ފެންބޯތަށި

ފެންބޯތަށި
މުޙައްމަދު ސިރުޙާން
އަހަރެން އިންސާނާއަށް ވަރަށް ގިނައިން އެހީވަމެވެ. އެކަމަކު އެމީހުން އަހަރެން ބަހައްޓާފައި ހުންނަނީ އެކޮޅުކޮޅުންނެވެ. އަދި ބައެއްފަހަރު ތަނެއްގައި ބަންދު ކޮށްފައިވެސް ބަހައްޓަފާނެއެވެ. އިންސާނާ އަހަރެންގެ މަތީން ހަދާންވަނީ ފެން ބޮވައިގަތީމައެވެ. ނުވަތަ އިންސާނުން އެބައިމީހުން ކެއުމަށް އިންސާފު ކުރާ އިރުއެވެ. އަހަރެން އިންސާނުންނަށް އެހީވުމުގައި އެތައް ޒަމާނެއް ހޭދަކޮށްދީފީމެވެ. މުއްސަނދި މަހުޖަނުންނާއި ފަޤީރުން އަހަރެންގެ ބޭނުންކުރެއެވެ. އަހަރެންގެ ހަށިގަނޑު އުފެދިފައި ހުންނަނީ ތަފާތު މާއްދާ ތަކުންނެވެ.
އަހަރެންގެ ޢާއިލާގެ ގިނަ މެންބަރުން އުފެދިފައި ހުންނަނީ ވަރަށް ސާފު އަދި އެތެރޭގައި ހުންނަ އެއްޗެއް ބޭރަށް ފެންނަ ކަހަލަގޮތަކަށެވެ. މިޒަމާނަކަށް އައިސް އަހަރެން ތަފާތު ސިފަސިފާގައި ހަދާއުޅެއެވެ. އަހަރެމެންގެ ގައިގާ ތަފާތު ކުރެހުންތައް އަޅާފައި ހުރެއެވެ. ގެތަކުގެ ސިޓިންރޫމުތައް ފަޅުފިލުވުމާއި ކޮޓަރިތައް ޒީނަތްތެރި ކުރުމުގައި އަހަރެންގެ ބޭނުން ހިފައެވެ. އަހަރެންގެ ހަށިގަނޑު ފަރުމާކުރުމުގައި އެންމެ ބޮޑަށް ބަލަންޖެހޭ ޝަރުތަކީ އަހަރެންނަށް ދިޔާ އެއްޗެތި ހިފެހެއްޓޭގޮތަށް ފަރުމާކުރުމެވެ. މިހުރިހާކަމަކަށް ބަލާއިރު އަހަރެންނަކީ އިންސާނާގެ ވަރަށް ގާތް ރަޙުމަތްތެރިއަކީމެވެ. އަހަރެންގެ އަނގައިން އިންސާނާއަށް ފެނާއި ޖޫސްފަދަތަކެތި ދެމެވެ. އަހަރެންނާއި މުޢާމަލާތުކުރުމުގައި އިސްލާމްދީނުގައި ޚާއްޞަ ޤަވާއިދުތަކެއް ވެއެވެ. އަހަރެންގެ ބޭނުންހިފާއިރު އަހަރެންގެ ގައިގާ ހިފަން ޖެހެނީ ކަނާއަތުންނެވެ. އަދި އިށީނދެ އިނދެ، އަދި އަހަރެންގެ ބޭނުން ކުރަން ފެށުމުގެ ކުރީން ބިސްމިﷲ ކިޔުމާއި އަހަރެންގެ ބޭނުންކުރުން ތިންނޭވާއަށް ބަހާލުންވެސް ހިމެނެނީ އަދަބުތަކުގެ ތެރޭގައެވެ. އަހަރެން މަރުވުމުން އަހަރެންގެ ކަށިތަކަށް ހިތުހުރި ގޮތަކަށް ކަންތައް ނުކުރާށެވެ. މަގުމައްޗަށް އަހަރެންގެ ކަށިތައް އުކާނުލާށެވެ. އަހަރެންގެ ކައްޓަކީ ވަރަށް ތޫނުއެއްޗެކެވެ. ފަހަރެއްގައި އޭގެ ކައްޓަކަށް ހެރި ފައިގެ ތަނެއް ކަނޑައިގެން ހިނގައިދާނެއެވެ. ތިޔަ ހީވެލެއްވީ ރަނގަޅަށެވެ. އަހަރެންނަކީ ތިބާގެ އެކުވެރި ފެންބޯތަށި ނުވަތަ ބިއްލޫރިތައްޓެވެ. ތިބާ މިލިޔުން ކިޔުމުގެ ކުރީގައި އަހަރެންނާ މުޢާމަލާތު ކުރެވިފައި ވަނީ އިސްލާމް ދީނުގެ ރިވެތި އަޚުލާޤާއި ޚިލާފަށް ކަމަށް ވާނަމަ، އެގޮތް ބަދަލުކޮށް އިސްލާމްދީނުގައި އަހަރެންނާއި މުޢާމަލާތު ކުރަން އަންގަވާފައި ވާގޮތަށް މުޢާމަލާތު ކުރާށެވެ. ތިބާ ވޭތުވެދިޔަ ތަނުގައި އަހަރެންނާ މުޢާމަލާތު މިގޮތަށް ނުކުރީ ނޭނގިގެން ކަމުގައިވާނަމަ އަހަރެން ތިބާއަށް މަޢާފުކޮށްފީމެވެ. އެކަމަކު ދެން އެންމެ އަވަހަށް ބައްދަލުވާ ގަޑީގައި ތިޔަ އެކުވެރިޔާ ކަން ކުރާގޮތް ބަލާނަމެވެ. މިހާރު މި އިނީ ބައްދަލު ވާނެ ގަޑިއަކަށް އިންތިޒާރު ކޮށްކޮށެވެ.


Comments

Post a Comment

Popular posts from this blog

'Pastafarian' wins religious freedom right to wear pasta strainer for driving licence

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ