2010 އަށް ދޭނީ ކޮންހަދިޔާއެއް؟

2010 އަށް ދޭނީ ކޮންހަދިޔާއެއް؟
މުޙައްމަދު ސިރުޙާން
އަހަރެމެން މިވަނީ މީލާދީ އަހަރަކުން ނިކުމެ އާހަރަކާ ބައްދަލުކޮށްފައެވެ. ޒަމާނީ ބަހުރުވައިން ބުނަނީނަމަ ޓުވެންޓީޓެންއާ ބައްދަލުކޮށްފައެވެ. ދެހާސްނުވައެއް ވަދާޢީސަލާމްކޮށް ފުރައިގެންދިޔައީއެވެ. ދަތުރުސާމާނު ފޮއްޓަށް އަޅައިގެން ދިޔައިރު ރުއިމީހުން ރުއީއެވެ. އުފާކުރިމީހުން އުފާކުރީއެވެ. މައްސަލައެއްނެތެވެ. މެހެމާނަކު ވަކިވެގެންދިޔުމުން އާމެހެމާނަކާއި ބައްދަލުވެއްޖެއެވެ. އެއީ ޓުވެންޓީޓެންއެވެ. ކާޓޫނުކޮމިކުގައި އުޅޭ ޓިންޓިންއެއްނޫނެވެ. މިބައްދަލުވި އާމެހެމާނުގެ ސިފަބަޔާންކުރުމުގެގޮތުން ޙިކުމަތްތެރިއަކު ބުނެފައިވެއެވެ. " އޭ އާދަމުގެ ދަރިޔާއެވެ. ތިބާއަކީ ދުވަސްތަކެކެވެ. ތިބާގެ ޙަޔާތުން ދުވަހެއް ފާއިތުވެއްޖެނަމަ ތިބާގެ ކިބައިން ބައެއް އުނިވީއެވެ."

މިބައްދަލުވި އާމެހެމާނު ލާފައިވާހެދުންވެސް ވަރަށްޒަމާނީއެވެ. ގިނަގޭގޭގައި އެލުވި ރީތިފޮޓޯޖެހި ކަލަންޑަރުތަކަށްވުރެ ޓުވެންޓީޓެން މާފުރިހަމައެވެ. ޓުވެންޓީޓެންއާ ބައްދަލުވެ ސަލާމްކޮށްލިއިރު އަހަރެންގެ ވާއަތުގައި އޭނާއަށްދޭން ގެނައި އިސްލާމްދީނުގެ އުސޫލުތަކަށް ފިޓުވާހެދުމެއް އޮތެވެ. ތަޢާރަފުވުމަށްފަހު ޓުވެންޓީޓެންއާއިއެކު ވަނީ އެތާހުރި ކެފޭއަކަށެވެ. ﷲ ރުއްސަވާކަހަލަ ދެދުނިޔޭގައިވެސް ފައިދާލިބޭނެކަހަލަވާހަކަކޮޅެއްދައްކާލުމަށެވެ. މިފަދަމެހެމާނުންނާ ބައްދަލުވުމުން މިއުޅޭ ޒުވާންވެރީން އުޅޭހެން ރާބޮއެ ޑީޖޭތަކުގައި ތެޅިފޮޅޭކަށެއްނޫނެވެ.

ދެމީހުން ކޮފީބޯންތިބެ ދެއްކުނީ މުޅިންވެސް ސިޔާސީވާހަކައެވެ. ޖެހިގެން ހުރިމޭޒުގައިތިބި ފިރިހެންވެރީން ކޮންމެވެސް އަންހެނެއްގެ ވާހަކަދައްކަމުންދިޔައިރު އެމޭޒާއިންވެގެން ހުރިމޭޒުގައިތިބި އަންހެންކުދީން ދައްކަމުން ދިޔައީ މުޅީންވެސް ކޮންމެވެސް ސިލްސިލާ ފިލްމެއްގައި އުޅޭ ފިރިހެނެއްގެ ރީތިކަމުގެވާހަކައެވެ.
މާގިނައިރުތަކެއްނުވެ، ކުއްލިއަކަށް ޓުވެންޓީޓެން ދާންޖެހިގެން ކެފޭއިންނިކުތީމެވެ. އޭނަ އޭނާގެ ސަވާރީއަށްއަރާ ނައްޓާލައިފިއެވެ. އަހަރެން އަނެއްފަރާތަށް އެބުރުނުއިރު، އަސްތާ މިބައްދަލުވީ އަހަރެންގެ ވަރަށްގާތް ރައްޓެއްސެއްކަމުގައިވާ "ނީމުނި" އެވެ. ނީމުނި ބުނިގޮތުން ޓުވެންޓީޓެންއާއި ބައްދަލުވާ މީހުންނަށް ވަރަށްފައިދާލިބޭނެއެވެ. އަހަރެން ހިތަށްްއެރިއެވެ. އެބުނީތެދެކެވެ. އަހަރެމެން ކެފޭއަށްވަނީ އެފަދަ ފައިދާކޮޅެއް ޙާޞިލުކުރުމަށްޓަކައެވެ. އަހަރެންގެ އަތުގައި އެއްޗެއްއޮތްހެން ހީވެގެން އަތަށްބަލައިލިއިރު ޓުވެންޓީޓެންއަށް ދޭންގެނައި ރީތިހެދުން މިއޮތީ އޭނަޔާ ހަވާލުނުކުރެވިއެވެ. "ނަމަ" ލައިގެން ކެއްކި ގަރުދިޔަ ބޯންކެރޭނީ ކާކަށްހެއްޔެވެ؟

ހަމައެވަގުތުމެ އަހަރެންގެ ހަރުހިތަށް ހަރުބަހެއް ވަދެއްޖެއެވެ. " ވެހޭތާ ފެންނަގާށެވެ." އަހަރެންނަށް ވީވަރަކީ ކޮފީ ލިބުނު ގަޑީގައި ކޮފީބުއިމެވެ. ވީދެރައިން ޓުވެންޓީޓެން ދިޔަކޮޅަށް އެބުރި ބަލާލެވުނެވެ. އަދި "ނީމުނި" ގެ ނަން އެކޮޅުކޮޅުން ތިބާއަށް ފެންނާނެހެން ކޮމާކޯޅީއެއްގައި މިލިޔެލަނީއެވެ. " ނިމުނީ"

Comments

Post a Comment

Popular posts from this blog

'Pastafarian' wins religious freedom right to wear pasta strainer for driving licence

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ