މުޖްތަމަޢު އޭގެ މައްޗަށް ބިނާވެފައިވާ ލޭނާރު

މުޙައްމަދު ސިރުޙާން
"އޭ އާދަމުގެ ދަރިޔާއެވެ. ތިބާއަކީ ވަޤުތުތަކެކެވެ. ތިބާގެ ޙަޔާތުން ދުވަހެއް ފާއިތުވެގެން ހިނގައްޖެނަމަ ތިބާގެ ބައެއް އުނިވެގެން ދިޔައީއެވެ."
މިޔަދާއި ހަމަޔަށް އަޅުގަނޑުމެންގެ ކިބައިން ކިހާ ބައެއް އުނިވެގެން ހިނގައްޖެތޯއެވެ؟ ބާކީ އޮތީ ކިހާވަރެއްތޯއެވެ ؟ މިދުނިޔެ މައްޗަށް ނޭވާލާނީ ކިތައް ދުވަހު ތޯއެވެ؟

ކެއްކި ބޮނޑިބަތްއެތީގެ ހޫނުކަން ނުކެނޑެނީސް އެބައިވެސް އުނިވެގެން ހިގައިދާނެއެވެ. އެއީ މިކާއިނާތުގެ ޤާނޫނެވެ. އެކަމާ ދެކޮޅަށް ތެދުވެވޭނީ ކޮންފަރާތަކަށް ހެއްޔެވެ؟ ބުއްދިވެރީންނަކީ ޙަޔާތުން ފާއިތުވި ބައިން ޢިބުރަތް ޙާޟިލްކޮށް ކުރިޔަށް އޮތްތާގައި ހިތްވަރާ ޢަޒުމާ އެކު ކުރިއަށްދާ މީހުންނެވެ. ފެންތައްޓެއް ބިމަށް ވެރުމުން އެކަމާ ހިތާމަ ކުރުމަކީ ތިމާގެ ނަފުސަށް ގެއްލުންދިނުން ނޫން ދެން ކޮންކަމެއްތޯއެވެ ؟ ޙަޔާތުން ފާއިތުވި ދުވަސްތަކާމެދު ރޮއެ ހިތާމަކުރިއަސް، އެދުވަސްތައް އަނބުރައި ނާންނާނެއެވެ. ޙަޔާތުގެ ބާކީ އޮތް ދުވަސްކޮޅު ހިތްވަރާއި ޢަޒުމާ އެކު ﷲ ގެ ރުހިވޮޑިގަތުން ލިބޭ މަގުން ހިނގޭތޯ ބައްލަވާށެވެ. އޭރުން އެދެވެނީ އެއިލާހުގެ ރަޙްމަތާ ދިމާއަށެވެ. ތިބާ ކުރާ ކޮންމެ ކަމެއްވެސް ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށްޓަކައި ކުރެވިއްޖެނަމަ އެ އަދާކުރެވުނީ ޘަވާބު ލިބިގެންދާނެ އަޅުކަމެކެވެ. އެއީ ކިތަންމެ ކުޑަ ކަމެއް ކަމުގައި ވިޔަސް މެއެވެ. ތިބާގެ އަޚާއަށް ދިއްކޮށްލެވޭ އެހީގެ އަތްވެސް، ތިބާގެ ނިޔަތް ރަނގަޅު ކޮށްފިނަމަ އަޅުކަމަކަށް ބަދަލުވެގެންދެޔެވެ. އަހަރެމެން ﷲ ގެ އަޅުން، އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިވާންވީ ކޮންކަހަލަ ކަންތައްތަކެއްގައިތޯ މިސުވާލުގެ ޖަވާބު އަހަރެމެން ހެއްދެވި ފަރާތުން އެއިލާހުގެ ކީރިތި ފޮތުގެ މޫރިތި އާޔަތެއްގައި ވަރަށް ސާފުކޮށް ބަޔާންކުރައްވާފައިވެއެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى وَلاَ تَعَاوَنُوا عَلَى الإِثْمِ وَالْعُدْوَانِ (سورة المائدة 2)
"އަދި ހެޔޮކަންތައްތައް ކުރުމަށާއި ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީތެރިވެ ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި ޢަދާވާތްތެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ ވާގިވެރި ނުވާށެވެ!"
ތިބާ މީހަކަށް ރަނގަޅު މަގަށް ގޮވާލައި ނަޞީޙަތްތެރިވެ އެނަޞީޙަތުގެ ސަބަބުން އޭނާ އިޞްލާޙުވެއްޖެނަމަ އިޞްލާޙުވިމީހާ ކުރާ ހެޔޮ ޢަމަލުތަކުގެ ޘަވާބު ނަޞީޙަތްދިން މީހާއަށް އެއްވެސް އުނިވުމެއްނެތި ލިބިގެންދެއެވެ. ނަމަވެސް މީހަކަށް ފާފައެއް ކުރުމުގައި އެހީތެރިވެ ވާގިވެރިވެއްޖެނަމަ އޭނާއެކޭ އެއްފަދައިން ތިބާވެސް ފާފަވެރިވެގެންދެއެވެ.
އިންސާނުންނަކީ އޭނާ މި ޙަޔާތުގެ ދުވަސްތައް ހޭދަކުރުމުގައި އެކަކު އަނެކެއްގެ އެހީތެރިކަމަށް ބޭނުންޖެހިފައިވާ ބަޔެކެވެ. ބަނޑުފުރާނަ މުއްތިކުރުމުގައެވެ. ދަތި އުނދަގޫ ތަކާ ދުރަށް ދިއުމުގައެވެ. މިގޮތުން ވެވޭ އެހީތެރިކަން ބެހިގެންދަނީ ދެބަޔަކަށެވެ. އެއީ ޙިއްސީ ގޮތުން ވެވޭ އެހީތެރިކަމާއި މަޢުނަވީގޮތުން ވެވޭ އެހީތެރިކަމެވެ. މުޖުތަމަޢެއްގެ މަރުވުމާއި ދިރުން ގުޅިފައިވަނީ އެމުޖުތަމަޢެއްގެ އަފުރާދުންގެ މެދުގައި ވާ ގުޅުމާއި އެހީތެރިކަމުގެ މައްޗައްށެވެ. އެކަމުގެ ސަބަބުން ދޭދޭ ފަރުދުންގެ މެދުގައިވާ ގުޅުން ވަރުގަދަވެ ލޯތްބާއި ރަޙުމް އުފެދިގެންދެއެވެ. އެކަމުގެ ސަބަބުން މައިންބަފައިންނާއި އަނބިދަރީންގެ މެދުގައި ވާގުޅުން ވަރުގަދަވެ އުޖާލާވެގެން ދެއެވެ. މުޖުތަމަޢު ތައް ބިނާވެފައިވަނީ ޢާއިލީ ގުޅުންތަކުގެ ބިންގަލުގެ މަތީގައެވެ.
އިންސާނާގެ ވަށައިގެންވާ ކޮންމެ އެއްޗެއްވެސް ވަނީ އެކަތިއަނެކައްޗަށް ބޭނުންޖެހި އެކަތިއަނެކައްޗާއި ގުޅިލާމެހިފައެވެ. ގަސްގަހާއިގެއްސާއި ރަށްރަށް ހެދި ބޮޑު ވުމުގައެވެ. ވާރޭވެހުމާއި ކަނޑު އަޑީގެ ޤާނޫނުތަކުގައެވެ. މިއީ އަޅުގަނޑުމެންގެ ހަށިގަނޑުގެ އެތެރޭގެވެސް ޤާނޫނެވެ. ނޭވާލުމުގެ ނިޒާމާއި ކާބޯތަކެތި ހަޖަމު ކުރުމުގައެވެ. ހިތާއި ސިކުނޑީގެ އެހީތެރިކަމެވެ. އަޅުގަނޑުމެންނަށް އިޙްޞާޞް ނުވިކަމުގައިވިޔަސް މި ގުނަވަންތަކުގެ އެހީ އަޅުގަނޑުމެންނަށް އަބަދާއި އަބަދު ލިބިލިބި ހުރެއެވެ. އަޅުގަނޑުމެންގެ ބޭރުން ފެންނަށް ހުންނަ ގުނަވަން ތަކުން ހިފޭބޭނުންވެސް އަޅުގަނޑުމެންނަށް އިޙްޞާޞްވަނީ ގުނަވަނަށް ކަމެއް ދިމާވެ ބޭނުން ނުކުރެވޭގޮތް ވީމައެވެ.
އަޅުގަނޑުމެން ރައްކާތެރި ވާންވީ އަޅުގަނޑުމެންގެ އެތެރެޔާއި ބޭރުގެ ގުނަވަންތަކުން ފާފަތަކަށް އަރައި ނުގަތުމަށެވެ. މިދުނިޔޭގައި އެހީތެރިވި ގުނަވަންތައް މާދަމާ އާޚިރަތުގެ ހިސާބު ބެއްލެވޭ އިރު އަޅުގަނޑުމެންނާ ދެކޮޅަށް ހެކި ދިނުމަށް އެތިބީ ތައްޔާރު ވެގެންނެވެ.
ނަފްސު ބިނާވުމާއި މުޖުތަމަޢު ބިނާވުމުގައިވެސް ތަފާތު އެހީތަކަށް ބޭނުންޖެހެއެވެ. މިދެންނެވި ފަދަ އެހީތައް ބައެއް ފަހަރު ފައިދާލިބޭ ވިޔަފާރިއަށްވެސް ބަދަލުވެއެވެ. ހަމައެފަދައިން ތަފާތު ވަޒީފާތައްވެސް އުފެދިގެންދެއެވެ. މިސާލަކަށް ކާބޯތަކެތި ވިއްކާ ފިހާރަތަކާއި އަންނައުނު ވިއްކާ ފިހާރަތަކެވެ. ދަރީންނަށް ކިޔަވަދިނުމަށް ޓީޗަރުންނާއި ބޯހިޔާވަހިކަން ހޯދުމަށްޓަކައި ބިނާކުރެވޭ ތަންތައް ހެދުމަށް ޓަކައި ޢިމާރާތް ކުރާ މީހުން ނެވެ. މިފަދަ ވަޒީފާތަކުގެ ސަބަބުން މުޖުތަމަޢުގައި ދިރިއުޅޭ މީހުންނަށް ދިރިއުޅުމުގައި ލުއިފަސޭހަވެއެވެ.
އަޅުގަނޑުމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ "މުއުމިނު މީހާއަށް ދިމާވެފައިވާ ދުނިޔަވީ ހިތާމައެއް އޭނަގެ ކިބައިން ފިލުވައިދީފި މީހާއަށް، އެމީހާގެ ކިބައިން ޤިޔާމަތް ދުވަހުގެ ހިތާމަތަކުގެ ތެރެއިން ހިތާމައެއް ﷲ ފިއްލަވައި ދެއްވަވާނެތެވެ. އަދި ދަތި ޙާލެއްގައިވާ މީހެއްގެ މައްޗަށް ފަސޭހައެއް ކޮށްދީފި މީހާއަށް ދުނިޔެއާއި އާޚިރަތުގައި ފަސޭހަ ކުރައްވަވާހުއްޓެވެ. އަދި މުސްލިމެއްގެ ޢައިބެއް ފޮރުވައިދީ ނިވާ ކޮށްދީފިމީހާއަށް ދުނިޔެއާއި އާޚިރަތުގައި ނިވާކުރަށްވާނެތެވެ. އަޅަކު އޭނަގެ މުސްލިމު އަޚާއަށް ވާގި ދިނުމުގައި ދެމިގެންވާހައި ހިނދަކު، މާތް ﷲ އެއަޅާއަށް ވާގި ދެއްވުމުގައި ވޮޑިގެން ވެއެވެ."
އަދި އެހެން ޙަދީޘެއްގައި ވެއެވެ. "އެދުވަހަކު އިރުއަރައިފި ކޮންމެ ދުވަހަކު، މީހާގެ ހަށިގަނޑުގައިވާ ކޮންމެ ހުޅެއްގެ މައްޗަށް ޞަދަޤާތެއްވެއެވެ. ފަހެ ދެމީހެއްގެ މެދުގައި ޢަދުލުވެރިކޮށް ކަމެއް ހިންގައިފިނަމަ އެއީ ޞަދަޤާތެކެވެ. މީހެއްގެ ސަވާރީ މަތީގައި އެއްޗެއް އުފުލުމުގައި އެހީތެރިވެއްޖެނަމަ ނުވަތަ އެމީހާގެ މުދާ އެމައްޗަށް އަރުވައިދީފިނަމަ އެއީ ޞަދަޤާތެކެވެ. އަދި ހެޔޮ ބަހަކީ ޞަދަގާތެކެވެ. ނަމާދަށް ދިޔުމަށްޓަކައި އަޅާ ކޮންމެ ފިޔަވަޅަކީ ޞަދަގާތެކެވެ. މަގުމަތީގައި މީހުންނަށް އުނދަގޫ ވާގޮތަށް ހުންނަތަކެތި ދުރުކުރުމަކީ ޞަދަގާތެކެވެ."
އަދިވެސް ޙަދީޘްކުރެއްވިއެވެ. "ކޮންމެ ތަސްބީޙަ އަކީ ޞަދަގާތެކެވެ. އަދި ކޮންމެ ތަކުބީރަކީ ޞަދަގާތެކެވެ. ކޮންމެ ޙަމްދުކުރުމަކީ ޞަދަގާތެކެވެ. ކޮންމެ ތަހްލީލެއް ކިއުމަކީ ޞަދަގާތެކެވެ. ހެޔޮ ކަންކަމަށް އަމުރު ކުރުމާއި ނުބައި ކަންކަން މަނާ ކުރުމަކީ ޞަދަގާތެކެވެ."
އަދިވެސް އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ. "މީހަކު މަގެއްގައި ހިގާފައި ދަނިކޮށް ވަރަށް ބޮޑަށް ފެންބޮވައިގަނެ ކަރުހިއްކައިގަތެވެ. އަދި އެޙާލުގައި ވަނިކޮން ފެންވަޅެއް ފެނިގެން ވަޅަށް ފައިބާ ފެންބުއެވެ. ފެންބޮއެ ނިމިގެން ވަޅުން އެރި ހިނދު ކަރުހިއްކައިގަނެގެން ކަރުހިއްކުން ފިލުވުމަށް ޓަކައި ދޫ ބޭރަށް ނެރެ ޗަކަގަނޑުގައި ދޫ ހާކަން އޮތް ކުއްތާއެއް ފެނުނެވެ. އޭނަ ބުންޏެވެ. "އަހަރެން ކަރުހިއްކި ވަރަށް އޭތިވެސް އެވަނީ ކަރުހިކި ފެނަށް ބޭނުން ވެފައެވެ." ވީމާ އެމީހާ އަނެއްކާވެސް ވަޅަށް ފޭބިއެވެ. އަދި ރަބަރު އިސްޓާކީނަކަން ފެން އަޅައިގެން ދަތުން ހިފަހައްޓައިގެން އަރާ ކުއްތާއަށް ފެން ބޯންދިނެވެ. ﷲ އޭނާގެ އެ ޢަމަލު ޤަބޫލުކުރައްވައި އޭނާގެ ފާފަތައް ފުއްސަވައިދެއްވެވިއެވެ. ސަޙާބީން ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ! ޖަނަވާރުންނަށް އޯގާތެރިވުމުން އަހަރެމެންނަށް ޘަވާބުލިބޭތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ.' ހުރިހާ ދިރޭތަކެއްޗަށް އޯގާތެރިވުމުން ޘަވާބު ލިބިގެންވެއެވެ. އަދި އެހެން ރިވާޔަތެއްގައި ވެއެވެ "އޭނާގެ އެ ޢަމަލު ﷲ ޤަބޫލުކުރައްވައި އޭނައަށް ފާފަތައް ފުއްސަވައިދެއްވައި ސުވަރުގެ އަށް ވެއްދެވިއެވެ."
އަޅުގަނޑުމެން އެކަކުއަނެކަކަށް އުފާވެރި ބަސްތައް ބުނުމާއި ހިތްވަރުދީ އުޅުމަކީ ވެސް އެހީތެރިވުމެކެވެ. އެގޮތުން މީހަކަށް ފޯރުކޮށްދެވޭ ބަހަކީ އޭނަގެ ކާމިޔާބުގެ ސަބަބަކަށްވެސް ވެގެން ހިގައިދާނެއެވެ.
ކީރިތި ޤުރްއާނާއި މާތް ނަބިއްޔާގެ ސުއްނަތުގައި އެހީތެރިވެ އުޅުމުގެ އެތަކެއް މިސާލުތައް ވެއެވެ.
ދީނަށް ދަޢުވަތު ދެއްވެވުމުގައި މޫސާގެފާނަށް ހާރޫނުގެފާނުގެ އެހީތެރިކަން ލިބިވަޑައިގަތެވެ. ގެފުޅު ބިނާކުރެއްވެވުމުގައި އިބުރާހީމުގެފާނަށް އިސްމާޢީލުގެފާނު އެހީތެރިކަން ލިބިވަޑައިގަތެވެ. ސުލައިމާނުގެފާނުގެ ވާހަކައިގައި ސަބާގެ ރަނިކަމަނާ އިސްލާމް ވުމަށް ދިމާވި ސަބަބަކީ ހުދުހުދެވެ . އެންމެ ހިންޏެއްގެ ސަބަބުން ވާދީގައިވި ހިނިތައް ސަލާމަތް ވެގެން ދިޔައެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ސުއްނަތުގައިވެސް މިފަދަ އެތައް ބައިވަރު މިސާލުތައް ވެއެވެ. މިސްކިތް ބިނާ ކުރެއްވުމުގައެވެ. ހަނގުރާމަތަކުގައެވެ. މޫސާގެފާނުގެ ސަބަބުން މިއުއްމަތަށް ފަންސާސް ނަމާދުން ފަސް ނަމާދަށް ދުވާލަކު ކުރަންޖެހޭ ނަމާދުގެ ޢަދަދު މަދުވެގެން ދިޔައެވެ. އެހީތެރިކަމުގެތެރޭގައި އެކަކު އަނެކަށް ކުރެވޭ ހެޔޮ ދުޢާތައްވެއެވެ. ކޮންމެނަމާދެއްގައި އަޅުގަނޑުމެން ހުރިހާ ޞާލިޙް އަޅުންނަށްޓަކައި ދުޢާކުރަމުއެވެ.ޖަމާއަތުގައި ކުރެވޭ ނަމާދު އެކަނި ކުރެވޭ ނަމާދަން ވުރެ އެތައް ގުނައެއް ޘަވާބު އިތުރުވެގެން ވެއެވެ. ޖިހާދު ކުރުމާއި ޙައްޖުގެ މަތިވެރި އަޅުކަމަކީ އެކުވެރިކަމާއި އެހީތެރިކަމާއި އެކަތިގަޑަކަށް ވެ ތިބެ ކުރެވޭ މަތިވެރި އަޅުކަން ތަކެވެ.
ބަޔެއް ކަންކަމަކީ އެއްބަޔަކު ކުރުމުން އެހެން މީހުން ފާފަވެރިވުމުން ސަލާމަތް ވާ ކަންކަމެވެ. އެކިއެކި ޢިލްމީ މައިދާން ތަކުގައިވެސް އެހީތެރިކަމަކީ ވަރަށް މުހިންމު ކަމެކެވެ. ސައިންސާއި ޓެކްނޮލޮޖީގެ އެކިއެކި ރޮނގުތައް ކުރިއަރައިގެން ދިޔައީ އެކަމުގެ ސަބަބުންނެވެ.
ޙާލުގައިޖެހިފައިވާ މީހުންނާއި ނުކުޅެދޭ މީހުންނަށް އެހީތެރިވުމާއި މީސްތަކުން ޖަހާލަތުގެ އަނދިރިކަމުން ނެރުމަކީ އެހީތެރިކަމުގެ ކުންނެވެ. ހިކުމަތްތެރި ބަހެއްގައިވެއެވެ. "ތިބާ މީހަކަށް މަހެއް ދީފިނަމަ، އެއްދުވަހު އޭނައަށް ކާންދެވުނީއެވެ. ތިބާ އޭނައަށް މަސް ބާނާނެގޮތް ދަސްކޮށްދީފިނަމަ އޭނައަށް އުމުރު ދުވަހު ކާންދެވުނީއެވެ."
އަޅުގަނޑަށް ތިޔަ އަޚާއަށް އެހީއެއް ފޯރުކޮށް ދެވިއްޖެތޯއެވެ؟ ނުދެވޭނަމަ މިއީ ހަމަ ޔަޤީނުންވެސް އެހީއެކެވެ. މާތް ﷲ ތިޔަ އަޚާއަށާއި އަޅުގަނޑަށާއި އެންމެހާ މުސްލިމުންނަށް ހެޔޮރަޙްމަތް ލައްވަވައި ފާފަތައް ފުއްސަވާދޭނވެ! އާމީން.

Dear Mohamed siruhan
ReplyDeletewe would like to publish some of ur articls in our blog Dhiburunnu.blogspot.com.
Do you have any problem? If not please send to us an e-mail to dhiburunu@gmail.com.
Thank you
Dhiburunu Team ( dhiburunu.blogspot.com)
dhiburunu@gmail.com
ok, u can publish
ReplyDelete