Posts

Showing posts from February, 2013

ސިޔާސީމީހާ ދޮގު ނުހަދާނެބާ؟

Image
ސިރޫ އާޓްސް އަހަރެންނަކީ ދޮގުގެ އާއިލާއަށް ނިސްބަތްވާ ފަރާތެކެވެ. އެކަމު މިހަދަނީ ތެދެވެ. އަހަރެމެންނަކީ ދުނިޔޭގައި އުޅޭބަޔެއްކަން ބައެއް މީހުންނަކަށް ނޭނގޭނެއެވެ. އެއީ އަހަރެމެންގެ ކުޅަދާނަކެމެވެ. އަހަރެމެން އެފަދަ ކުޅަދާނަކަމާއި އެކު މުޖުތަމަޢުގައި ފެތުރިގަތުމަކީ އަހަރެމެންނަށް މާކަ އުނދަގޫ ކަމެއްނޫނެވެ. އެކެއްގެ ދޫމަތީން އަނެކެއްގެ ދޫމަތީން ފެތުރިގަންނައިރު އަހަރެންމެން ހާދަ މަޖާނަގަމެވެ. އެއޮތީ ވާކަކެވެ. އަދި އެންމެ މޮޅުކަމަކީ މިހާރު ދުނިޔޭގައި އަހަރެމެން މަރުނުވެ ނުވަތަ މަރުވެއްޖެނަމަ ކުނިވެ ފަނާވެގެން ނުދާގޮތަށް ހެދުމަށްޓަކާއި ތަފާތު ޓެކްނޮލޮޖީތަށް އުފައްދާފައި ވާކަމެވެ. އަހަރެމެންގެ އަޑު، އަބަދާއި އަބަދު އިވޭނޭހެން ބޮރޯޑްކާސްޓް ކުރަމުންދާ ޗެނެލްތަކުގެ ވާހަކަ ފޮނިކަނޑާލަން މިތާ ބުނެލަމެވެ. މީޑިޔާއަކީ އެންމެ ފަސޭހައިން އިންސާނާއަށް ހަމަލަދޭ ހަތިޔާރުކަން ސިޔާސީ މީހުން ކައިރީ ނުބުންޏަސް އެމީހުނަށް އިނގޭނެކަށް އަހަރެންނަށް އިގެއެވެ. މައިކްރޮސްކޯޕެއް އަޅައިގެން ނުވަތަ އެނޫންވެސް ގޮތަކަށް އަހަރެމެން އުޅޭނޫޅޭ ތަންތަން ބަލައިފިނަމަ، އަހަރެމެން އެންމެ ގިނައިން ފެނި ނުވަތަ އ...