Thursday, October 29, 2009

ބިސް އެޅީބާޒެވެ، ބާޒުއެޅީ ބިހެވެ.

ބިސް އެޅީބާޒެވެ، ބާޒުއެޅީ ބިހެވެ.
މުޙައްމަދު ސިރުޙާން
މިނިވަންކަމުގެ ހިތްގައިމު ވައިރޯޅިތައް އޮމާންކަނޑުތައް ފަހަނައަޅާ ރީތި މުރަކަތައް ވާ ސާފު ފަރުތައް ހުރަސްކޮށް ހުދު ދޮންވެލި ގޮނޑުދޮށުގައި ބީހެމުންދެއެވެ. އަދި ރީތި ދިވެހިރުއްތަކުގެ ފަންތައް ވިހުރުވަމުން ދެއެވެ. އެދިވެހި ރުއްތައްވެސް މި ލިބިފައިވާ މިނިވަންކަމުގައި ބައިވެރިވަނީއެވެ. އެމަންޒަރު ބަލާލަން އަތިރިމައްޗަށް ދިޔަ ކޮންމެ މީހަކަށް ފިނިވައިރޯޅިތަކުން ހިއްތަކަށް ފިނިކަން ލިބެމުން ދިޔުމާއެކު ފެނިގެން ދާނީ ރީތި ދޫނިތައް އެވައިރޯޅި ތަކުގައި ހޯރައަޅަމުން ދާ މަންޒަރެވެ. އެދޫނިތަކުގެ ތެރޭގައި ވަރަށް ފަހުން ބިސްއަޅާފައިވާ ބާޒެއް ވެއެވެ. ނަމަވެސް ބާޒު މިވަގުތު އެއޮތީ އޭތީގެ ހާލީގައެވެ. އެހެން ކުޑައިރުކޮޅަކު އޮވެފައި ކާނާ ހޯދުމަށް އުދުއްސައިގެންފިއެވެ. އެކޮންމެ އުދުހުމެއްގައި އަވައްޓެރި ތަންތަނަށާއި ދުރު ހިސާބުތަކަށް ދާކަމަށް އަރެންގެ ކައިރީ ހުރިމީހަކު ބުންޏެވެ.

އަހަރެން އެހާލި ކައިރިއަށް ދެވޭތޯ ހިނގައިގަތީމެވެ. ސަހަރޯއެވެ. މުޅިހިސާބު ވަނީ ޓެރަރިސްޓުން ހަމަލާދީފާނެތީވެ ގާޑުކޮށްފައެވެ. އެހެންކަމުން އަހަރެންގެ އަތުގައި އޮތް ދުރުމި އަޅާލައިފީމެވެ. ހާލީގެ ވަރަށް ކައިރީގައި 72 މީހުން އެބިސް އަވަހަށް ވިހާތޯ ކިޔެވެލި ކިޔަވަން ތިއްބެވެ. އެއީ ސިހުރުވެރީންނަށްވެސް ވެދާނެއެވެ. އަހަރެންގެ ދުރުމި ސީދާ ހާއްޔަށް އަޅުވާލީމެވެ. މިކާއިނާތުގައި މިހިނގާ ކޮންމެކަމަކީވެސް ފުންކޮށް ވިސްނަށް ފަށައިފިނަމަ ހައިރާންކަން ހިތްތަކަށް ނުވަދެނުދާނެކަންކަމެވެ. އަހަރެންގެ ހިތުގައި އެ ހައިރާން ކަމާއެކު ސުވާލުތައްވެސް އުފެދިގެންދިޔައެވެ. އެހާލީގައި އޮތީ އެންމެ ބިހެކެވެ. އެބިސް މިހާރަނގަޅަށް ގާޑު ކުރެވިފައި މިވަނީ ކީއްވެބާވައެވެ.
އެބިސް އެޅިތާ މިހާރު އަހަރެއްވީއެވެ. އަހަރެންގެ ކައިރީހުރި މީހާ އިތުރަށްސާފުކޮށްދެމުން ދިޔައެވެ. އެބިހުގެ ތެރޭގައި ވަރަށްގިނަމީހުން ވެއްޖެއެވެ. އެކޮންމެ މައުލޫމާތަކާއެކު އަހަރެންގެ ހިތުގައި އުފެދޭސުވާލުތަކުގެ ކުލަގަދަވަމުންދެއެވެ. ބިހުގެ އެތެރެއާބޭރުން ވަނީ މުއާސަލާތީ ގުޅުން ގާއިމުކުރެވިފައެވެ.
ނޯޓް: ކިޔުންތެރިޔާއެވެ. އަހަރެންގެ ހިތުގައި ސުވާލުއުފެދޭހެން ތިބާގެހިތުގައިވެސް ސުވާލުއުފެދޭނެކަން ޔަޤީނެވެ. ފަހަރެއްގައި ތިބާ މިވާހަކަތައް ޤަބޫލުނުކުރާ މީހަކަށްވެސް ވެދާނެއެވެ. އެހެންވެއްޖެނަމަ ތިބާގެ ކިބައިން އަހަރެން މަޢާފަށްއެދެމެވެ. ދެން އިތުރަށް ކިޔަންބޭނުން ނޫންނަމަ މިހާހިސާބުން ހުއްޓާލާށެވެ. ތިޔަ ކިޔަނީ ކޮންމެހެން އަހަރެން ގަދަކަމުން ކިޔާށޭ ކިޔާފަ ތިތާގައި ބޭންދީމައެއްނޫނެވެ. އަދިފަހުން ރުޅިގަދަކޮށްލުމަށް ނުވަތަ އަހަންނާމެދު އިތުރަށް ހިތް ގޯސްކޮށްލަށް ބޭނުންނަމަ ކިޔަމުންދާށެވެ. ނުވަތަ މަލާމާތުގެ ބޮޅެއް އިތުރުކޮއްލަން ކިޔަމުންދާށެވެ. މިއީ އަހަރެންނަށް ތިބާގެ ހިތުގައި ތިޔަ އުފެދޭ މިނިވަން ޚިޔާލުފަދައިން އަހަރެންގެ ހިތުގައި އުފޭދޭ ޚިޔާލެވެ. ވީމާ ތިޔަ ރުޅީން އަހަރެން ބަރީއަވަމެވެ. ބާޒުގެ ބަދަލުގައި ބޭނުން ދޫންޏެއްގެ ނަން ބޭނުންކުރެވިދާނެއެވެ. އޭގެތެރޭގައި ކާޅު، މާކަނާ، ކެނެރީވެސް ބޭނުންކުރެވިދާނެއެވެ. އެކަމަކު އެ ބޭނުންކުރާ ނަމެއްގެ ސަބަބުން ތިބާއަށް ލިބޭ އެއްވެސް "ވިސްނުމެއް" ގައި އަހަރެން ޒިންމާއެއް ނުވާނަމެވެ.
އަހަރެންނަށްވެސް ބިހުގެ އެތެރޭގައި ދެކެވޭ ވާހަކަތައް ކޮންމެވެސް ވަރަކަށް އަޑުއިވެއެވެ. ނަމަވެސް އިތުރަށް ސާފު ކުރުމުގެ ގޮތުން ލެޕްޓޮޕް ހިފައިގެން ކައިރީއޮތް ގަސްގަނޑެއްގެ މަތީގައި އިށިއިނީމެވެ. އަހަރެންގެ ކައިރީ ވަރަށް ރަނގަޅު މީހަކު އިށިއިނެވެ. އޭނާގެ މޫނުފެނުމުން އަހަރެންނަށް އޭނާއާމެދު ވަގުތުން އިތުބާރު ކުރެވުނެވެ. އޭނާގެ މޫނުން އިސްލާމްކަމުގެ އަސަރު ފާޅުވާން ހުއްޓެވެ. އޭނައަށް ﷲ ދެއްވާފައިވާ ރީތި ތުނބުޅި އެޖެހޭ ވައިރޯޅިތަކާއެކު ވިހުރިވިހުރި ހުއްޓެވެ. އަހަރެން އެމީހުންގެ ކޮންމެ ސައިޓަކަށް ވަންނަތަނުން އޭނާ އަނެއްފަރާތަށް މޫނުއަނބުރާލައެވެ. ވާނީވެސް އެހެންތާއެވެ. އޭގައި ހުންނަނީ ފާޅުގައި އެއްޖިންސުން ގުޅުން ނުހިންގިގެން ޖަހާފައިވާ ޚަބަރުތަކެވެ. އެސައިޓުތަކުގައި ވަގަށް އެމީހުން މިހާރުވެސް އެކަން އެބިހުގެ ތެރޭގައި ހިންގާ ނަގާފައިވާ ފޮޓޯތަކާއި ޚަބަރުތައް ފާޅުކޮށްފައިހުއްޓެވެ. މިއަށްވުރެބޮޑަށް ދެން ފާޅޫގައި ކުރަންޏާ ދެންޖެހޭނީ މަގުމަތީގައި އެކަން ކުރަން" އަހަރެންގެ ކައިރީ އިންމީހާ ބުންޏެވެ. އަނެއްބައި ސައިޓުތަކުގައި ރާނުބޮވިގެން އުޅޭވާހަކައާއި ހުރިހާ ދީނަކަށް ފާޅުގައި ނޫޅެވިގެން އެމީހުންގެ ދީންތައް ހާމަކުރުމަށްޓަކައި މިނިވަންކަމާއެކު ބިހުގެ ތެރޭގައި ފިލާތިބެ ސައިޓުތަކުގައި ދީން ހާމަކުރަމުން ދަނީއެވެ. އޭގެތެރޭގައި އާދީނެއް އުފެދިއްޖެކަންވެސް ބައެއްސައިޓުތަކުގައި ޖަހާފައިވެއެވެ. އެމީހުންގެ ކަލާނގެ އަކީ ފޭކު ސައިންސެވެ. އެމީހުންގެ ފުރަތަމަ ރަސޫލަކީ ޑާވިންއޭ ކިޔުނު ސައިންސްވެރިއަކަށް ނުވާ ސައިންސްވެރިއެކެވެ. އޭނާ ގެނައި ފޮތުގައި އާދަމްގެފާނަކީ ރާމާމަކުނަށް ބައްޕަކީޔާ އިންސާނެއްކަމަށްބުނެފާވެއެވެ. ނޫނެކެވެ. މިބުނީނުބައިކޮށެވެ. އިންސާނުންގެ އަޞްލު ނިސްބަތްވަނީ ރާމާމަކުނުގެ ޤަބީލާއަކަށޯއެވެ. އެމީހުންގެ އެންމެފަހުގެ ރަސޫލަކީ ޑޯކިންސް ނަމަކަށް ކިޔާމީހެކެވެ. އޭނާ ގެނައި ފޮތުގައި އެމީހަކު ބޭނުންގޮތަކަށް ޖިންސީއެދުން ފުއްދުމުގެ މިނިވަންކަންދީފައިވެއެވެ. މިމިހާގެ ރަސޫލުކަން ޤަބޫލުކުރާ ފިރިހެންވެރީން ފިރިހެނުންނާއި ނުއިނދެވިގެން އަދި އަންހެންވެރީން އަންހެނުންނާއި ނުއިދެވިގެން ސައިންސު އަތަށްލައިގެން ދުވެނަގަނީއެވެ. އަހަރެން އަހަރެންގެ ކައިރީގައި އިން މީހާ ކައިރީ ބުނީމެވެ. ދާދިފަހުން ފާރަވޭ އެފްއެމްގައި ތިޔަބުނާ ޑޯކިންސްގެ ފޮތެއް ކިޔައިދެނިކޮން އަޑުއެހީމެވެ. އަދިބުނީމެވެ. އަހަރެންގެ ރައްޓެއްސަކާ އެކަހަލަ މީހަކުދިމާވުމުން އޭނާ ބުންޏެވެ. އެހެންވީއިރު ސައިންސު އައީ ކޮންތާކުންހެއްޔެވެ؟ ކައިރީއިންމީހާ ކުޑަކޮން ރުޅިގަދަވާހެންހީވެއެވެ.
އަހަރެންގެ ކައިރީގައި އިންމީހާ އެރުޅިވެރިކަމާއިއެކު ބުންޏެވެ. އެބާޒު އެ ހާލިމަތީގައި އިނދެ ވަގުތާއި ޙާލަތާ ތަންނުދޭތީ މިތާގައި އިސްލާމީ ޝަރީޢަތް ނުހިންގޭނެކަމަށް ބުންޏެވެ. އެބަހަށް ސަޕޯޓުކޮށް ބިހުގެ ތެރޭން ތަޢުރީފުގެ ބަސްތައް ގޮވަމުންދިޔައެވެ. އަހަރެން ބުނީމެވެ. އެއީ ފަހަރެއްގައި އެބިހުގެ ތެރޭގައި ތިބިމީހުންގެ ސަޕޯޓުހޯދުމަށް ބުނިއެއްޗަކަށްވެސް ވެދާނެއެވެ. ވަރަށްފަހުން އަވައްޓެރި ހިސާބަކަށްގޮސް މިތާގައި ޓެރަރިސްޓުން އުޅޭކަމަށް ހާމަކުރިއެވެ. އަހަރެންގެ ކައިރީ އިންމީހާ އިތުރަށް ބުންޏެވެ. އެއީ ހަމަ ސުންނަތް ޖަމާޢަތްދެކެ ފޫހިވާތީ ދައްކާ ވާހަކައެވެ. އަހަރެން ބުނީމެވެ. ތިވާނީ ބިސްތަޅާލަފާނެތީ ބޭރުގެ އެހީ ހޯދުމަށް ދައްކާވާހަކައަށެވެ. ފަހަރެއްގައި އެމެރިކާއަށްގޮސް އުސާމާ މިތާ އުޅޭވާހަކަވެސް ބުނެފާނެއެވެ. ނޫންނަމަ ބިހުގެ އިކޮނޮމީ ރަނގަޅުކުރުމަށް ދައްކާ ވާހަކައަކަށް ކަމުގައިވެސް ވެދާނެއެވެ. ނޫންނަމަ ކުރީގެ ނޫކުލައިގެ ބިހުގެ އަހުލުވެރިން މިބިހާ ދިމާލަށް އަންނާތީ، ބިރުން ދައްކާ ވާހަކައަކަށްވެސް ވެދާނެއެވެ. ކައިރީގައި އިންމީހާ އޭނަގެ ކޮޅަށް ގަދަކޮށްލުމުގެ ގޮތުން ޕާކިސްތާނުގައި ހައްޔަރުކުރި މީހުންގެ ވާހަކަފެށިއެވެ. އޭނާބުނިގޮތުން އެމީހުން ހައްޔަރު ކުރިތަނާ ވަގުތުން ސިފައިންގެ ބޮޑުމީހާ އެމީހުން ސަލާމަތް ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާނެކަމަށް ބުންޏެވެ. ބުޝްއަށް ވީގޮތަށް ސޮލީބީހަގުރާމައޭ ބުނިފަދައިންނެވެ. އަދި ބުންޏެވެ. ހައްޔަރުކުރާ ކޮންމެމީހަކީ އަދި އޭނަގެ މައްޗަށް ކުށް ސާބިތުވާ މީހެއްނޫނެވެ. އެހެންވެއްޖެނަމަ އެބާޒުވެސް ކުރީގައި ކުއްވެރިއެކޭކިޔައި މީހެއްގެ ކޮށީގައި ބަންދުކުރިއެވެ. އަދި އިތުރަށް އަހަރެންނަށް ވާނުވާ ކިޔައިދިނެވެ. އަވަށްޓެރި ޤައުމެއްގައި މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރަށް ޖަލަށްލީ ކުށްވެރިޔާ ހުކުން ކުރިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ރަތްދޫލާގައި ރާއްޖެގެނައީ ކީވެބާވައެވެ؟ އަހަރެންބުނީމެވެ. ޕާކިސްތާނުގައި ހައްޔަރު ކުރި މީހުންގެ އާއިލާގެ މެންބަރުން ގެ ހިތަށް އަރާނީ ކީކޭބާވައެވެ؟ އެމީހުންގެ އިޙްސާސްތަކަށް ކޮޅުފައިން އެރީތާއެވެ. އަހަރެންގެ ކޮއްކޮއެއްގެ ފިރިމީހާ އޭގެތެރޭގައިވެއެވެ. ކޮއްކޮ އާދޭސް ކުރަނީ އެމީހުންނަށް ވާނުވާ އޮޅުން ފިލުވޭނެގޮތެއް ހޯދުމަށެވެ. އެހެން އާއިލާތަކުގެ އިޙްސާސެއް އަހަރެންނަކަން ނޭނގެއެވެ. އަހަރެންނަށް އެނގެނީ ފުރަތަމަ އެމީހުން ހައްޔަރުރި ޚަބާރައެކު އަހަރެންގެ ބައްޕަ ވަރަށް ދެރަވެފައި ޢާއިލާއަށް މިލިބުނު ހިތާމައިގެ ވާހަކަބުނިކަމެވެ. ކުށްކުރާމީހުންނަށް އަދަބުދޭންޖެހޭނެއެވެ. ކުށަކީ ކޮންއެއްޗެއްކަންވެސް މިހާރު އޮޅިއްޖެއެވެ. "ޓެރަރިސްޓުން" މިލަފްޒު އަލުން މުރާޖަޢާ ކުރަން އެބަޖެހެއެވެ.
އަހަރެންގެ ރަހުމަތްތެރިޔާ އެބާޒަށް އެބިހުގެ ތެރޭންނާއި ބޭރުން ވަރަށް ޕުރެޝަރބޮޑު ވާހަކަ ބުންޏެވެ. އަހަރެން އަނެއްކާވެސް ދުރުމި ނަގައި ބިހަށް ބަލާލީމެވެ. ބިސް ތެޅެށް ފަށިފިއެވެ. އަދި ރެނދެންވެސް ލައިފިއެވެ. އެކުވެރިޔާ ބިރުން ތުރުތުރު އަޅަން ފަށައިފިއެވެ. ދެން ވާނީ ކިހިނެއްކަން ނޭނގޭތީއެވެ. އިރުކޮޅަކުން ބިހުގެ ތެރޭން މިނިވަންކަމާއެކު ސިޓީއެއްނެރެފިއެވެ. އޭގައި އެއްޖިންސުން މިނިވަންކަމާއެކު ޖިންސީ ގުނަވަން ބޭނުން ކުރުމުގެ ވިނިވަން ކަމަށް ގޮވާލާފައިވެއެވެ. އިރުކޮޅަކުން ހޯސްލާފައި އެރެނދުން ލޭ ފައިބަންފަށައިފިއެވެ. މީހަކު މަރާލީއޭ ކިޔައި ބިހުގެ ތެރޭން ހަޅޭކުގެ އަޑު އިވުނެވެ. ވަށައިގެން ތިބި ކިޔެވެލި ކިޔަވާމީހުންގެ އަޑުވެސް ގަދަވާން ފަށައިފިއެވެ. ދެން އިވުނީ 17އަހަރުގެ ކުއްޖަކާ ގަދަކަމުން ބަދުއަހުލާޤީ ޢަމަލު ހިންގަނިކޮން 30 އަހަރުގެ މުސްކުޅިއަކު އަތުލައިގެން ކަމަށް މީހަކު ބުނި އަޑެވެ. ބަޔަކުމީހުންވެގެން މީހަކު ރޭޕުކޮށްލައިފިކަމަށްވެސް ބުނާއަޑުއިވުނެވެ. ކޮން ޖިންސެންގެ މީހެއްކަމެއް ނުބުނެއެވެ.
އަހަރެންގެ ހިތައްވެސް ބިރުވެރިކަން ވަދެއްޖެއެވެ. ކައިރީގައި އިން މީހާއަށް ބަލާލިއިރު އިނީ ފެންކަޅިވެފައެވެ. އޭނާބުނީ އެވަރުންވެސް އިސްލާމީ ޝަރީޢަތާ އެމީހުން ދެކޮޅުހަދަނީ ކީއްބާވައެވެ؟ އޭނާ އަހަރެންނާ ސުވާލުކޮށްލިއެވެ. ބާޒު ހާއްޔަށް އަންނަ ކޮންމެ ފަހަރަކު ބިހުގެ ތެރޭގައި ތިބި މީހުން މިނިވަންކަން ނުލިބިގެން ޕުރެޝަރ ކުރާތީވެ ބާޒު ވަރަށް ހާއްޔަށް ނާންނަކަމަށް އަހަރެންގެ ރަހުމަތްތެރިޔާ ބުންޏެވެ. ގަދަކަމުން ބިސްތަޅާލައި އެމީހުން އެބުނާ މިނިވަން ކަން ހޯދައިދިނުމަށްޓަކައި ދުނިޔޭގެ އެކި ކަންކޮޅުތަކުން މީސްތަކުން ޖަމާވަމުންދާ ވާހަކަވެސް ބުންޏެވެ. އެދުވަސް ދެކެބިރުގަންނަމީހުން ތިބީ ކުރާނެކަމެއް ނޭނގިފައެވެ.
އަހަރެން ބުނީމެވެ. އަހަރެމެންގެ ތެރެއިން ކޮންމެވެސް މީހަކު ބާޒަށް ވިސްނަދެވޭތޯ އުޅޭނަމައެވެ. އޭރުން ފަހަރެއްގައި އެބިސް ގެންގޮސް ޔޫރަޕުގެ ޤައުމަކަށް ނުވަތަ ސަދޫމުމީހުން އުޅުނުތަނަށް އެއްލާލަފާނެއެވެ. އެސުވާލުގެ ޖަވާބުގައި އަހަރެންގެ ރަހުމަތްތެރިޔާ ބުނީ ފަހަރެއްގައި އެ ބިސްދެކެ ބާޒު މާލޯބި ވަނީކަންނޭގެއެވެ.
އަހަރެންގެ މޫނުމައްޗަށް ފިނިވައިރޯޅިއެއްގެ އިޙްސާސްވިއެވެ. އެއާއެކު ތަކުބީރުގެ ކަލިމައިން މުޅިތަން ގުގުމާލިއެވެ. އެގޮވީ ބަންގިއެވެ. އަހަރެމެން ދެމީހުން މިސްކިތަށް ދިޔުމަށްޓަކައި ހިނގައިގަތީމެވެ. މިސްކިތާ ކައިރިވަމުން ދިޔައިރު މިދެވެނީ ބިހާވެސް ދުރަށެވެ. މިސްކިތަށްގޮސް ބިސް އޮތްދިމާބަލާލީމެވެ. ބިހެއްނުފެނެއެވެ. ނަމަވެސް ބިސް އެތާއެބައޮތެވެ. އަހަރެންގެ ލޮލަށް ނުފެންނަނީއެވެ. ބިސް އެތަނުން އެއްލާލާވަރުގެ ދީނީ ވައިރޯޅިއެއް އަންނަނަމައެވެ. ނޫންނަމަ ބިސް ވިހެއުމުގެ ކުރީން ބިސްވެއްޓި ތެޅޭނެނަމައެވެ.

2 comments:

  1. baazakah neygeytha mihaaru democracy kamey? bihugathibi minority ey.. beyruga miulheni majority ey. veema mifaharu engeyne miai aslu democracy tho nooni missionary tho. ahannaki kurin baza eykoh ulhunu hogulhaey.

    ReplyDelete