Sunday, October 25, 2009

މަސް، ވެރިކަން ރަނގަޅުބާ؟

މަސް، ވެރިކަން ރަނގަޅުބާ؟
މުޙައްމަދު ސިރުހާން
ކަނޑުއަޑީގެ ފުރަތަމަ ކެބިނެޓު މީޓިން އަށް އަހަރެން ދިޔައީ އެއްވެސް ފާހެއް ހިފައިގެންނެން ނޫނެވެ. އެކަމަކު ވަރަށް ފަސޭހައިން އެތަނަށް ދެވުނެވެ. ގިނަ ޑައިވަރުންނަކީ އަހަރެންގެ ވަރަށްގާތް ރައްޓެހިންނެވެ. ރައީސް ނަޝީދު އަހަރެންނާމެދު ވަރަށް ޝައުޤުވެރިވިއެވެ. ބޭރުގެ މީޑިޔާތަކުން ވެސް އަހަރެން ދެއްކިއެވެ. މިތާރީޚީ މީޓިން ފެނުމުން އަހަރެން ހިތަށްއެރިއެވެ. ޤިޔާމަތް ވެދާނެތީ ރައީސް ނަޝީދު ކުރެއްވީ ކޮންކަމެއް ބާވައެވެ؟

އޭގެފަހުން މާގިނަދުވަހެއްނުވެ ބަޔަކުމީހުންގެ ދަލުގައިޖެހި އަހަރެންގެ މުޅިޙަޔާތް ބަދަލުވެއްޖެއެވެ. އެހެން ދުނިޔެއަކަށް ހޭލެވިއްޖެއެވެ. އެހެން ފަރާތެއްގެ އަޅުވެތި ކަމުގެ ދަށަށް އަހަރެން ހިގައްޖެއެވެ.

އަހަރެންގެ ވެރިމީހާ އާއެކު ގެއަށް ދިޔުމަށްޓަކައި އޭނާގެ ސައިކަލުގައި ދިޔަ މަގު މަތިން ޓްރެފިކްލައިޓު ރަތްވުމުން ސައިކަލު މަޑުކޮށްލިއެވެ. އެމީހުން ޓްރެފިކްލައިޓަށް ކިޔަމަންވާއިރު އެމީހުން ހެއްދެވި ފަރާތަށް ކިޔަމަން ނުވަނީ ކީއްވެ ބާވައެވެ؟ އަހަރެންގެ ހިތުގައި މިސުވާލު އުފެދުނެވެ. ލައިޓް ރަތްވުމުން މީހުންތައް ހުރަސްކުރަންފަށައިފިއެވެ. އޭގެތެރޭގައި ޒުވާންފުރައިގެ އަންހެން ގުރޫޕެއް ތިއްބެވެ. އަހަރެންގެ ވެރިމީހާ އެކުދީންތަކާ ދިމާލަށް ބަލަންފެށިއެވެ. އެކުދީން ތިބީ ގަޔަށްބާރުކަމުންގޮސް ހެދުމުގެ އެތެރެފަރާތުގައިވާ ލަދުވެތި ގުނަވަންތައް ހެދުމުގެ ބޭރުގައި ތަތްކުރެވިގެންވާޙާލު، ހެދުންލުމުގެ ޙަޤީޤީ މަޤްސަދު ގެއްލުވާލައިގެންނެވެ. ކުރީގައި ދިވެހި ރާއްޖޭގައި ގިފިލި ބަލާމީހުންނަކީ މުޖުތަމަޢުގައި ވަރަށް އަގުވެއްޓިފައިވާ ބައެކެވެ. މިހާރު ގިފިލި ބެލުމަށްޓަކައި ނުކުންނަންޖެހެނީ މަގުމައްޗަށެވެ. މިހާރު ހުރިހާ ދިވެހިންނަކީ ގިފިލިބަލާ މީހުންނެވެ. ހިގަންޖެހެނީވެސް ގިފިލިތަކުގެ ތެރޭގައެވެ.

އެކުދީން އެދަނީ ކަނޑުއަޑީގެ އެހެން ބައްދަލުވުމަކަށް، އެކުދީންގެ ޑައިވިންސޫޓް ލައިގެންނެވެ. އަހަރެން ހިތް އެކުދީންނަށް ޓަކައި ރަނގަޅު ކޮށްލުމުގެ ގޮތުން އަހަރެން ހިތަށްއަރުވާލީމެވެ.

އަހަރެންގެ ވެރިމީހާ އެކުދީންނާ ދިމާލަށް ބަލަން އިންއިރު ލައިޓު ފެހިވި ކަމެއްވެސް ނޭނގުނެވެ. ހެއިއެރީ ފަހަތުގައި އޮތް ކާރު ބަރުގޮނުއަޅަން ފެށުމުންނެވެ. ބަރުގޮނުގެ އަޑު އިވުމުން އެއަށް ސަމާލުވެ ޢަމަލުކުރާފަދައިން ބަންގިއަށް ސަމާލުކަން ނުދެނީ ކީއްވެގެން ބާވައެވެ؟ މިސުވާލު ވެރިމިހާއާ ކޮށްލަން ބޭނުންވިއެވެ. މަލާބާރީންވެސް ކިޔަމަން ތެރިވި މުނާޖާއަށް އަހަރެމެންގެ ޒުވާނުންވެސް ކިޔަމަންތެރިވެ ނިދަންދާފަދައިން ފަތިސްނަމާދުގެ ބަންގިއަށް ކިޔަމަންތެރިވާނަމައެވެ. ފެނުނުކަންކަމާމެދު ވިސްނަން އިނދެވުނު އިރު ވަގުތު ދިޔަގޮތްވެސް ނޭގުނެވެ. ގެއަށް އާދެވިއްޖެއެވެ.

ވެރިމީހާގެ ގޭގައި އަހަރެން ބެހެއްޓީ އެގޭ ސިޓިން ރޫމުގައެވެ. އަހަރެންގެ މައްސަލައެއްނެތެވެ. އަހަންނަށް ހުރިހާ ޚިދުމަތެއް ލިބެއެވެ.
އެރޭ އިރުއޮއްސި މާ ގިނަ އިރުތަކެއް ނުވަނީސް އެގޭ ކުޑަ ފިރިހެން ކުއްޖަކު އައިސް އެތާހުރި ކޮމްޕިއުޓަރެއްގެ ކައިރީ އިށިއިނދެ އިންޓަރނެޓަށްވަނެވެ. ފުރަތަމަވެސް ވަނީ ބަރަހަނާ ސައިޓަކަށެވެ. އެސޮރަށް އަހަރެން އިންކަމެއްނޭގެއެވެ. އަހަރެން ހިތުގައި ބިރުވެރިކަން އުފެދުނެވެ. މީ މިހާރު ރާއްޖެ ގޮސްފައިވާ ހިސާބެވެ. ރާއްޖޭގެ މުސްތަޤުބަލް އަޚްލާޤީ ގޮތުން ދަށްވެ ޖަނަވާރުންތަކާ އެއްފަދަ ވެދާނެތީވެ ގަލޮޅު ސަހަރާގައި ނުވަތަ ހުކުރު މިސްކިތު މުންނާރުގައި ކެބިނެޓް މީޓިންއެއް ބާއްވަން ރައީސް ނަޝީދުކައިރީ ބުނެލުން ރަގަޅެވެ.
މާގިނައިރުތަކެއްނުވެ އެގޭ އެހެން މީހުންތައް ޚަބަރު ބެލުމަށްޓަކައި އެތަނަށްއަންނަން ފަށައިފިއެވެ. އެސޮރު އަވަހަށް ނެޓުން ނުކުމެ ނުވާކަމަށް ހަދާ ޓީވީބަލަން އިށީނެވެ. ފުރަތަމަ ޚަބަރުގައި ރައީސް ނަޝީދު އިސްލާމީ ބައެއް ޙުކުމްތައް މިޒަމާނުގެ ގާޒީން އެމީހުންގެ ގޮނޑިތަކަށް ފިޓުނުވާތީ އެޝަރީޢަތް މިހާރު ނުހިންގޭނެކަމަށްވިދާޅުވެ، މުސްޅިވެފައިވާ މަހާތަމާ ގާންދީގެ އުޞޫލުތަށް މިޒަމާނަށް ފިޓުވާކަމަށް ބުނުއްވިއެވެ. އަހަރެން ކުޑަކޮށް ސިޔާސީވެލީމެވެ. ވީމާ ރާއްޖޭގެހުރިހާ ކޯޓުތައް އުވާލަމާ ހިނގާށެވެ. އެއްވެސް އިންސާފެއް ނެތީމައެވެ. އިންސާފު ޤާއިމުނުކުރެވޭނަމަ މި ޒަމާނުގެ ސެކިއުލާ ގޮތަށްވެސް ޝަރީޢަތެއް ނުހިންގޭނެތާއެވެ؟ ކުދިކަންތަކާއި ބޮޑެތިކަންކަމުގައިވެސް އިންސާފުވެރިވާންޖެހޭނެއެވެ. އަނެއްކާ ރައީސް ނަޝީދު ވެރިކަމަށްއައީ އިންސާފުން ބާވައެވެ؟ އިލެކްޝަން ކޮމިޝަންގައިވެސް ތިއްބެވީ ގާޒީން ކަހަލަ ދިވެހިލޭ ހިނގާ ދިވެހިދަރީންނެވެ. މިހާރު ޖަލުގައި ތިބި އެންމެން އަވަހަށް ދޫކޮށްލާށެވެ. އެތިބީ ބޭއިންސާފުން ޖަލަށްލެވިފައިކަމަށް ވެދާނެއެވެ. ރާއްޖޭގެ ހުރިހާ ގާޒީން އިސްތިއުފާދޭށެވެ. އަހަރުމެން ބޭނުމީ ތެދުވެރި އިންސާފުވެރި ގާޒީންނެވެ. ﷲ އީ ހުރިހާ ޒަމާން ތަކެއްވެސް ދެނެވޮޑިގެންވާ ފަރާތެވެ. އިސްލާމީ ޝަރީޢަތް ތަންފީޒުކުރުމަށް އެންގެވީ އެއިލާހެވެ. ﷲގެ ޝަރީޢަތް އެއީ އެންމެ ފުރިހަމަ ޝަރީޢަތެވެ. މިކަމަށް، ސިކުނޑިތައް ވައިޓްހައުސްގެ ފާޚާނާ ފެނުން ނުދޮވެވި ، ހިތްތަކުގެ ސަމުގާކަށި ހުޅަނގަން ނޭބުރޭ އެންމެންވެސް ހެކިވާނެއެވެ. ދެވަނަ ޚަބަރަކަށް ރާއްޖޭގެ ރަށްރަށަށް ރާ އެތެރެ ނުކޮށްފިނަމަ ފަތުރުވެރީން ރާއްޖެ ނާންނާނެ ކަމަށްބުނެ، ބަޔަކުމީހުން ހަމަ ހެއިން ބޭރު ވާން އުޅޭވާހަކަ ގޮވިއެވެ. އަހަރެން މިހުރީ ހަމަހޭގައިބާވައެވެ؟ އަހަރެންގެ ހިތާ ސުވާލު ކޮށްލީމެވެ. ފަތުރުވެރީން ރާއްޖެ އަންނަނީ އެކުރު ޗުއްޓީގައި ރާއްޖޭގެ ރީތިމަންޒަރުތައް ބަލާލަން ނޫންހެއްޔެވެ؟ ކަނޑުއަޑިއަށް ފީނާ އަހަރެމެންގެ ދިރިއުޅުން ބަލާލަން ނޫންހެއްޔެވެ؟ އެމީހުން ބަނގުރަލުގެ މަސްތުގައި ތިބެ ހަނދަށްގޮސް މާސްގައި ހޭދަކޮށް ނާސާގެ ޖައްވީ އުޅަދުގައި އުދުހުމުން މި ރާއްޖޭގެ ރީތިކަމުގެ އުފާ ލިބިގަނެވޭނެތޯއެވެ؟ އެމީހުންގެ ލޯތައް އެކަމަށް ހެކިދޭނެ ހެއްޔެވެ؟ ތިންވަނަ ޚަބަރަކަށް ގޮވީ ރާއްޖޭގެ ބަޔަކު ސޮޑޮމީ ހުއްދަކުރަން ވެގެން މަރުދަންޖެހޭ ޚަބަރެވެ. އަހަރެންގެ ހިތުގައި އިން ސުވާލުމާކު ބޭރަށް ފެންނަހެންވެސް ހީވެއެވެ. ސުވާލުމާކަކީ އަހަރެން ވަރަށް ބިރުގަންނައެއްޗެވެ. އެއީ މަސްބާނާ ބުޅިހެން ހުންނާތީއެވެ. ސަހަރޯއެވެ! މާދަމާ ހުރިހާ ދިވެހީން އެކަން ކުރުން އެއީ ފަރުދީ ވާޖިބަކަށް ނުހަދާނެބާވައެވެ؟ ސޮޑޮމީއަކީ ދުނިޔެ ހިނގުމުގެ ޤާނޫނާ ދިމާ އިދިކޮޅު ކަމެއްކަން މަކުނުގެ ވިސްނުމުން ސަލާމަތްވެފައިވާ މީހަކަށް އޮޅިފައެއް ނޯންނާނެވެ. ދުނިޔެ ހިނގުމުގެ ޤާނޫނުތައް އަހަރުމެން ބަދަލުކުރަން ވެއްޖެނަމަ ކަނޑުގެ ލޮނުގަޑު ބޮޑުވެ ފިރުޢައުނަށް ވީ ގޮތަށް ވުމަކީ ދުރުކަމެއްނޫންހެއްޔެވެ؟ ސަދޫމު ބަންޑުން ޖެއްސެވީ އެބައިމީހުންނަށް ނޭނގިތިއްބައެވެ. އަހަރެމެންނަށް، ބުނެވޭގޮތުން މިފަދަކަންކަން މިއަންނަނީ އެނގއެނގި ތިބޭޙާލުގައެވެ. ވީމާ ސޮޑޮމީއާއި ދެކޮޅަށް ދުނިޔޭގެ ސަމާލުކަން ހޯދުމަށްޓަކައި ޕާލަމެންޓު މީޓިންއެއް ހެންވޭރު ސަހަރާގެ ބިމުއަޑީގައި ބާއްވަން ތައްޔާރުވަމާ ހިނގާށެވެ. ޚަބަރު ނިމުނުތަނާހެން އެތާހުރި ޒުވާންފުރާގެ ސޮރަކު ބުންޏެވެ. އަހަރެން ކަލާނގެ ޤަބޫލުނުކުރަނީ އަހަންނަށް ކަލާނގެ ހެއްދެވިފަރާތް ނޭނގޭތީއެވެ. އަހަރެންނަށް ބޮޑުކަމުވެސް ދެވިއްޖެއެވެ. ނަމަވެސް އެމީހުންނަކަށް ވަހެއް ނުދުވާނެއެވެ. މިއީ މަޚްލޫޤުން ކުރަންޖެހޭ ސުވާލެއްހެއްޔެވެ؟ އެސޮރު ދުނިޔެއަށް އައީ އަމިއްލައަށް ހެއްޔެވެ؟ އެސޮރަށްވެސް އެސޮރަކީ ކޮންމެވެސް ފަރާތަކުން ހެއްދެވި އިންސާނެއްކަން އެނގޭނެއެވެ. ކަލާނގެޒާތުފުޅާއި ބެހޭގޮތުން މިއުނި އިންސާނާގެ ހިތަށް ތަސައްވަރު ނުވާތީވެ ކަލަކުނުވެޔޭ ބުނަން އިންސާނާގެ ބުއްދި ހެކިދޭހެއްޔެވެ؟ އިންސާނުންގެ ޙިއްސުތައް ބަލިކަމުން ކަލާނގެ ޒާތުފުޅާމެދު ވިސްނުމަށް ނުކުޅެދޭނެކަން އަހަރުމެން އިންސާނުން ޤަބޫލުކުރަންޖެހެއެވެ. އިންސާނުންނަށް ބުއްދިން ޖަޖުކުރެވޭނީ މި މެޓީރިޔަލް ދުނިޔޭގައި ﷲ ލެއްވެވި ޤާނޫނެވެ. މަޚްލޫޤޫތަކުންގެ މައްޗަށް ﷲ ލެއްވި ޤާނޫނުތައް އެކަލާނގެ ޒާތުފުޅު ހުސްތާހިރުވަންތަވެވޮޑިގެންވެއެވެ. އަހަރެންނަށް މިފެނުނީ މިހާތަނަށް އަހަރެންދުވަހަކުވެސް ތަސައްވަރު ކުރެވިފައި ނުވާ މަންޒަރުތަކެކެވެ. ވާނީވެސް އެހެންތާއެވެ. އަހަރެންއުޅެ ބޮޑުވި މުޖުތަމަޢު މިއާ މުޅިން ތަފާތެވެ.
ޚަބަރު ނިމުމުން އެތާތިބި ހުރިހާއެންމެން ހިގައްޖެއެވެ. އެތާ މިހާރު ތިބީ އެގޭ ޒުވާން އަންހެން ކުއްޖަކާއި އޭނަގެ ބޯއީ ފުރެންޑެވެ. އެދެމީހުންނަކަންވެސް އަހަރެން އެތާ އިން ކަމެއް އިހުސާސެއްނުކުރެވުނެވެ.އެދެމީހުން އެކަނި ތިބުމަށް ޓަކައި އަހަންނަކަށް ނުކުމެވޭކަށްވެސް ނެތެވެ. ފިރެހެން ކުއްޖާ އަންހެކުއްޖާއާއި މުޚާތަބުކޮށް ބުންޏެވެ. ތީ އަހަރެންގެ މިލްކެކެވެ. އަހަރެން ގެ މިލްކަކަށް ހަދާނަމެވެ. އަހަރެން އެބަސް ތަރުޖަމާކޮއްލީމެވެ. އެބުނީ ތިއީ ތިމަންނަގެ ޖާރިޔާއެވެ. ވީމާ ދެމީހުންނަށް ކޮންމެކަމެއްވެސް ކުރެވިދާނެއެވެ. އެދެމީހުން އެތާ ދެމީހުން ދެމީހުންނަށް އަޅުއެތިވެ ލެއްވިހާ ފާފަތައް ކުރިއެވެ.
ރޭގަނޑު ކާގަޑި ޖެހިއްޖެއެވެ. އެގޭ މީހަކު އަހަރެން އިން މަސްޓޭންކު ކައިރިއަށް އައިސް އަހަރެންނާ ދިމާލަށް ބަލަން ހުރެ ބުންޏެވެ. މިމަސް ހާދަ ބައްޔެވެ. ވީމާ ނަގާ ފިހެލަމާ ހިނގާށެވެ. އަހަރެން ރައީސް ނަޝީދުއަށް ގޮވަންފެށީމެވެ. ރައީސް ނަޝީދުއެވެ. އަހަރެން ސަލާމަތް ކުރާށެވެ. އަހަރެންގެ ގައިގާ ހުންނަނީ ރީދޫކުލައެވެ. ރައީސް އަށް އަޑު އިވުނަސް އަހަރެން ސަލާމަތް ކުރާނެ ބާވައެވެ؟ ކޮންމެއަކަސް އަހަރެން ޓޭންކުންނަގައި ފިހެލުމުގެ ތައްޔާރީތައްކުރަން ފަށައިފިއެވެ. އަހަރެންނަށް ރޮވެނީއެވެ. ﷲ ދުޢާ އިޖާބަ ކުރައްވާފަދަ ދަނޑިވަޅެއްގައި ރައީސް ނަޝީދުއަށް ގޮވުނީތީއެވެ. ދެން އަހަރެންގެ ގައިގެ މަސްތައް ބައްދަލުވާނީ ސިއާސީ ބައްދަލުވާ ތާނގައެވެ. އަހަރެން ބަލާލަން ބޭނުން ނަމަ ފައިބާނީ ޖަންގުޝަނަކަން ނޫނެވެ. ދުނިޔޭގެ ފުރަތަމަ ބޭއްވުނު ކަނޑުއަޑީގެ ކެބިނެޓް މީޓިންގެ ވީޑިޔޯ ބަލާލާށެވެ. އަހަރެންނަކީ އެތާގައި އުޅުނު ރީނދޫ ކުލައިގެ ވަކިޕާޓީއަކަށް ނިސްބަތްނުވާ މަހަކީމެވެ. ވަކިވުމުގެ ކުރިން އަދި އެއްވާހަކަ އަޑުއަހާލަން ވަގުތުކޮޅެއް ދެވިދާނެ ތޯއެވެ؟ ތިބާއަށް ތިޔަ ފީނެނީ ހުޅަނގު ގެ މީހުން އެޅި މާސްކުތައް އަޅައިގެން ތިބެ އެމީހުންގެ ނަޖިސް ތަކުގެ ތެރެއަށް ތޯ ޔަޤީން ކުރާށެވެ. އަސްލު ފީނަންވީ އުންމަތުގެ ސަލަފުން ތުރުކުރެއްވި މާސްކުތައް އަޅައިގެން، ޤުރުއާނާއި ސުންނަތުގެ ކަނޑަށެވެ. ތިބާއަށް ޚަޒާނާތަކާއި އެކަނޑުގެ ރީތިކަން ފެންނާނެއެވެ. އެއިރުން ތިބާއަށް ކަނޑު އަޑީގެ މީޓިންއަށްވެސް ކޮންމެވެސް ޖަޖުމެންޓެން ގެނެވިދާނެއެވެ. ނަމަނަމަ މާސްކުގައި ބޭކާރު ކުނިބުނި ޖެހުނަ ނުދެއްޗެވެ. އަހެރެމެން މަސްމަހާމެހި ޢިލްމު ގެ އަހުލުވެރީންނަށް ދުޢާކުރާފަދައިން ތިބާވެސް އެބައިމީހުންނަށް ދުޢާކުރާށެވެ. އުނިކަމަކީ، އިންސާނެއްގެ ގައިގާ ނެތިނުދާނެ ސިފައެކެވެ.

2 comments:

  1. anni kamy kurima kaley manna feynaany ekamu golhaa hama vari hama pispis miyadhugey haalu

    ReplyDelete