އަހަރެންގެ ބަސް

އަހަރެންގެ ބަސް

މުޙައްމަދު ސިރުޙާން

ގެއެއްގައި އެލުވާފައިހުރި ކޮށްޓެއްގައި ވާހަކަ ދައްކާ ގުރައެއް އިނެވެ. މިގުރާ ކިޔަމުން ދެޔެވެ. "އަހަންނަކީ މިނިވަނެކެވެ. އަހަންނަކީ މިނިވަނެކެވެ."

އެގުރާގެ ވެރިމީހާ ހުރީ އެގުރައައް އެހެންކިޔަން ދަސްކޮށްދީފައެވެ. ވީމާ އެގުރާ މީހަކު ހަމަ ފެންނަ އިރަށް އެހެން ތަކުރާރުކޮން ކިޔާލަކިޔާލަ އިނދެއެވެ.

ދޫންޏަކީ ފަންނާނުން މިނިވަންކަން ރަމްޒުކޮށްދޭން ބޭނުން ކުރާ މަޚްލޫގެވެ.

ދޫންޏަކީ މިނިވަންކޮން ޖައްވުގައި އުދުހި އުޅޭ މަޚްލޫގެކެވެ. ނަމަވެސް ކުރިން މިދެންނެވި ގުރާގެ ޙާލަކީ ކޮބައިތޯއެވެ؟ އެގުރާވަނީ ވަރަށް ގިނަ ކަންކަމުން މަހުރޫމު ވެފައެވެ. މިނިވަންކަމާއެކު ޖައްވުގައި އުދުހި އުޅުމާއި ރީތި ޤުދުރަތީ ރީތި މަންޒަރުތައް ފެނުމާއި އެއަށް ޤުދުރަތުން ދެއްވާފައިވާ އިޚްތިޔާރީ ކާނާ ކެޔުމުން ނުވަތަ މިނޫންވެސް ވަރަށް ގިނަ ކަންކަމުންނެވެ. އެކަމަކުވެސް އޭތި ކިޔަމުންދަނީ "އަހަންނަކީ މިނިވަނެކެވެ." ވާނީވެސް އެހެންތާއެވެ. އޭތީގެ ޙަޔާތް މުޅިންހެން ހޭދަކުރީ އެކޮށިތެރޭގައެވެ. އެކޮށިން ގަޑިންގަޑިއަށް ކާންލިބެއެވެ.

ސުވާލަކީ އޭތި ބަޔާންކުރަމުން އެދަނީ އޭތީގެ ޙާލުހެއްޔެވެ؟ ނޫނީ ޖައްވުގައި މިނިވަން ކަމާއިއެކު އުދުހުމުގެ ފޮނިކަން ލިބިފަނުވާތީ ބުނާ އެއްޗެއް ހެއްޔެވެ؟ ނޫނެކެވެ. އެއީ ވާހަކަދައްކާ ގުރައެއްވީމާ، ދަސްކޮށްދީފައި ހުރި އެއްޗެހި ކިޔަނީއެވެ. އޭތި ކިތަންމެ ވަރަކަށް އެހެން ކިޔަސް ޙަޤީޤަތުގައި އެއީ މިނިވަން ދޫންޏެން ނޫނެވެ. މި މިސާލާއި އަޅުގަނޑުމެން ދިވެހީންނާއި ގުޅުންހުރީ ކިހާވަރަކަށްތޯއެވެ؟

މިހާރު އެ ގުރާކައިރީ އެހުރީ ގުރާގެ ވެރިމީހާއެވެ. އެގުރައަށް ކާންދެނީއެވެ. އޭނަ އެގުރާ ކައިރީ އެބަބުނެއެވެ. "އޭ ސޮރާ އަހަރެމެން ދައްކާ ވާހަކަ މީހަކު އެބަ ލިޔެއެވެ. އެލިޔުން އެތައް ބަޔަކު މިހާރު އެކިޔަނީއެވެ. އެކަމަކު ވެސް ސޮރަށް މިއަދު އަހަރެން އާ ލަފްޒެއް ދަސްކޮށް ދޭނަމެވެ." " އަހަރެން މީ މުސްލިމެއް. އަހަރެން މީ މުސްލިމެއް". މިހެން ކިޔައި ދިނުމުން ގުރާވެސް ހަމައެހެން ކިޔަން ފަށައިފިއެވެ.

މިފަހަރު އެ ދަސްކޮށްދިނީ އޭގެޒާތުގައި ރަނގަޅު އެއްޗެކޭ ބުނެވިދާނެއެވެ. އެއީ ދުނިޔޭގައި މާތްﷲ ލެއްވި ކޮންމެ އެއްޗަކީވެސް އެކަލާނގެ ލެއްވި ޤާނޫނަށް ބޯލަބާ މަޚްލޫގެކެވެ. އެކަލާނގެ ޤާނޫނަން ބޯލަބާ ބޯލެބުމަށް ކިޔަނީ އިސްލާމް ކަމެވެ. މިސާލަކަށް އަހަރެމެންނަށް ހަނދަކީ އިސްލާމެކޭ ބުނެވި ދާނެއެވެ. ގަސްގަހާގެއްސާއި މާމެލާމެއްޔަކީ އިސްލާމުންނޭ ބުނެވިދާނެއެވެ. އެއީ އެތަކެތި މާތް ﷲ ގެ ޤާނޫނަށް ބޯލަބާތީއެވެ. ދެން އުފެދޭ ސުވާލަކީ އެހެންވެއްޖެނަމަ ކާފަރުންނަކީވެސް މުސްލިމުންތޯ އެވެ؟ ކާފަރުމިހާގެ ހަށިގަނޑުގެ ގުނަވަންތައް މާތް ﷲ ލެއްވި ޤުދުރަތީ ޤާނޫނަށް ތަބާވެއެވެ. އެކަމަކު އޭނާއަށް ﷲ ދެއްވާފައިވާ (އެކަލާނގެއަށް ބޯލެބުމާއި ނުލެބުމުމުގެ) މިނިވަން އިޚްތިޔާރުން އޭނާ އިޚްތިޔާރު ކުރަނީ އެކަލާނގެ އަށް ބޯނުލެބުމެވެ. މި ގޮތުގެމަތީން އިންސާނުން ދެބަޔަކަށް ބެހިގެން ދެއެވެ. އެއީ ކާފަރުންނާއި މުސްލިމުންނެވެ. މާތް ﷲ މިކައުނުގައި ލައްވަވާފައިވާ މަޚްލޫޤުންނަށް ތަފާތު ނަންނަން އަހަރެމެން ކިޔަމުއެވެ. އަދި ތަފާތު ބައި ތަކަކަށް އެތަކެތި ބަހާލަމެވެ. ގަސްގަހާގެއްސާއި ދޫނިސޫފާސޫފި އެއީވެސް މިގޮތުން ކިޔޭ ނަންނަމެވެ. ދޫންޏެއް އެއީ ދޫންޏެއްކަމަށް އަހަރެމެން ކަނޑައަޅަނީ ވަކިގޮތަކަށް ހުންނަ ނުވަތަ ވަކި ގޮތަކަށް އުޅޭ މަޚްލޫޤަކަށެވެ. މިގޮތުން އިސްލާމެއްގެ ގައިގާވެސް ވަކިގޮތްތަކެއް ހުންނަން ޖެހެއެވެ. ވަކި ޝަރުތަކެއް ހުންނަށް ޖެހެއެވެ. ހަމައެކަނި އަހަންނަކީ އިސްލާމެކޭ ބުނުމަކުން ނުފުދެއެވެ. ތިމާ ބުނާ ބަހާއި ޢަމަލާއި ދިމާވާންޖެހެއެވެ. ދިމާނުވާނަމަ އެއީ މުނާފިޤުންގެ ސިފައެކެވެ.

އެއްކަލަ ގުރާ އަދިވެސް އިނީ ކޮށީގަ "އަހަންނަކީ އިސްލާމެއް، އަހަންނަކީ އިސްލާމެއް" މިހެން ކިޔާލަ ކިޔާލައެވެ.

ޖެހިގެންއައި ދުވަހު ގުރާގެ ވެރިމިހާ އައިސް ބެލިއިރު ގުރާ އޮތީ މަރުވެފައެވެ.

އޭނައަށް އެމަންޒަރު ފެނުމުން ވަރަށް ބާރަށް ހަޅޭއްލަވައި ގަނެވުނެވެ. "އަސްތާ އަހަރެންގެ ގުރާ". ކުޑަ އިރުކޮޅަކުން ހަމައެއަޑު އޭނާގެ އަޑުން ތަކުރާރު ވިއެވެ. އަހަރެންގެ މިލިޔުންވެސް މިހާރު ތިޔަ ތަކުރާރު ކުރަނީއެވެ. ނަމަވެސް މިއީ ލިޔުމެކެވެ. އަހަރެންގެ މި ޢަމަލާއި ތިޔަ އަޚާގެ ތިޔަ ޢަމަލު މަލާއިކަތުބޭކަލުން ދަނީ ލިޔުއްވަމުންނެވެ. އަދި ޤިޔާމަތްދުވަހު އެކަމުގެ ހިސާބު ބެއްލެވޭނެއެވެ.

Comments

Popular posts from this blog

'Pastafarian' wins religious freedom right to wear pasta strainer for driving licence

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office