Monday, December 12, 2011

''ލާދީނީމީހުން މަރާ ހުސްކުރުން އޯކޭ '' އަންނިމުޙައްމަދު ސިރުޙާން


މަތީގައި އެވަނީ ރޭގައި ރައީސް ނަޝީދު ވިދާޅުވި ބަސްފުޅުގެ މާނަ އަހަރެންނަށް ތަރުޖަމާކުރެވޭގޮތެވެ. ތަރުޖަމާ ކުރުމަކީ ކުށެއް ނޫނެވެ. އެންމެންވެސް ތަރުޖަމާކުރަނީއެވެ. ރައީސް ވިދާޅުވަނީ އެހެން ދިވެއްސެއް މަރާލެވޭނީ ތިމަންނަ މަރާލުމަށްފަހުގައިއެވެ. މިހެން ވިދާޅުވެ މުރުތައްދުވާ މީހުންގެ ޙުކުމް ވިދާޅެއްނުވެއެވެ. އަދި ދާދި ފަހުން ލާދީނީ މީހުން އެއްވި އެއްވުމާމެދު އެއްޗެއް ވިދާޅުނުވެ ހަނުހުންނެވިއެވެ. ދިވެހި ރައްޔިތެއްގެ ގޮތުގައި އިސްލާމެއް ނޫނީ ނުބެލެވޭނެއެވެ. ވީމާ ރައީސް އެ ވިދާޅުވަނީ ދިވެހީން ހިމާޔަތްކުރައްވާ ވާހަކައެވެ. މުރުތައްދުވެ ދީނުން ބޭރުވެ، ދިވެހި ރައްޔިތުކަން ދޫކޮށްލި މީހުން ޙައްދެއްގެ ގޮތުގައި މެރުން ތިމަންނަ ދިފާޢުނުކުރާނެ ވާހަކައެވެ.


މިހާރުގެ ސަރުކާރުންވަނީ ތިނެއް ނޮވެމްބަރުގައި އެތައް ބައިވަރު ދިވެހިންނެއް މަރާލި ޚާއިނުން ފިލުވާ ނުވަތަ އިސް ވަޒީފާތައް ދީފައެވެ. އަދި ލާއިންސާނީ އެތައް ކަމެއް ހިންގި ލަންކާގެ ހަނގުރާމަ ދިފާޢުކުރައްވާ ރައީސްވަނީ ވާހަކަފުޅު ދައްކަވާފައިއެވެ. ވީމާ ދިވެހި ރާއްޖޭގައި އިންސާނީ ޙައްޤު ހޯދަންށޭ ކިޔައިގެން ވާހަކަ ދެއްކުން އެއީ އަހަރެންނަށް ހާދަ މަޖާކަމެކެވެ. އަދި އެންމެ މަޖާކަމަކީ މިހާރުގެ ސަރުކާރުން މި ދަނީ ކުށެއް ނެތް އެތަކެއް ކުޑަކުދިންނާއި އަންހެނުން މަރަމުންދާ ޔަހޫދިންނާއި ގުޅުން ބަދަހި ކުރަމުންދާކަމެވެ. ވީމާދެން ކޮން އިންސާނީ ޙައްޤެއްތޯއެވެ؟

ރައީސް ވިދާޅުވި ވާހަކައިން އަހަރެންނަށް ދެން ވިސްނޭ އަނެއްގޮތަކީ ދިވެހީން އިސްލާމްދީން ދޫކޮށް މުރުތައްދުވިޔަސް އެމީހުން ޙައްދުގެ ގޮތުން ނަމަވެސް މަރާލަންޖެހޭނީ އަހަރެން މަރާލުމަށްފަހުގައެވެ. ވީމާ ލާދީނީ މުރުތައްދުވާމީހުން ތިމަންނަ ދިފާޢުކޮށްދޭނަމޭބުނުމެވެ. މިއީވެސް ތަރުޖަމާއެކެވެ.

No comments:

Post a Comment