Posts

Showing posts from November, 2011

ޖޭޖޭ ރޮބިންސަންއަށް އެވޯޑެއް

Image
މުޙައްމަދު ސިރުޙާނ މިދުވަސްވަރަކީ ރާއްޖޭގައި ވަރަށްގިނަ އެވޯޑްތަކާއި އިސްލާމްދީނާ ގުޅުންހުރި ވާހަކަތައް ދެކެވެމުންދާ ދުވަސްވަރެކެވެ. ޤައުމީ އިނާމް ދިނުމުގެ ޖަލްސާބާއްވައި ޢަޤީދާގެގޮތުން ވަރުގަދަ ފަރާތްތަކަށް އިނާމްދީވެސް ނިމިއްޖެއެވެ. އެކަމަކު އަހަރެންނަށް ހީވާގޮތުން އަދި ޢަޤީދާގެގޮތުން ވަރަށް ވަރުގަދަ ބޭފުޅަކަށް އެވޯޑެއް ޙައްޤެވެ. މިނިވަންނިއުސްގެ މިހާރުގެ އެޑިޓަރު ޖޭޖޭ ރޮބިންސަންއަކީ އެބޭފުޅާެގެ ލޯބިވާ ޤައުމުދޫކޮށް ރާއްޖެ ވަޑައިގެން ރާއްޖޭގައި އޮތް ހުދުމުޚްތާރުވެރިކަން ވައްޓާލާ، މިނިވަންކަން ހޯދުމަށް ހަނގުރާމަކުރި އެއް ނިއުސްކަމަށްވާ، މިނިވަންނިއުސްގައި މަސައްކަތް ކުރައްވަމުންދާ، ދިވެހި ޤައުމުދެކެ ލޯބިިވާ ބޭފުޅުކެވެ. މިނިވަން ނިއުސްއަކީ ރާއްޖޭގެ މިހާރުގެ ސަރުކާރުގެ ނޫހެއްކަމާއި މިހާރުގެ ސަރުކާރު ވެރިކަމަށް އައުމުގެ ކިހާބޮޑު ޙިއްސާދާރެއްކަން އަހަރެން ނުބުންޏަސް ތިޔަ އެންމެ ބޭފުޅުންނަށް އިނގިލައްވާނެއެވެ. އެމްޑީޕީގެ ސަރުކާރުން މިހާ ގުޅުންހުރި ބޭފުޅަކަށް ޤައުމީ އިނާމެއް ނުދެއްވުން އެއީ އެމްޑީޕީ ސަރުކާރުގެ އިޚްލާސްތެރިކަން ދައްކުވައިދޭކަމެކެވެ. ދެއްކުންތެރިޔަކަށް އިޚްލާސްތެރިއެއް(ޢަޤީދާ

ޢިއްޒަތްތެރި ރައީސް މީހާއަށް

` ޢިއްޒަތްތެރި ރައީސް މީހާއަށް ވެދުން ސަލާމަށްފަހު ދަންނަވަމެވެ. މާތް ﷲ އިރާދަ ކުރެއްވިއްޔާ، އަޅުގަނޑުމެންނީ މީހާކު ބުނާ ބަހަކުން ނުވަތަ ކުރާ ކަމަކުން، އަޤީދާއަށް ގުޑުން އަރާނޭ ބަޔެއް ނޫނީމުއެވެ. ނަމަވެސް ރައީސް މީހާއެވެ. ހަނދުމަފުޅު ކަސިޔާރުވިޔަ ނުދެއްވާށެވެ. އަޅުގަނޑުމެންނަކީ ހަމަ އެކަނި ނަމަކުން މުސްލިމު ވެގެން ތިބި ބަޔެއް ނޫނީމުއެވެ. އެހެން ނަމަވެސް މިއީ ފުރިހަމަ މުސްލިމުންނީމުއެވެ. މާތް ﷲ އެކަލާނގެ ދީނުގައި ވަރުގަދައަށް އަމުރު ކުރައްވާފައި ވެއެވެ. މުންކަރާތް ނަހީ ކުރުމަށާއި ހެޔޮ ކަންކަމަށް ވާގިދީ ނަސޭޙަތްތެރިވެ ގޮވާލުމަށެެވެ. ވީމާ މީހަކު ބުނާ ބަހަކީ ނުވަތަ ކުރާ ކަމަކީ މުންކަރާތެއް ނަމަ، އަދި ބުނާ ބަހަކުން ނުވަތަ ކުރާ ކަމަކުން މުންކަރާތަކަށް މަގު ފަހިވުން، ނުވަތަ ހިތްވަރު ލިބުން، ނުވަތަ އެފަދަ ޝުޢޫރެއް ފާޅުކުރުމަށް ފުރުޞަތު ލިބޭފަދަ ބަހެއްކަމަށްވިޔަސް ނުވަތަ ކަމެއްކަމަށްވިޔަސް އަޅުގަނޑުމެން މުސްލިމުން ކެރިތިބެ، ދީނުގެ ޙައްޤުގައި ދީނުގެ ދިފާޢުގައި، ދީނުގެ ކަރާމާތައް އުނިކަން އަޔަނުދިނުމަށްޓަކައި، ނަފުސަތަކުގެ ޤާބިލުކަން ތަންދިން އެންމެ މަތީ އެ މުންކަރާތެއް ނަހީ ކުރާ ހުށީމު. އިޙުތިރާ

ޑިމޮކްރަސީ، ސިޔާސީ ގުއިރޯނެއްގައި ޖެހި ތަރަވެއްޖެ.

Image
މުޙައްމަދު ސިރުޙާނ ގުއިރޯނު އެއީ ރޭގަނޑު އަނދިރީގައި މީހުންނަށް ލަނޑުދިނުމަށްޓަކައި މަގުމަތީގެ އެއްފަރާތުން އަނެއްފަރާތަށް ގުއި ހާކާ،ދަމާފައި ހުންން ރޯނުފަށެކެވެ. އަހަރެން މިއުޅެނީ މިފަދަ ސިޔާސީގުއި ރޯނެއްގައި ޖެހިގެންނެވެ. މިއުޅޭ ސިޔާސީމީހުން ކުރާ ޅަކަންތައްތަކުގެ ސަބަބުންނެވެ. އަހަރެންނަކީވެސް ބައެއްމީހުންގެ ނަޒަރުގައި ވަރަށް ޅަފަރާތެކެވެ. އެންމެ ޢަޖައިބުވާކަމަކީ އަހަރެން ދުވަހަކުވެސް ބޮޑެއްނުވެއެވެ. ބޮޑުވިޔަސް ބޮޑުވެގެންވަނީ ބޮޑު މޮޔައަކަށެވެ. އެޅެނީވެސް ޅައެއްޗިއްސެވެ. އެންމެ ފުރަތަމަ އަހަރެންގެ ޢާއިލާ މީހަކު މި ރާއްޖޭގެ ޖައްވަށް ނޭވާލީ މީގެ އެތައް އަހަރެއް ކުރިންނެވެ. ބޭކަނބި، ފޫޅުބަފަޔަކީ އަމީންދީދީއެވެ. އަމީންދީދީ އަކީ ސަދޫމްގެ ކުޅިވަރު މިޤައުމުން ނައްތާލުމަށް މަސައްކަތްކުރި ބާނީއެވެ. ވީމާ ފޫޅުބަފަޔަކަށްވުން އެއީ ހައިރާންވާންވީ ކަމެއްނޫނެވެ. އެ ޒަމާނުގައި އަހަރެންގެ ޢާއިލާމީހާ ހުރީ ވަރަށް އުފަލުގައެވެ. ރީތީގެ މުބާރާތްތަށް ބަލާލަންދެވެއެވެ. ސިޔާސީ ގޮތުން އަންހެނުން ކުރިއަށް ނެރެވުނީ ފިރިހެނުން ކުރިއަށް ގޮސް ބަލަންތިބޭ އެއްޗެއް ގޮތިގައެވެ. އޭގެ ދުވަސްކޮޅެއްފަހުން އަހަރެންގެ ޢާއި

'' ޑިމޮކްރަސީއަކީ ވަކި ދީނެއް '' - ޕިއްލޭ

Image
މުޙައްމަދު ސިރުޙާން މިހާރުގެ ސަރުކާރުން ރާއްޖެ ގެނައި ދިރޭ މޮނިއުމެންޓް، ރާއްޖޭގެ ހުރިހާ ރައްޔިތުން ތަމްސިލުކުރާ މަޖްލިސްގައި ހުރެ ޑިމޮކްރަސީ ދީނުގައި ޒިނޭކުރާ އަންހެނުންގެ ގައިގައި ޙައްދުޖެހުމަކީ އޮންނަކަމެއް ނޫންކަމަށް ބުނެ ފަތުވާ ނެރެފިއެވެ. މިފަތުވާ އަޑުއިވުނު ޑިމޮކްރަސީގެ ބާނީން ތިބީ ހަނެވެ. އެކަމުގެ ސަބަބުން އެއީ އިޖްމާޢުއަކަށް ވެއްޖެއެވެ. ޕިއްލޭ ކިޔާ މޮނިއުމެންޓް، މީގެކުރިން ގެނައި މޮނިއުމެންޓްތަކާއި ވަރަށް ތަފާތެވެ. މި މޮނިއުމެންޓަކީ އެއްޖިންސުގެ ގުޅުން ހިންގުމަށް ސަޕޯޓްކުރާ އިސްލާމްދީނަށް މަލާމަތްކުރާ މޮނިއުމެންޓެކެވެ. އަދި އެއީ މުޅި ދުނިޔެ ޤަބޫލުކުރާ މުނިއުމެންޓެއްވެސްމެއެވެ. ތިނެއް ނޮވެމްބަރުގެ ހަނދާންތައް އާކުރެވޭ މިދަނޑިވަޅުގައި ތަމަޅަ ޓައިގަރުންނާ ގުޅުންހުރި މި މޮނިއުމެންޓްވަނީ ރާއްޖެގައި ހުރެ ރާއްޖޭގެ ޤާނޫނު އަސާސީއަށް މަލާމަތްކޮށްފައެވެ. އެ މޮނިއުމެންޓް ބުނާގޮތުން ރާއްޖޭގައި ޤާނޫނު އަސާސީއެއް ނެތެވެ. ޑިމޮކްރަޓިކް މިފަތުވާގެ ސަބަބުން މިހާރު ރާއްޖޭގެ ރައީސްގެ ވެރިކަންވެސް ޞައްޙަނޫން ކަމަށްވެއެވެ. މި މޮނިއުމެންޓް ދެއްވާ މިފަދަ ފަތުވާތަކުގެ ސަބަބުން އިސްލާމްދީނުގައި ތިބ

އެ އައީ އޮޔާ

Image
މުޙައްމަދު ސިރުޙާން އަހަރެންގެ ރަށުގައި ތަންކޮޅެއްކުރީ ޒަމާނެއްގައި ރަށުގެ ދެކުނުފަރާތު އަތިރިމަތީގައި ޒިޔާރަތެއް ހުރެއެވެ. އެތަން ހުންނަނީ މީހުން ނޫޅޭ ހިސާބެއްގައި ވަލުތެރޭގައެވެ. އެ ޒިޔާރަތް ކައިރިން މީހަކު ދަންޏާ މީހާގެ އައުރަ ފޮރުވަންޖެހެއެވެ. ކުރު އެއްޗެއްލައިގެން ހުރިއްޔާ ކަކޫ ފޮރުވަނީ ކަކުލުގައި ދެ ފަތް އަޅައިގެންނެވެ. ނަމަވެސް ފަލަމަސްގަނޑުގެ ބައެއް އޮންނަނީ ހާމަޔަށް ފެންނާށެވެ. އެ ޒަމާނާއި މިޒަމާނުގެ އައުރަ ނިވާކުރުމުގެ ފަލްސަފާ ހާދަ އެއްގޮތެވެ. މިޒަމާނުގެ އަންހެންކުދިން ބުރުގާ އަޅާފައި އޮންނަނީ ހަމައެކަނި އިސްތަށިގަނޑުގެ މަތީގައެވެ. ހަށިގަނޑުގެ ދެންހުރިބައިތައް ހުންނަނީ ހާމަޔަށް ފެންނަގޮތަށް ނަމުގައި ބުރުގާ އެޅިފައެވެ. މުޖްތަމަޢުގައި ބަލި ފެތުރުނަސް ނުވަތަ ނުފެތުރުނަސް ހެދުން އެޅުމުގެ ފަލްސަފާއަށް އެއޮތީ ބަލިޖެހިފައެވެ. އެހެންނުވާންވީ ކީއްވެހެއްޔެވެ؟ ސަލާމަތް ބުއްދި ހުރި ކޮންމެ މީހަކަށްވެސް އިނގޭނެފަދައިން ހެދުންއަޅަނީ ފުރިހަމައަށް ނިވާވުމުގެ ގޮތުންނެވެ. ތިބާޔަށް އަނެއްކާވަނީ އެ ވައިރަސް ފޯރާފަ ހެއްޔެވެ؟ މި އޮއްގެންދަނީ މައުޟޫއިން މާބޮޑަށް ބޭރަށެވެ. ކޮންމެއަކަސް މިބުނި ޒިޔ

ރައީސް ނަޝީދަށް ލާދީނީ އެވޯޑެއް....

Image
މުޙައްމަދު ސިރުޙާން މިހާތަނަށް އިސްލާމީޤައުމެއްގެ ވެރިއެއްގެ ޒިންމާގެ ދަށުން ރަސޫލުބޭކަލެއްގެ މައްޗަށް ކާޓޫނެއް ކުރެހިފައެއް ނެތެވެ. ނަމަވެސް ރައީސް ނަޝީދުގެ ކެބިނެޓުން ފާސްކޮށްވަނީ އިސްލާމީ ދިވެހި މި ޖައްވަށް ޢީސާގެފާނުގެ މައްޗަށް ކާޓޫނު ކުރަހާފައެވެ. ވީމާ ރައީސް ނަޝީދުއަށް ލާދީނީ އެވޯޑެއް ޙައްޤު ވެއްޖެއެވެ. މީގެ ކުރިންވަނީ ކަނޑު އަޑިގައި ކެބިނެޓްގެ މީޓިންއެއް ބާއްވާ އެވޯޑެއް ޚާސިލްކޮށްފައެވެ. ރާއްޖޭގައި މިވަގުތު އެންމެ ހޫނުކޮށް ފެތުރި ކަންފަތްތަކަށް ވަންނަމުން، ފަލަކޮށް ލޯތަކަށް ފެންނަމުންދާ ސުރުޚީތަކަކީ ބުދު މޮނިއުމެންޓްގެ ޚަބަރުތަކެވެ. އެކަމަކު ޢީސާގެފާނުގެ މައްޗަށް ކުރެހުނު ކާޓޫނުތަކުގެ ޚަބަރުތައް ވަނީ ހަނދާނުންފިލާފައެވެ. ރަސޫލެއްގެ މައްޗަށް ކާޓޫނެއް ކުރެހުމަކީ މާ ބޮޑު ޖަރީމާތަކެކެވެ. ސަލަފް ޖަމްޢިއްޔާގެ ނޫސްބަޔާން ކިޔާލުމުން ތިބޭފުޅާއަށް އެކަން ވިސްނިލައްވާނެއެވެ. މާތްވެގެންވާ އިސްލާމްދީނުގައިވާ މިފަދަ ބޮޑެތި ފާފަތައް އަދި ޤާނުނީ ގޮތުން ބޮޑެތި ޖަރީމާތަކުގައި ބައިވެރިވެފައިވާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށް ގުވާލަމެވެ. މިއަދު ދުނިޔޭގައި ބޮޑެތި ބޭފުޅުން އަދަބު ތަކުން ސަލާމަތް

މޮނިއުމެންޓް

Image
މުޙައްމަދު ސިރުޙާން ވެހޭހާވާރޭގައި ދޭހާ އަތްވެއްގައި، ސިފައިންގެ ފުރިހަމަ ބެލުމުގެ ދަށުގައި މި އިންނަނީ އަހަރެންގެ ޤައުމު ރަމަޒްކޮށްދިނުމަށްޓަކައި ދިވެހިރާއްޖެއަށް އައިސްފައެވެ. އައްޑޫ ސިޓީ އަށް އަހަރެން އައީ ސަތާރަވަނަ ސާކް ސަމިޓަށްޓަކައި ދިވެހި ރާއްޖެއަށް އައުމުގެ ފުރިހަމަ ހުއްދަ ނުވަތަ ވިސާ ނުލިބިއެވެ. ފަހަރެއްގައި އަހަރެންނަކީ ޓުއަރިސްޓެއްކަމަށް ވެސް ބަޔަކު މީހުން ކަނޑައަޅާފާނެއެވެ. އަހަރެންނަށްވެސް ރާއްޖޭގައި މި އިނދެވުނީ ޤާނޫނާ ޚިލާފަށްކަން ރެޔަކާލީ ބަޔަކު މީހުން ނިކުމެ އަޑު އުފުލަންފެށީމައެވެ. މިކަމުގައި އަހަރެން ކުއްވެރިވާނަމަ އަހަރެންނަށްވެސް އަދި އަހަރެން ރާއްޖެ ގެނައުމުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް ޙައްޤު އަދަބު ލިބެން ޖެހޭނެއެވެ. އަދި އަހަރެންނާ އެކު އެކީ އީސާގެފާނުގެ މައްޗަށް ކާޓޫނު ކުރެހި މީހުންނަށްވެސް ޙައްޤު އަދަބު ލިބެންޖެހޭނެއެވެ. އަހަރެންނާއެކު ރާއްޖެއަށް އައި އެހެނިހެން ޤައުމުތަކުގެ މޮނިއުމެންޓްތަކަކީ އެއްބަޔަކު އަޅުކަންކުރާ މޮނިއުމެންޓްތަކެކެވެ. އިންސާނުން ދުނިޔެއަށް އައުމަށް މެދުވެރިވާ އެކައްޗަކީ ''ފިރިހެން ހައްޓޭ'' ކިޔާފަ އެކަހަލަ އެއްޗެއް ރ

ރީނދުލުން ކިޔޭނީވެސް ރީނދުލަށް އަރާ އެއްޗިއްސެވެ.

Image
މުޙައްމަދު ސިރުޙާން އަހަރެން މި ލިޔަމުންދާ އެއްޗެއް ވިދާޅުވަމުން ތިޔަ ގެންދަވަނީ ހަމަ ހޭގައި ހުރެގެންތޯއެވެ؟ އަހަރެން މިލުން މި ލިޔަނީ ހަމަ ހޭގައި ހުރެގެންކަމަށް ތިބާ ސުވާލުކުރިޔަސް ނުވަތަ ނުކުރިޔަސް މި ލިޔުމައިގެން ކުރިއަށް ދާނަމެވެ. ވަރަށް ގިނަ ދުވަސްވެ ކުނިވެފައިވާ ބިހެއް މީގެ ތިން އަހަރު ކުރިން ވަނީ ހާލިން ނަގާ އެއްލާލާފައިއެވެ. އެބިހާ ވިދިގެން އެހެން ބިހެއް(އަނެއް ބިސް) ވަނީ ހާއްޔަށް ފާޅުވެފައެވެ. ފުރަތަމަ ބިސް އެޅީ އެފްރިކާ ބައްރުން އައި ދޫންޏެކެވެ. ނަމަވެސް މިހާރު އޮތް ބިސް އަޅައިފައި ވަނީ ހުޅަނގު ކޮޅުން ހުޅަނގުގެ ގަދަ ވިއްސާރައިގައި ޖެހި ބެހިގެން އައިސްފައިވާ ދޫންޏެކެވެ. އެބިހުގެ ބޭރުގައި ނުވަތަ އެތެރޭގައި ހުރެ ބަލާލި މީހަކަށްވެސް ފެންނާނީ ރީނދޫކުލައިގާ އެބިސްވާތަނެވެ. އެއީ ފަހަރެއްގައި ބިސް ޅަވީމައި އޮތް ކުލަ ކަމަށްވެސް ވެދާނެއެވެ. ތިބާ ހާދަ ސިޔާސީ އެވެ. އަހަރެން ރީނދޫ ކުލައޭ ބުނާއިރަށް އެމްޑީޕީއޭ ހިތަށް ތި އަރަނީ ސިޔާސީ ވިސްނުން ހުންނާތީއެވެ. އެނެއްކާ ތިބާ ތީ ސިޔާސީ ވެދާނެތީ ބިރުން އުޅުއްވާ ފަރާތަކަށްވެސް ވެދާނެއެވެ. މިކަމަށް އަހަރެންނަށް މައާފްކުރާށެވެ. ކޮންމެއަކަސް މި ބިހަ