކައި އަލުން ސަފުތައް އެކުލަވާލަދޭށެވެ. ވެރިންނަށްތިބެ ކުޅަދާނަ ފަހުލަވާނުން ތަމްރީނުކޮށްދޭށެވެ. އެފަދަ ހަގުރާމަތަކަށް އައިސް ދިވެހިރާއްޖެ ވަށާލައިގެން ތިބި މަނަވަރުތަކާ ހަނގުރާމަ ކުރުމަށްޓަކައެވެ. އެފަދަލަޝްކަރުތަކުގެ ވެރީންތައް ނިކަމެތިކޮށް ކާމިޔާބު ހޯދާނެ އުކުޅުތައް ބުނެދެއްވާށެވެ. އެމަނަވރުތަކުގެ އަޑީ ފިލާތިބި މީހުން ހިފާ ހައްޔަރު ކުރާށެވެ. އެމީހުންގެ ވަސް އަހަރުމެންނާ ހަމައަށް ފޯރުވިޔަ ނުދޭށެވެ. އަހަރެމެންގެ ތެރޭގައި އުޅެ ބޮޑާވާ ޖާހިލުން މިލަޝްކަރުން ވަކިކޮށްދެއްވާށެވެ.
ދީނާއި ޚިލާފު ތަފާތު ފިކުރުތަކާއި ޢަމަލުތައް ސާފު ދޮންވެލި ކޯޓޭތަކުން ބޭރުކޮށްދެއްވާށެވެ. އެލަޝްކަރަށް ވަދެތިބި އިންސާނީ މިނިވަންކަމުން ބޭރުވެ މިނިވަންކަމުގެ މިނިވަންކަމަށް އަޅުވެތިވެފައިވާ މީހުންގެ އަޅުވެތި ފިކުރުތަކުން ދިވެހިޖައްވު ސަލާމަތް ކޮށްދެއްވާށެވެ. ނަޞްރާއި ކާމިޔާބަށްފަހު، މިނިވަން ކަމާއިއެކު ދިވެހި ދިދަ ވިހުރޭ މަންޒަރު ދުށުމަށްޓަކައެވެ. ދިވެހި ޖައްވުގައި ބަލިފަތުރާ ވައިރަސްތައް ހޯދައި އެކަމުން ސަލާމަތްވާނެ ވެކްސިންތައް ތައްޔާރުކޮށްދޭށެވެ. އެވައިރަސްތައް ހިފައިގެން ދަތުރުކުރާ ޔޫރަޕާ ދިމާލަށް ސަޖިދަކުރާ ދިވެހި ފަރަންޖީންގެ މުޑުދާރު ބަސްތަކާއި ޢަމަލުތައް ސާފުކޮށް ބަޔާންކޮށްދޭށެވެ. އެއީ އޭގެން ސަލާމަތްވުމަށްޓަކައެވެ. އެބައިމީހުން ހަމަބިމަށް ތިރިކޮށް އެބައިމީހުންނަށް ދީފައިވާ މެޑެލްތައް އަތުލައިދޭށެވެ.
އަހަރެމެންނަށް ދުނިޔެއާއި އާޚިރަތުގައި ކާމިޔާބު ލިބޭތޯ އަހަރެމެންނަށް އެހީތެރިވެދެއްވާށެވެ. އެދުވަހަކީ ނައިސް ނުދާނޭ ދުވަހެކެވެ. އަހަރެމެން ބޭނުމީ އެދުވަހުގެ ނަސީބުވެރީންގެ ތެރޭގައި ވުމަށެވެ. ތިޔަބޭފުޅުން ތިޔަކުރައްވާ ބުރަމަސައްކަތްތައް، ﷲ ބައްލަވާ ވޮޑިގެންވެއެވެ. އެދުވަހުން އެއިލާހު ތިޔަބޭފުޅުންނަށް ހެޔޮޖަޒާ ދެއްވަވާށިއެވެ. ސުވަރުގެ ވަނުމުގެ ނަސީބު އަހަރުމެންނަށާއި ތިޔަބޭފުޅުންނަށް ދެއްވަވާށިއެވެ. އަހަރެމެން ތެރޭގައި ތިބި ފިނޑި އަދި ނުބައި މީހުންގެ ބަސްތަކަށް ތިޔަބޭފުޅުންގެ ޢަޒުމު ނެތިކޮށް ނުލައްވާށެވެ. އަޅުގަނޑުމެން މިތިބީ ތިޔަބޭފުޅުންނާއި އެކު މިހުރިހާ ހަނގުރާމައަކަށް ތައްޔާރަށެވެ. ތިޔައިގެ ތެރެއިން އެއްބޭފުޅަކު މިލިޔުމުގައި ހުރި ކުށްތައް ކަނޑައި އަލުން ލިޔެދެއްވާށެވެ. އަހަންނަކީ ތިޔަބޭފުޅުންނާއި އަޅާ ބަލާއިރު ޖާހިލަކީމެވެ. އަހަރެމެން ކަހަލަ ޖާހިލުން ނޫޅޭނަމަ ތިޔަބޭފުޅުން ކުރާކަށް މާގިނަ ކަންކަމެއް ނުހުންނާނެއެވެ.

Comments

Post a Comment

Popular posts from this blog

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office

ދީބް ބައި ޔަހޫދީ.. 2172 ވަނަ އަހަރު މާލޭގެ މަގެއްމަތިން މުސްކުޅިއަކާއި ހުވަފެނުގައި ޖިބުއެ ބައްދަލުވުން