ސިޔާސީމީހާ ދޮގު ނުހަދާނެބާ؟

ސިރޫ އާޓްސް

އަހަރެންނަކީ ދޮގުގެ އާއިލާއަށް ނިސްބަތްވާ ފަރާތެކެވެ. އެކަމު މިހަދަނީ ތެދެވެ. އަހަރެމެންނަކީ ދުނިޔޭގައި އުޅޭބަޔެއްކަން ބައެއް މީހުންނަކަށް ނޭނގޭނެއެވެ. އެއީ އަހަރެމެންގެ ކުޅަދާނަކެމެވެ. އަހަރެމެން އެފަދަ ކުޅަދާނަކަމާއި އެކު މުޖުތަމަޢުގައި ފެތުރިގަތުމަކީ އަހަރެމެންނަށް މާކަ އުނދަގޫ ކަމެއްނޫނެވެ. އެކެއްގެ ދޫމަތީން އަނެކެއްގެ ދޫމަތީން ފެތުރިގަންނައިރު އަހަރެންމެން ހާދަ މަޖާނަގަމެވެ. އެއޮތީ ވާކަކެވެ. އަދި އެންމެ މޮޅުކަމަކީ މިހާރު ދުނިޔޭގައި އަހަރެމެން މަރުނުވެ ނުވަތަ މަރުވެއްޖެނަމަ ކުނިވެ ފަނާވެގެން ނުދާގޮތަށް ހެދުމަށްޓަކާއި ތަފާތު ޓެކްނޮލޮޖީތަށް އުފައްދާފައި ވާކަމެވެ. އަހަރެމެންގެ އަޑު، އަބަދާއި އަބަދު އިވޭނޭހެން ބޮރޯޑްކާސްޓް ކުރަމުންދާ ޗެނެލްތަކުގެ ވާހަކަ ފޮނިކަނޑާލަން މިތާ ބުނެލަމެވެ. މީޑިޔާއަކީ އެންމެ ފަސޭހައިން އިންސާނާއަށް ހަމަލަދޭ ހަތިޔާރުކަން ސިޔާސީ މީހުން ކައިރީ ނުބުންޏަސް އެމީހުނަށް އިނގޭނެކަށް އަހަރެންނަށް އިގެއެވެ.
މައިކްރޮސްކޯޕެއް އަޅައިގެން ނުވަތަ އެނޫންވެސް ގޮތަކަށް އަހަރެމެން އުޅޭނޫޅޭ ތަންތަން ބަލައިފިނަމަ، އަހަރެމެން އެންމެ ގިނައިން ފެނި ނުވަތަ އިވިގެން ދާނީ ސިޔާސީމީހުން ޖަމާވާތަންތާގައެވެ. ޚާއްސަކޮން އެމީހުން މައިކަށް ބުރުވާ ކުޅުތަކުތެރޭގައެވެ. ސާބަހެވެ. ހަމަ ތިއިންނަނީ އަހަރެން މިކަނޑާ ފޮނިތަށް ކިޔާލަ ކިޔާލައެވެ. އެކަމު އަދިވެސް ފޮނިކަނޑާލާނަމެވެ. ރުޅިގަދަ ނުވައްޗެވެ. އަހަރެމެން ދުނިޔެއަށް އަންނަގޮތް ބުނެދެން ހެއްޔެވެ. އެކަމު މީ ވަރަށް ބޮޑު ސިއްރެކެވެ. މަޖްލިސް މީހާ ހަދާހެން ލީކް ނުކުރައްޗެވެ. ސިޔާސީ މީހާގެ ސިކުނޑީގައި އަހަރެމެން އުދާސް ވެލާ ކެކިގަނެ ތެޅިގަންނަ ގަޑިޖެހުނީމާ ފުންމައިގެން ތެދުވެހުއްޓާ ދޫމަށްޗަށްލާ ދުންމާރިއެއްގެ ތެރޭން ބޭރުކޮށްލާހެން އަނގަތެރެއިން ބޭރުކޮށްލައެވެ. އެއީވާ ބިރުވެރި އެކަމު މަޖާވެސް ގަޑިއެކެވެ. ދެން އަހަރެމެން ތެޅިގަންނަނީ ކައިރީގައި ތިބި މީހުންގެ ކަންފަތްތެރެއިންލާފަ ސިނކުނޑިއަށް ވަދެގަނެވޭތޯއެވެ. އެގަޑީގައި އަހަރެމެން ތިބެނީ ނިކަން ނަލަ ވެލައިގެންނެވެ. އެކަމަކު ބުނަންހެއްޔެވެ. ނުރައްކާ ކުލައެއްގެ ސިކުނޑި އެއްނަމަ ސަހަރޯއެވެ. މިކަލަ ފޮނިކަނޑާ ގަޑިތަކުގާ އެއީ ދެން ކޮންވާހަކައެއް ހެއްޔެވެ. އަހަރެން އުފަންވި ސިކުނޑިއާއި އަހަރެން ވަތް ސިކުނޑީގެ ކުލަ ދިމާވާނަމަ އަހަރެން ބައިންދާނީ ވަރަށް އިއްޒަތުގައިއެވެ. އެހާވެސް އަހަރެން ދެކެ މޮޔަވާނެއެވެ. އަހަރެން މީ ވިހަގަދަ ހަރުފައެއް ކަމަށް ވިޔަސް މެއެވެ. ކަހެރުވަކެކޭވެސް ހިތަން އެރިއަކަ ނުދެމެވެ. އަދި ބުނަން ހެއްޔެވެ، ސިޔާސީ މީހާ އަހަރެމެން ނިކަން ބޮޑު އަގުގައި ވިއްކާވެސް ހަދާނެއެވެ. އަހަރެމެން ބަޅުކޮށް ތިއްބާ ތެދުކުރެވޭތޯވެސް އެވެރީން ނިކަން ބަލާނެއެވެ. ވަރަށް ގިނަ މީހުން ބިޔަ އަގުތަކުގައި އަހަރެމެން ގަނެ ހަދައެވެ. މޮނިއުމެންޓްގެ ނަމުގައި ވިއްކާލި ދުވަހަކީ އަހަރެން ހަނދާނުން ފިލައިގެން ދާނެ ދުވަހެއް ނޫނެވެ. 8 ފެބްރުައަރީ ދުވަހު ވިއްކާލި ބަޣާވާތަކީ ދިވެހީންނަށް ޤިޔާމަތް ދުވަހުން ނޫނީ ޙަޤީޤަތް ނޭނގޭނެ ފަދަ ކަނޑުއަޑީގައި ފޮރުވިފައިވާ ވަރުގަދަ އަގުބޮޑު އިތާ މުތުތަކަށް ހަދާލަނީއެވެ. ދެން މިތަންކޮޅު ކިޔާލާފއި ނޫނީ ހުއްޓާ ނުލައްޗެވެ. އަހަރެން އެންމެ ފޫހިވަނީ އަހަރެންގެ ޙަޤީޤަތް ހޯދާބަލާ އަހަރެން ނެތިކޮށްލަން އުޅޭ މީހުން ދެކެއެވެ. އެކަމު އެއީ ވަރަށް މަދުބަޔެކެވެ. އަހަރެންގެ އެނަފުރަތާއި އެކުވެސް މީސްތަކުން އެމީހުންނަށް ނިކަން އިތުބާރު ކުރެއެވެ. އޭގެން މީހަކު ފެނިއްޖެނަމަ އަހަރެމެން އަޅާއިތިކޮށް ދުވެ ފިލަމެވެ. އެފަދަ މުއުމިނުންނަކީ ތެދުގެ އެކުވެރީންނެވެ. އަހަރެމެންގެ އެކުވެރީންނަކީ މުޅީން ތަފާތު ބަޔެކެވެ. އަހަރެމެންނާއި ތެދާއި ދެމެދު ހިނގާ ޒުވާބުތަކާއި ހަގުރާމަތަކުގެ ވާހަކަ އަކީ ވަރަށް ދިގުވާހަކަ އެކެވެ. ތިބާއަށް ވަގުތު ދިނުމަށް ދެން އެވާހަކަތަށް އެހެން ދުވަހަކަށްބާއްވަން ވީ ދޯއެވެ.

Comments

Popular posts from this blog

'Pastafarian' wins religious freedom right to wear pasta strainer for driving licence

ޕިއްލޭގެ ޤައުމީ ފުޓްބޯޅަޓީމ

Revealed: Employee and manager at centre of salacious resignation email that accused them of having sex in the office