ފަލަސްޠީނޫގެ ޙާލުގެ ދުލުން
ފަލަސްޠީނޫގެ ޙާލުގެ ދުލުން
މުޙައްމަދު ސިރުޙާން
އެކިއެކި ޒަމާންތަކުގައި، الله ގެ ދީނަށް ގޮވާލުމަށްޓަކައި ނަބީންނާއި ރަސޫލުން ފޮނުއްވެވިއެވެ. އޭގެތެރެއިން ބައެއް ބޭކަލުންގެ މާތް ފައިންޕުޅުތައް އަހަރެންގެ ހަށިގަނޑުގައި ބީހުނެވެ. އަހަރެންގެ މަތިވެރިކަން الله ގެ ކަލާމްފުޅު ކީރިތި ޤުރުއާން ބައްލަވާލެއްވުމުން ފެނިވަޑައިގަންނަވާނެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ.
"سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلًا مِنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آَيَاتِنَا إِنَّه هُوَ السَّمِيعُ الْبَصِيرُ "(سورة الإسراء)
މާނައީ : އަލްމަސްޖިދުލް ޙަރާމުން އަލްމަސްޖިދުލް ޢަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އެއީ އެތާގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
އެންމެ ފަހުން އެކަލާނގެ ރިސާލަތައިގެން ވަޑައިގެންނެވި ރަސޫލު ޞައްލަالله ޢަލައިހި ވަސައްލަމް އެކަލޭގެފާނުގެ އިސްރާއާއި މިޢުރާޖުގެ ޙާދިޘާގައި އަހަރެންނަށް ޒިޔާރަތް ކުރެއްވިއެވެ. އަދި އަހަރެންގެ ހަށިގަނޑުގެ މަތީ ބިނާކުރެވިގެންވާ މަސްޖިދުލް އަޤްސާއަކީ ދަތުރު ހަދައިގެން އެތަނަކަން ދަތުރުކުރުން ހުއްދަ ތިން މިސްކިތުގެ ތެރެއިން އެއްމިސްކިތްކަމާއި އެތާގައި ކުރެވޭ ނަމާދުގެ މަތިވެރިކަން އަންގަވައި ޚަބަރުކުރެއްވިއެވެ. އަދި އެއީ މުސްލިމުންގެ ފުރަތަމަ ޤިބުލަވެސް މެއެވެ. އެކަލޭގެފާނަށްފަހު އެކަލޭގެފާނުގެ މަތިވެރި ބައެއް ޞަޙާބީން ވަނީ އަހަރެންނަށް ޒިޔާރަތްކޮށް އަހަރެންގެ ހަށިގަނޑުގައި އެމާތް ފައިންޕުޅުތައް ބީއްސަވައިފައެވެ. އަހަރެން ކާފިރުންގެ އަތްމައްޗަށް ދިއުމަށްފަހު، އަހަރެންގެ ވެރި ރަސްކަލާނގެއަށް އީމާންވެގެން ތިބި މަތިވެރި މުޖާހިދުން އަހަރެން އަނބުރާ މުސްލިމުންނަށް ހޯދައިދިނެވެ. އެއީ އެބައިމީހުން އަހަރެން ދެކެވާ ޙަޤީޤީ ލޯބި ހާމަކޮށްދޭ ކަމެކެވެ. ޞަލާޙުއްދީން އައްޔޫބީ ފަދަ ހިތްވަރުގަދަ މުޖާހިދުންނެވެ. އަހަރެންގެ ވެރި ރަސްކަލާނގެ އަށް ޝަރީކުކޮށް، އެކަލާނގެއަށް ދަރީން ނިސްބަތްކޮށް، އެކަލާނގެ އަށް ފަޤީރުކަމާއި ދަހިވެތިކަން ނިސްބަތްކޮށް، ކާފިރުވެގަތް މީހުން، އަހަރެންގެ މައްޗަށް ސަވާރުވެ އަތްގަދަކޮށްގެން އެބައިމީހުން އަހަރެންގެ ހަށިގަނޑުގައި ހެލިފެލިވެ އުޅުން އެއީ އަހަރެން ހާދަ ހިތާމަކުރާ ކަމެކެވެ. އަހަރެންގެ މިއާދޭހުގެ އަޑު، އަހަރެންގެ ވެރިރަސްކަލާނގެއަށް އީމާންވެގެން ތިބި މުސްލިމުންނަށް އިވޭނެނަމައެވެ. އަހަރެންގެ ހަށިގަނޑުގެ މަތީގައި ބިނާކުރެވިފައިވާ މިސްކިތްތަކާއި މުސްލިމުންގެ ގެދޮރުތައް ތަޅާ ސުންނާފަތިކޮށް ކާފަރުންގެ ފައްޅިތަކާއި އެބައިމީހުންގެ ގެދޮރުތަށް ބިނާކުރުމަކީ އަހަރެން ހާދަ ހިތްދަތިވާ އަދި ތަހައްމަލުކުރަން ދަތިކަމެކެވެ. އަހަރެންގެ މި ކެކުޅުމުގެ އަޑު އަހަރެންގެ ލޯބިވާ އަޚުންނާއި އުޚުތުންނަށް އިވޭނެނަމައެވެ. އަހަރެންގެ ހަށިގަނޑުގެ މައްޗަށް އޮއްސާލެވޭ ކޮންމެ ބޮންތަކެއްގައި އެތަކެއް މުސްލިމުން މަރުވެ، އެބައިމީހުން ބުރަމަސައްކަތުން ދާ އޮހޮރުވައިގެން ބިނާކޮށްފައިވާ ގެދޮރުތައް ބިމާ ހަމަވަމުން ދަނީއެވެ. އެބައިމީހުންގެ ހަށިގަނޑުން އޮހޮރިގެން ދާ ލޭތަކުން އަހަރެންގެ ހަށިގަނޑުމަތީގައި ކޯރުހެދެނީއެވެ. ދާދި އިހަކަށްދުވަހު އަހަރެންގެ ހަށިގަނޑުގައި ބީހި އުޅުނު ތުއްތު ތުއްތު ފައިތައް އަހަރެންނާއި ވަކިވެގެން ދިޔައީއެވެ. އެކުދީންގެ ލޯބިލޯބި އަތްތަކުން އަހަރެންގެ ހަށިގަނޑުގައި ބީހި، ބިނާކުރި ވެލީގެ ގެތައް އަދިވެސް ފެންނަށް އެހެރީއެވެ. އެ ލޯބިލޯބި މައުސޫމު ހަށިތައް އަހަރެންގެ ހަށިގަނޑުމަތީގައި މަރުވަނީއެވެ. މަރުވެގެންދާ ހަށިތައް އަހަރެންގެ ހަށިގަނޑުގެތެރޭގައި ފޮރުވާލަދޭށެވެ. ދުޝްމަނުންގެ ޙަމަލާތަކުން މަރުވެގެން އެދާ ކުދީންނާއި މީހުންނާއި މެދު އަހަރެން ހިތާމައެއް ނުކުރަމެވެ. الله އިރާދަކުރެއްވިއްޔާ އެއީ ޝަހީދުންނެވެ. އަހަރެންގެ ހިތާމައަކީ އަހަރެންނާއި އެމަރުވެގެންދާ މުސްލިމުންގެ ލޯބިވާ الله އަށް އީމާން ވެގެންތިބި މުސްލިމުންނަށް އަހަރެންގެ ދިފާޢުގައި އެއްވެސް ކަމެއް ނުކުރެވޭތީ އެވެ. އަހަރެން ބިރުގަންނަނީ އަހަރެންގެ ވެރިރަސްކަލާނގެ އަށް ކާފިރުވެގެންވީ މީހުން އަހަރެންގެ މައްޗަށް ސަވާރުވެ އަތްގަދަކޮށްފާނެތީއެވެ. އެބައިމީހުންގެ ނަޖިސްތައް އުފުލުމަކީ އަހަރެން ހާދަ ހިތާމަކުރާކަމެކެވެ. އަހަރެންގެ ލޯބިވާ މުސްލިމް އަޚުންނާއި އުޚުތުންނެވެ. އަހަރެން ކާފިރުންގެ އަތްދަށުން ސަލާމަތް ކޮއްދެއްވާތޯ ދުޢާ ކޮށްދޭށެވެ. އަހަރެންގެ ހަށިގަނޑުގެ މަތީގައި ޙާލުގައި ޖެހިފައިވާ ތިޔަބައިމީހުންގެ އަޚުންނާއި އުޚުތުންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަދޭށެވެ. އަހަރެންނަކީ ތިޔަ އަޚުންނާއި އުޚުތުން ލޯބިވާ ތިޔަބައިމީހުން ގެ އެހީ އަށް ނިހާޔަތަށް ބޭނުން ޖެހިފައިވާ ފަލަސްތީނެވެ.

siruge ariticle thah rangalhukamah adhi kurehunthah chaalukamaai medhaku shakkeh neh
ReplyDelete