ފަލަސްޠީނޫގެ ޙާލުގެ ދުލުން
ފަލަސްޠީނޫގެ ޙާލުގެ ދުލުން މުޙައްމަދު ސިރުޙާން އެކިއެކި ޒަމާންތަކުގައި، الله ގެ ދީނަށް ގޮވާލުމަށްޓަކައި ނަބީންނާއި ރަސޫލުން ފޮނުއްވެވިއެވެ. އޭގެތެރެއިން ބައެއް ބޭކަލުންގެ މާތް ފައިންޕުޅުތައް އަހަރެންގެ ހަށިގަނޑުގައި ބީހުނެވެ. އަހަރެންގެ މަތިވެރިކަން الله ގެ ކަލާމްފުޅު ކީރިތި ޤުރުއާން ބައްލަވާލެއްވުމުން ފެނިވަޑައިގަންނަވާނެއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. "سُبْحَانَ الَّذِي أَسْرَى بِعَبْدِهِ لَيْلًا مِنَ الْمَسْجِدِ الْحَرَامِ إِلَى الْمَسْجِدِ الْأَقْصَى الَّذِي بَارَكْنَا حَوْلَهُ لِنُرِيَهُ مِنْ آَيَاتِنَا إِنَّه هُوَ السَّمِيعُ الْبَصِيرُ "(سورة الإسراء) މާނައީ : އަލްމަސްޖިދުލް ޙަރާމުން އަލްމަސްޖިދުލް ޢަޤްޞާއަށް އެކަލާނގެ އަޅާ، ރޭގަނޑުން ބައެއްގައި ގެންދެވި ރަސްކަލާނގެ ހުސްޠާހިރުވަންތަކަމާއެވެ! އެއީ އެތާގެ ވަށައިގެން، ތިމަންރަސްކަލާނގެ ބަރަކާތްލެއްވި ތަނެވެ. (އެއީ) ތިމަންރަސްކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ ތެރެއިން ބައެއް، އެކަލޭގެފާނަށް ދެއްކެވުމަށްޓަކައެވެ. ހަމަކަށަވަރުން އެކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ. އެންމެ ...